Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖެއިން އެކުވެރިކަމުގެ މެޗެ

ކޮލިފައި މެޗުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެވޭތޯ އެބަ މަސައްކަތްކުރަން: އައްޔަ

7 މާރިޗު 2017 | އަންގާރަ 16:08

އަފްއާނިސްތާން އަދި މިޔަންމާ ވަނީ ގައުމީ ޓީމާއެކު މެޗު ކުޅެން ދައުވަތު ދީފަ

ލީވާން އަލީ
ލީވާން އަލީ | 7 މާރިޗު 2017 | އަންގާރަ 16:08
ގައުމީ ޓީމުގެ ކުޅުންތެރިން ގައުމީ ސަލާމް ކިޔަނީ

ގައުމީ ޓީމުގެ ކުޅުންތެރިން ގައުމީ ސަލާމް ކިޔަނީ

އޭޝިއަންކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ފަލަސްތީނާ ދެކޮޅަށް މި މަހު 28 ގައި ނިކުތުމުގެ ކުރިން ރަހްމަތްތެރިކަމުގެ މެޗެއް ކުޅެން މަސައްކަތްކުރަމުން އަންނަ ކަމަށް ގައުމީ ޓީމުގެ ކޮމިޓީގެ ޗެއާމަން އަލީ ނާޝިދު ވިދާޅުވެއްޖެ އެވެ.

އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އައްޔަ ވިދާޅުވީ، ގައުމީ ޓީމާއެކު ކުޅުމަށް މިހާރުވެސް ތިން ގައުމަކުން ދައުވަތު ދީފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ތިން ގައުމުންވެސް އެދިފައިވަނީ އެގައުމުގައި މެޗު ކުޅެން ކަމަށެވެ.

އައްޔަ ވިދާޅުވީ، ގައުމީ ޓީމަށް ތައްޔާރުވާން ވަގުތު ސަލާމްތާން ފުރުސަތު އޮންނާނީ ދަތުރުކޮށް އެހެން ގައުމެއްގައި މެޗެއް ކުޅުމަށްވުރެ ރާއްޖޭގައި ފަރިތަކުރުންތައް ކުރިޔށް ގެންގޮސް، ރާއްޖޭގައި ރަހްމަތްތެރިކަމުގެ މެޗެއް ކުޅުމުން ކަމަށެވެ. އެގޮތުން އައްޔަ ވިދާޅުވީ، ރާއްޖޭގައި ކުޅެން އެހެން ގައުމެއް ލިބޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ގައުމީ ޓީމާއެކު މެޗުއް ކުޅެން ދައުވަތު ދީފައިވާ ޓީމުތަކުގެ ތެރޭގައި އަފްއާނިސްތާން އަދި މިޔަންމާ ހިމެނޭކަމަށް އައްޔަ ވިދާޅުވިއިރު، މި ދެ ގައުމަށް ދަތުރުކުރުމަކީވެސް ރައްކާތެރިކަމެއްކަމަށް ނުދެކޭ ކަމަށް އޭނާ ވަނީ ފާހާގަކޮށްފައެވެ.

އެހެންނަމަވެސް އޭނާ ވިދާޅުވީ ހަފްތާއެއްހާ ދުވަސްތެރޭގައި ރަހްމަތްތެރިކަމުގެ މެޗު ކުޅޭނެ ޓީމެއް އިއުލާންކުރާނެ ކަމަށާއި، އިދިކޮޅަށް ކުޅޭނެ ގައުމު ނިންމާނީ ކޯޗާއެކުވެސް މަޝްވަރާކުރުމަށްފަހު ކަމަށެވެ.

ޔުނައިޓެޑް އަރަބް އެމިރެޓްސްގައި 2019 އަހަރު ބާއްވާ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ހިމެނެނީ ގްރޫޕް ޑީގައި އޮމާން، ފަލަސްތީން އަދި ބޫޓާނާއެކުގައެވެ.

އެގޮތުން ކޮލިފައިންގެ ފުރަތަމަ މެޗުގައި މި މަހުގެ 28 ވަނަ ދުވަހު ނިކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ. މި މެޗަށް ބޭނުންކުރާ ސްކޮޑު އަދި ފަރިތަކުރުން ފަށާ ގަޑި ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް އެފްއޭއެމް އިން ބުނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

10 މާރިޗު 2017

މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން

10 މާރިޗު 2017
މުހިންމު މެޗެއް މި ގެއްލުނީ، ޕްރެޝަރު އިތުރައް ބޮޑުވެއްޖެ: ސުޒެއިން
09 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި

09 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި
06 މާރިޗު 2017

ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި

06 މާރިޗު 2017
ފަސް އަހަރު ކުރިން ދުވަން ނުކުތް ޝަރަފް، ގައުމީ މެރެތަން ދުވުމުގެ ރެކޯޑް މުގުރާލައިފި
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
11 ފެބުރުއަރީ 2017

ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް

11 ފެބުރުއަރީ 2017
ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް