Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓީސީ ސްޕޯޓްސް ކްލަބު

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

ޓީސީ އޮތީ ވަރުގަދަ ގްރޫޕެއްގައި

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 14 ފެބުރުއަރީ 2017 | އަންގާރަ 01:15
ޓީސީ ސްޕޯޓްސް ކްލަބުގެ ހެޑް ކޯޗު މުހައްމަދު ނިޒާމް

ޓީސީ ސްޕޯޓްސް ކްލަބުގެ ހެޑް ކޯޗު މުހައްމަދު ނިޒާމް

މި މަހުގެ 18 ވަނަ ދުވަހު ބަންގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕުގައި ވާދަކުރާ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބު އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި ޓީމުގެ ހުރިހާ ވެސް ވިސްނުމެއް ހުރީ މުބާރާތުގެ ރަންވަނަ ހާސިލް ކުރުން ކަމަށް އެޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމުގައި ވާހަކަ ދައްކަމުން ނިޒާމް ބުނީ މި ވޭތުވެދިޔަ ދުވަސްތަކުގައި ޓީސީގެ ފަރިތަކުރުންތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެވިފައިވާނީ ބަންގާޅު މުބާރާތަށް ކަމަށާއި އެގޮތުން މިހާތަނަށް އެކި ޓީމުތަކާއި ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެވިފައިވާ ކަމަށެވެ.

ނިޒާމް ބުނީ ފުރަތަމަ ޑިވިޝަނަށް ޅަ ޓީމަކަށް މިފަދަ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެތަށް ގޮތަކުން ފައިދާކުރާނެ ކަމެއް ކަމަށާއި އެގޮތުން ރާއްޖޭގެ ސީޒަނަށް ނުކުންނަ އިރު ކުޅުންތެރިންނަށް ގިނަ ކަންތައްތަކެއް ދަސްވެ އެކްސްޕީރިއެންސް ކުރެވިފައި ހުންނާނެ ކަމަށެވެ.

ޓީސީ ސްޕޯޓްސް ކްލަބާއެކު ދެން މި މުބާރާތުގައި ވާދަކުރާނީ ބަންގްލަދޭޝްގެ ތިން ކްލަބާއި އިތުރު ހަތަރު ގައުމެއްގެ ހަތަރު ޓީމެކެވެ.

ޓީސީ އަކީ މިދިޔަ އަހަރު ރާއްޖޭގެ ހުރިހާ މުބާރާތެއްގެ ދެ ވަނަ ޓީމެވެ. މި މުބާރާތުގައި ރާއްޖޭގެ ޓީމެއް ބައިވެރި ކުރުމުގެ ފުރުސަތު އެފްއޭއެމަށް ލިބުމުން އެ ފުރުސަތު ޓީސީ އަށް ދޭން ނިންމީ ލީގު ޗެމްޕިއަން މާޒިޔާ އާއި އެފްއޭ ކަޕް ޗެމްޕިއަން ވެލެންސިއާ އޭއެފްސީ ކަޕް ކުޅެމުންދާތީވެ އެވެ.

މި މުބާރާތުގެ ގުރު މިހާރު ނަގާފައިވާ އިރު، ޓީސީ ލައްވާލާފައި ވަނީ ބަންގްލަދޭޝްގެ އަބާނީ ލިމިޓެޑް އެފްސީ އާއި، ކިރިގިސްތާނުގެ އެފްސީ އަލްގާ އަދި ކޮރެއާގެ ޕޮޗެއޮން ސިޓިޒަން ކްލަބާއެކު ގްރޫޕް "އޭ"ގަ އެވެ.

މި މުބާރާތުގައި ބަންގްލަދޭޝުން ވާދަކުރަނީ ބަންގްލަދޭޝް ޕްރިމިއާ ލީގު ޗެމްޕިއަން ޑާކާ އަބާނީ އާއި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޗިޓަގޮންގް އަބާނީގެ އިތުރުން ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ކްލަބް މުހައްމަދޭން އެސްސީ ޑާކާ އެވެ.

މީގެ އިތުރުން ދެން މި މުބާރާތުގައި ވާދަކުރާ އެހެން ގައުމުތަކުގެ ޓީމުތަކަކީ ނޭޕާލްގެ ގައުމީ ލީގު ޗެމްޕިއަން މަނަން މަޝްޔާންޑީ އާއި އަފްގާނިސްތާންގެ ފުރަތަމަ ޑިވިޝަން ޗެމްޕިއަން ޝަހީން އަސްމާޔީ އާއި ފިލިޕީންސް ފުރަތަމަ ޑިވިޝަން ލީގުގެ ހަ ވަނަ މިދިޔަ އަހަރު ހޯދި ސްޓެލިއޯން އެފްސީ އަދި ދެކުނު ކޮރެއާގެ ތިން ވަނަ ޑިވިޝަންގެ ކްލަބް އެފްސީ ޕޮޗެއޯން އެވެ.

މި މަހުގެ 15 ވަނަ ދުވަހުގެރޭ ޓީސީ ބަންގްލަދޭޝް އަށް ފުރުމަށް ހަމަޖެހިފައިވާ އިރު، މުބާރާތް ނިންމާލުމަށްފަހު ޓީމު މާލެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑެހެއާގެ ރިޕްލޭސްމަންޓަށް ޔުނައިޓުން ތައްޔާރުވަނީ

ޑެހެއާގެ ރިޕްލޭސްމަންޓަށް ޔުނައިޓުން ތައްޔާރުވަނީ

30 މާރިޗު 2017
ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު