Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

ވިކްޓްރީ އޮތީ އުނދަގޫ ހާލަތެއްގައި، މާޒިޔާ އަތުން މޮޅުވާން އެބަޖެހޭ: ސުޒެއިން

23 އެޕްރީލު 2017 | އާދީއްތަ 19:32

ވިކްޓްރީ އޮތީ ލިބުނު ދެ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަ ވަނައިގައި

ލީވާން އަލީ
ލީވާން އަލީ | 23 އެޕްރީލު 2017 | އާދީއްތަ 19:32
ވިކްޓްރީގެ ކޯޗު އަލީ ސުޒެއިން

ވިކްޓްރީގެ ކޯޗު އަލީ ސުޒެއިން

ވިކްޓްރީ ސްޕޯޓްސް ކްލަބް އޮތީ އުނދަގޫ ހާލަތެއްގައި ކަމަށާއި، މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން އަތުން މޮޅުވާންޖެހޭ ކަމަށް ވިކްޓްރީގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒެއިން ބުނީ ވިކްޓްރީ އޮތީ ހުރިހާ އިރަކުވެސް އެފަރޓްލާންޖެހޭ ހާލަތަށް ވެއްޓިފަކަމަށެވެ. އެގޮތުން މާޒިޔާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ނިކުންނައިރު، ވިސްނަންޖެހޭ ބައިވަރު ކަންތައްތައް އެބަހުރިކަމަށްވެސް ސުޒެއިން ވަނީ ބުނެފައެވެ.

އޭނާ ބުނީ މާޒިޔާ އިން އޭއެފްސީ ކަޕްގައި އިންޑިއާގެ ވަރުގަދަ ކްލަބެއް ކަމަށްވާ މޯހަން ބާގަން ބަލިކޮށް، އަދި ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްވެސް ބަލިކޮށްފައިވާ ކަމަށާއި، އެޓީމު މިހާރު އޮންނާނީ ވަރަށް މޯޓިވޭޝަންއާއެކުގައި ކަމަށެވެ.

މީގެއިތުރުން ސުޒެއިން ބުނީ މާޒިޔާ ޓީމުގައި ހިމެނޭ މުހައްމަދު އުމެއިރު އަދި އަސަދުﷲ އަބްދުﷲ އަކީ ފާހަގަކޮށްލަންޖެހޭ ހުނަރުވެރި މޮޅު ދެ ކުޅުންތެރިން ކަމަށާއި، އެ ދެ ކުޅުންތެރިންނަށް ވިކްޓްރީން މެޗުގައި ވިސްނަންޖެހޭ ކަމަށެވެ.

ވިކްޓްރީގެ ކީޕަރު މަހުމޫދު އަލީ ޔޫސުފްއާ ބެހޭގޮތުން ސުޒެއިން ބުނީ މާޒިޔާ މެޗުން އޭނާ ފެނިގެންދާނެ ކަމަށެވެ. އެންމެ ފަހުން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ވިކްޓްރީ ކުޅުނު މެޗުގައި ކީޕަރު މަހުމޫދު ލަސްކުރުމުގެ އަމަލުތައް ގެންގުޅުމުން ސުޒެއިން ވަނީ އެކަމާ މާޔޫސްވިކަމަށް ބުނެ މީޑިއާގައި ހިތާމަ ފާޅުކޮށްފައެވެ.

ސުޒެއިން ބުނީ މެޗެއްގައި ދުވަހަކުވެސް އޮށޯވެގެން އޮވެ ލަސްކޮށް މެޗު ހަލާކުކުރަން ބޭނުން ނުވާ ކަމަށާއި، މަހުމޫދު އެދުވަހު ދަނޑުމަތީގައި ދެއްކި ހުތުރު އަމަލު ރަނގަޅުކުރަން އެދިފައިވާނެ ކަމަށެވެ.

މާލޭ ލީގުގައި ވިކްޓްރީ ހަތަރު މެޗު ކުޅެފައިވާއިރު، އެޓީމު ވަނީ އޭގެ ތެރެއިން ދެ މެޗުން ބަލިވެ އަނެއް ދެ މެޗުން އެއްވަރުވެފައެވެ. އެޓީމު އޮތީ ލިބުނު ދެ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަ ވަނައިގައެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
14 ޖެނުއަރީ 2017

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް