Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ ކަޕް

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

މާޒިޔާ އިން މަސައްކަތްކުރާނީ މެޗު ކާމިޔާބުކުރަން

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 19 އެޕްރީލު 2017 | ބުދަ 04:53
އޭއެފްސީ ކަޕްގައި މާޒިޔާ އަދި މޯހަން ބާގަން ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އޭއެފްސީ ކަޕްގައި މާޒިޔާ އަދި މޯހަން ބާގަން ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރުނުވާ ކަމަށާއި، ޓީމަށް އިތުބާރު ކުރާ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ސެކުލޮވްސްކީ ބުނެފި އެވެ.

އޭއެފްސީ ކަޕްގައި ބުދަ ދުވަހު މޯހަން ބާގަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ސެކުލޮވްސްކީ ބުނީ މެޗު ކުޅުމަށް ކަލްކަތާ އަށް ޓީމަށް އާދެވުނީ އާދީއްތަ ދުވަހުގެ ރޭ ކަމަށާއި، ފަރިތަކުރުންތަކެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ މެޗަށް އަމާޒުކޮށް ވަކިން ހާއްސަކޮށް ތައްޔާރުނުވާ ކަމަށެވެ.

މޯހަން ބާގަން އަކީ ވަރުގަދަ ޓީމެއްކަން ފާހަގަކުރަމުން ސެކުލޮވްސްކީ ބުނި އެޓީމުގައި ހިމެނޭ 20 ކުޅުންތެރިންނަކީވެސް ކޮލެޓީ ރަނގަޅު ކުޅުންތެރިން ކަމަށެވެ. މީގެއިތުރުން އޭނާ ބުނީ މޯހަން ބާގަން އިން ކުޅުންތެރިންނަށް ރެސްޓްދިނަސް އެއީ މާޒިޔާ ބަލާނެ ކަމެއް ނޫން ކަމަށާއި، މާޒިޔާ އިން މަސައްކަތްކުރާނީ މެޗު ކާމިޔާބުކުރަން ކަމަށެވެ.

ސެކުލޮވްސްކީ ބުނީ ދެޓީމަށްވެސް ވަރަށް ރަނގަޅަށް އިދިކޮޅު ޓީމު އެނގޭ ކަމަށާއި، އެއީ ދެޓީމަށްވެސް ލިބޭނެ ފައިދާއެއް ކަމަށެވެ. އެހެންނަމަވެސް މާޒިޔާ އިން ފޯކަސް ކުރާނީ މާޒިޔާގެ ކުޅުމަށް ކަމަށާއި، އަމިއްލަ ސްޓައިލްގައި ކުޅެވޭތޯ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން މާޒިޔާގެ ކޯޗު އަސަދުﷲ އަބުﷲ (އަސައްކޮ) ބުނީ މިދިޔަ އަހަރު މޯހަން ބާގަން މާޒިޔާ އަށްވުރެ ވަރުގަދަ ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ މި އަހަރު މާޒިޔާ މާބޮޑަށްވެސް ވަރުގަދަ ވާނެ ކަމަށާއި، މެޗު ކާމިޔާބުކޮށް ދެވަނަ ބުރުން ފުރުސަތު ތަނަވަސްކުރަން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އޭއެފްސީ ކަޕްގައި މާޒިޔާ ވަނީ އެޓީމު ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް އަނެއް މެޗުން އެޓީމު ވަނީ ބަލިވެފައެވެ.

މާޒިޔާ ހިމެނޭ ގްރޫޕަށް ބަލާއިރު، ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނައިގައި އޮތީ ބެންގަލޫރު އެފްސީ އެވެ. ދެވަނައިގައި ތިން ޕޮއިންޓާއެކު މޯހަން ބާގަން އޮތް އިރު، ތިންވަނައިގައި ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން އޮތީ މާޒިޔާއެވެ. ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ބަނގްލަދޭޝްގެ އަބާނީ ލިމިޓެޑް އެވެ.

ދެވަނަ ބުރަށް ކޮލިފައިވުމުގެ ފުރުސަތު އަދިވެސް މާޒިޔާ އަށް އޮތް އިރު، އެޓީމު ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ވާދަކޮށް މޮޅުވެފައެވެ. އެގޮތުން މިއީ މި މެޗާ ކުރިމަތިލާއިރު އެޓީމަށް ލިބޭނެ އިތުރު ހިތްވަރަކަށް ވާނެ ކަމަށް މާޒިޔާގެ ކޯޗު ވަނީ ބުނެފައެވެ.

މާޒިޔާއާ ދެކޮޅަށް ނިކުންނަ މޯހަން ބަގާން ވަނީ ޕްލޭއޮފްގައި ރާއްޖޭގެ ވެލެންސިއާއާ ދެކޮޅަށް ކުޅެފައެވެ. ފުރަތަމަ ލެގު ރާއްޖޭގައި ކުޅެ އެއްވަރުވިއިރު، ދެވަނަ ލެގުގައި ބޮޑު ތަފާތަކުން މޯހަން ބަގާން ވަނީ މޮޅުވެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

07 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ

އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ

28 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

މެޗު ފަސޭހައެއް ނުކުރާނަން: މޯހަން ބާގަން

28 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު