Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލޭ ލީގު

ތިންވަނާގައި އޮވެ ފުރަތަމަ ބުރު ނިންމާލެވޭނެ ކަމުގެ ކޮންފިޑެންސް އެބަ އޮތް: ނިޒާމްބެ

ޓީސީ މިވަގުތު އޮތީ ތާވަލުގެ 4 ވަނާގައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 11 މެއި 2017 | ބުރާސްފަތި 15:05
ބުރާސްފަތި ދުވަހު އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ބުރާސްފަތި ދުވަހު އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެސްޓީއޯ މާލެ ލީގުގެ ފުރަތަމަ ބުރު ތާވަލުގެ ތިން ވަނާގައި އޮވެ ނިންމާލުން ވަރަށް މުހިންމު ކަމަށާއި، އެކަން ޙާސިލް ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެށް އެބަ އޮތް ކަމަށް ޓިސީ ސްޕޯޓްސް ކުލަބުގެ ކޯޗް އަހުމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

ފާއިތުވި ސީޒަނުގެ އެންމެ މޮޅު ކޯޗު ކަމިގެ މަގާމު ހޯދާފައިވާ ނިޒާމްބެ މިހެން ބުނެފައި ވަނީ، ހުކުރު ދުވަހު މާލެލީގު ތާވަލުގެ އެއްވަނާގައި އޮތް މާޒިޔާ އާއި ދެކޮޅަށް ކުޅޭ މެޗާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

ލީގު ތާވަލުގެ ހަތަރު ވަނާގައި 10 ޕޮއިންޓާ އެކު އޮތް ޓީސީއަށް ތިން ވަނާގައި އޮވެ މި ބުރު ނިންމާލެވޭނެ ހަނައެކަނި ގޮތަކީ، ހުކުރު ދުވަހުގެ މެޗުން މާޒިޔާގެ މައްޗަށް ކުރިހޯދުމެވެ. ސަބަބަކީ މިއީ ލީގުގެ ފުރަތަމަ ބުރުގައި އެޓީމު ކުޅޭނެ ފަހު މެޗަށް ވާތީއެވެ.

މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނިޒާމްބެ ބުނެފައިވަނީ، ޓީސީގެ ކުޅުންތެރިން ހިތްވަރާ އެކު މަސައްކަތް ކޮށްފިނަމަ މެޗް ކާމިޔާބުކުރުން މާ އުނދަގޫ ނުވާނެ ކަމަށެވެ. މާޒިޔާ ފަދަ ބޮޑެތި ކުލަބުތަކާ ދެކޮޅަށް ކުޅޭއިރު ވިސްނަން ޖެހޭ ބައިވަރު ކަންތައްތައް ހުންނާނެ ކަމަށާއި، ނަމަވެސް ޓީސީގެ ކުޅުންތެރިން މި މެޗުގައި އިތުރު ހިތްވަރަކާއެކު ތިން ޕޮއިންޓަށް މަސައްކަތް ކުރާނެ ކަމުގެ ފުރުހަމަ ޔަގީންކަން އެބްއޮތް ކަމަށް ވެސް ނިޒާމްބެ ބުންނެވެ.

ޓިސީއިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން، ގްރީން ސްޓްރީޓް އަތުން ވަނީ ބަލުވެފައެވެ. އެހެންކަމުން އޭގެ ސަބަބުން މާޒިޔާ މެޗުގައި ޕްރެޝަރެއް ކުރިމަތި ވެދާނެތޯ ސވުވާލުކުރުމުން ނިޒާމްބެ ބުނީ، އެ މެޗުގައި ޓިސީގެ ކުޅުންތެރިންނަށް މެޗު ފަށައިގަނެވުނީ ވަރަށް އީސީކޮށް ކަމަށާއި، ނަމަވެސް ނަތީޖާ ބަދަލުވެގެން ދިޔަ ހިސާބުން، ކުޅުމަށް ބޮޑު ބަދަލެއް އައިސްފައި ވާކަމަށެވެ. އެހެންކަމުން އެ މެޗުގެ ނަތީޖާއަށް ބަލައިގެން މާޒިޔާ ކޮޅަށް ނިކުންނަން ބޭނުން ނުވާކަމަށް ނިޒާމްބެ ބުންޗެވެ.

މާޒިޔާ އާއި ޓިސީ ބައްދަލުކުރާ މެޗް ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިފައި ވާއިރު، މާޒިޔާ މިވަގުތު އޮތީ 18 ޕޮއިންޓާއެކު ލީގު ތާވލުގެ އެއް ވަނާގައެވެ. ޓީސީ ހަތަރު ވަނާގައި އޮތްއިރު އެޓީމަށް ލިބިފައިވަނީ 10 ޕޮއިންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު