Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

މެންޑީ ހުރީ ފިޓުކޮށް، އޭނާ އަށް އިތުބާރު އެބަ އޮތް: އަލިއޫ ސީސޭ

އޭނާ ބުނީ މެންޑީ އަންނަނީ އުނދަގޫ ހާލަތަކުން އަރައިގަންނަމުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2022 | ހުކުރު 02:17
ޕްރެސްގައި ސެނެގާލްގެ ކޯޗު ސީސޭ

ޕްރެސްގައި ސެނެގާލްގެ ކޯޗު ސީސޭ

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި މުބާރާތް ބާއްވާ ޤައުމު ޤަތަރަށް ދެކޮޅަށް ނުކުންނައިރު، ސެނެގާލްގެ އެއް ނަންބަރު ގޯލް ކީޕަރު އެޑޮއާޑް މެންޑީ އަށް ފުރިހަމަ އަށް އިތުބާރު އެބަ އޮތް ކަމަށް އެ ޓީމުގެ ކޯޗު އަލިއޫ ސީސޭ ބުނެފިއެވެ.

ޤަތަރު މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ސީސޭ ބުނީ މެންޑީ ހުރީ ފިޓުކޮށް ކަމަށާއި، އޭނާ މެޗަށް ތައްޔާރު ކަމަށެވެ. ސީސޭ ބުނީ މެންޑީގެ ކޮލެޓީއާ މެދު ސުވާލު އުފައްދާނެ ޖާގައެއް އެއްވެސް މީހަކަށް ނޯންނާނެ ކަމަށެވެ. އަދި މެންޑީ އަންނަނީ އުނދަގޫ ހާލަތަކުން އަރައިގަންނަމުން ކަމަށެވެ. އެކަމަކު ވެސް އޭނާއާ މެދު ސުވާލެއް ނެތްކަން ފާހަގަކުރަމުން ސީސޭ ބުނީ، މެންޑީ އަށް އޭނާ އާއި މުޅި ޓީމުގެ ކުޅުންތެރިންގެ އިތުބާރު އޮތް ކަމަށެވެ. ސީސޭ ބުނީ ޤަތަރާ ދެކޮޅަށް ދަނޑު މަތިން ވެސް މެންޑީ އެކަން ދައްކައިދޭނެ ކަމަށެވެ.

ސީސޭގެ އިތުރުން އެ ޕްރެސްގައި ވާހަކަ ދައްކަމުން ސެނެގާލްގެ ޑިފެންޑަރު ކަލީދޫ ކުލިބާލޭ ބުނީ އޭނާ އާއި މެންޑީއާ ވަރަށް ވާހަކަ ދައްކާ ކަމަށެވެ. އަދި މެންޑީއާ ދެމީހުން ހަމައެކަނި އެއް ކުލަބަކަށް ކުޅެނީ ނޫން ކަމަށާއި، އެމީހުންނަނީ ދެ ބެއިން ފަދަ ބައެއް ކަމަށެވެ. އޭނާ ބުނީ މެންޑީ އަކީ ސެނެގާލަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށާއި، އުނދަގޫ ކަންކަން ހުރަސްކުރުމަކީ އާދައިގެ ކަމެއް ކަމަށެވެ.

މީގެ އިތުރުން ކުލިބާލޭ ބުނީ ސެނެގާލުން މުބާރާތް ފަށަން ޖެހުނީ ބައްޔަކާ އެކު ކަމަށާއި، ކުރިއަށް އޮތް ތަނުގައި އަސްލު ސެނެގާލް ފެންނާނެ ކަމަށެވެ. އޭނާ ބުނީ ކޮންމެ ގޮތަކަށް ކަންތައް ވީ ނަމަވެސް އަދިވެސް އުއްމީދު ކުރަމުން އަންނަ ކަމަށެވެ. އަދި ޓީމުގެ ކުޅުންތެރިންނަށް އެންމެ މުހިންމީ ޤައުމުގެ ރައްޔިތުން މާޔޫސްވިޔަ ނުދިނުން ކަމަށެވެ. އޭނާ ބުނީ ދަނޑު މަތީގައި އެމީހުންގެ އެންމެ މޮޅު ކުޅުން ދައްކާނެ ކަމަށެވެ.

ސެނެގާލުން ޤަތަރާ ދެކޮޅަށް ނުކުންނާނީ ހުކުރު ދުވަހު ރާއްޖެ ގަޑިން 18:00 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިންވަނާގައި އޮވެ ފުރަތަމަ ބުރު ނިންމާލެވޭނެ ކަމުގެ ކޮންފިޑެންސް އެބަ އޮތް: ނިޒާމްބެ

ތިންވަނާގައި އޮވެ ފުރަތަމަ ބުރު ނިންމާލެވޭނެ ކަމުގެ ކޮންފިޑެންސް އެބަ އޮތް: ނިޒާމްބެ

11 މެއި 2017
ވިކްޓްރީ އޮތީ އުނދަގޫ ހާލަތެއްގައި، މާޒިޔާ އަތުން މޮޅުވާން އެބަޖެހޭ: ސުޒެއިން

ވިކްޓްރީ އޮތީ އުނދަގޫ ހާލަތެއްގައި، މާޒިޔާ އަތުން މޮޅުވާން އެބަޖެހޭ: ސުޒެއިން

23 އެޕްރީލު 2017
ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

19 އެޕްރީލު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު