Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޮލީބޯލް

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

ކުޅުންތެރިން ތިބީ ރަން މެޑަލް ހޯދުމަށް ކެތްމަދުވެފަ

ރާއްޖެ އެމްވީ | 21 މާރިޗު 2017 | އަންގާރަ 07:36
ގައުމީ ފިރިހެން ވޮލީ ޓީމުގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް)

ގައުމީ ފިރިހެން ވޮލީ ޓީމުގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް)

ތައްޔާރުވަމުން މިދަނީ ބޮޑު މުބާރާތަކަށް ކަމަށާއި މި މުބާރާތުގެ ރަން ތަށި ގައުމުގައި ބެހެއްޓުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ގައުމީ ފިރިހެން ވޮލީ ޓީމުގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) ބުނެފި އެވެ.

މި މަހުގެ 22 ވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ދިވެހި ވޮލީ ޓީމު ވަމުންދާ ތައްޔާރީތަކާ ބެހޭ ގޮތުން ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ބަޓިސް ބުނީ މި މުބާރާތް އަމިއްލަ ގައުމުގައި ބޭއްވިގެންދާއިރު މުޅި ވޮލީ ޓީމުގެ ހުރިހާ ވެސް ވިސްނުމެއް ހުރީ މުބާރާތުގެ ރަން މެޑަލް ހޯދުމަށް ކަމަށެވެ.

ބަޓިސް ބުނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ތައިލެންޑުގައި ކުރިއަށްގެންދިޔަ ތަމްރީނުތަކުގައި ވެސް ކުޅުންތެރިންނާއި ކޯޗިން ސްޓާފުންގެ ފަރާތުން ވެސް ފެނިގެންދިޔައީ މުބާރާތުން ރަންވަނަ ހޯދުމަށް ބުރަކޮށް މަސައްކަތްކުރި މަންޒަރު ކަމަށާއި އެހެން ކަމުން މިފަހަރުގެ މުބާރާތުގައި އެހިސާބަށް ވާސިލްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

މިވަގުތު ޓީމުގެ ހުރިހާ ޑިޕާޓްމަންޓްތަކެއް ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރާކަން ފާހަގަކުރަމުން ބަޓިސް ބުނީ އެކި ޑިޕާޓްމަންޓްތަކަށް ކުޅެމުން އަންނަ ކުޅުންތެރިން، އެ ކުޅުންތެރިންގެ އެންމެ ބެސްޓް ދެމުން އަންނަ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ޓީމު ޓީމެއްގެ ގޮތުގައި އޮތުމަށް އަބަދުވެސް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެގޮތުން ކޮންމެ ފަރިތަކުރުމެއްގައި ވެސް ޑިފެންސް ކުރުމާއި ބްލޮކް އަދި ރިސީވްތައް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.

ބަޓިސް ބުނީ ފާއިތުވި އަހަރުގެ މި މުބާރާތުގައި ޓީމުގައި ނުހިމެނުނު ކުޅުންތެރިން މިފަހަރުގެ މުބާރާތަށް ނެގި ޓީމުގައި ހިމެނިގެންދިޔުމަކީ ހުރިހާ ކުޅުންތެރިންނަށް ލިބިގެންދިޔަ ހިތްވަރެއް ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަމުން ބަޓިސް ބުނީ މިފަހަރުގެ ސްކޮޑުގައި ނުހިމެނުނު ކުޅުންތެރިންނަކީ ވެސް ތަފާތު މޮޅު ކުޅުންތެރިންތަކެއް ކަމަށާއި އެހެން ނަމަވެސް މިވަގުތު އެންމެ ބޮޑަށް ފޯކަސް ކުރަންޖެހޭނީ ނެތް ކުޅުންތެރިންގެ ބަދަލުގައި ތިބި ކުޅުންތެރިންނާއި އެކު ޓާގެޓަށް ވާސިލުވުމަށް ކަމަށެވެ.

ގައުމީ ވޮލީ ޓީމުގައި މިފަހަރު ރަނގަޅު ސްކޮޑެއް އޮތް އިރު، ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން މިފަހަރުގެ ސްކޮޑުގައި ހިމެނިފައި ނުވާކަން ވެސް ފާހަގަކޮށްލެވެ އެވެ. އެގޮތުން ޓީމުގެ އެޓޭކަރު ޝާއިން މުހައްމަދު (ޝާހިންޓޭ) އާއި އަލީ އާމިރު (ދިގު އައްޔަ) ހިމެނެ އެވެ. މީގެ އިތުރުން މިފަހަރުގެ ސްކޮޑުގައި ތަޖުރިބާކާރު ކުޅުންތެރިޔާ އަޝްފާގު އާދަމް (އައްކަޅޭ) ވަނީ ހިމަނާފަ އެވެ.

އަޝްފާގަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ކުރިއަށްދިޔަ މި މުބާރާތުގައި ޓީމުގެ ސްކޮޑުން ބާކީކުރި ކުޅުންތެރިއެކެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ބައިވެރިވެފައި ވަނީ ތުރުކުމަނިސްތާނާއި ނޭޕާލްގެ އިތުރުން ކިރިގިސްތާނެވެ.

މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި ހަފްތާގެ ބުދަ ދުވަހު ބައްދަލުކުރާނީ މި މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ކިރިގިސްތާނާ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި

ކޮކާކޯލާ ލޯންގް ރަންގެ މެޑަލްތަކާއި ޓީޝާޓް އަދި ސްޕޮންސަރުން ދައްކާލައިފި

09 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު