Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭވީސީ ވޮލީ މުބާރާތް

ޓީމު އޮތީ ތައްޔާރަށް، ހުރިހާ ވިސްނުމެއް ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް: ކިލިޗް

މޫސުމުގެ މައްސަލަ ކޮންމެވެސް ވަރަކަށް ދިމާވާނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 21 މާރިޗު 2017 | އަންގާރަ 11:46
ކިރިގިސްތާން ވޮލީ ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަދި ކެޕްޓަން ކިލިޗް ސަރްބަގިޝިއެވް

ކިރިގިސްތާން ވޮލީ ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަދި ކެޕްޓަން ކިލިޗް ސަރްބަގިޝިއެވް

ކިރިގިސްތާން ވޮލީ ޓީމު އޮތީ މުބާރާތަށް ވާންޖެހޭ އެންމެ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި ހުރިހާ ވިސްނުމެއް މިވަގުތު ހުރީ ރާއްޖެއާ ދެކޮޅަށް ކުޅޭ މުބާރާތުގެ ފުރަތަމަ މެޗަށް ކަމަށް އެޓީމުގެ ކެޕްޓަން ކިލިޗް ސަރްބަގިޝިއެވް ބުނެފި އެވެ.

ބުދަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ކިރިގިސްތާން ޓީމު ރާއްޖެ އައިސްފައި ވަނީ ހޯމަ ދުވަހުގެ ރެ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބުދަ ދުވަހު ހަވީރު ރާއްޖެއާ ދެކޮޅަށް ނުކުތުމުގެ ކުރިން އެޓީމުން ވަނީ އަންގާރަ ދުވަހު ފަރިތަކުރުންތައް ވެސް ކުރިއަށްގެންގޮސްފަ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ކިރިގިސްތާން ވޮލީ ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރަމުންދާ ކިލިޗް ބުނީ ދިގު ދަތުރެއް ކުރުމަށް ފަހު މިހާ ދުރަށް ޓީމެއް އަންނާނީ އެ މުބާރާތެއްގެ އެންމެ މައްޗަށް ދިއުމަށް ކަމަށާއި އެހެންކަމުން މުބާރާތުގެ ފުރަތަމަ މެޗުގައި އެޓީމުގެ ފަރާތުން ބަލާހިތްވާ ފަދަ ކުޅުމެއް ފެނިގެންދާނެ ކަމަށެވެ.

ކެލިޗް ބުނީ ރާއްޖޭގައި މެޗުތައް ކުޅޭ އިރު އެއީ ރާއްޖޭގެ ޓީމަށް ލިބިގެންދާނެ ވަރަށް ބޮޑު އެޑްވާންޓޭޖަކަށް ވާނެ ކަމަށާއި އެގޮތުން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭއިރު ކުޅުންތެރިންނަށް އެކަމުން ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ގައުމީ ޓީމަށް އަލިއަޅުވާލަމުން ކެލިޗް ބުނީ ރާއްޖެއަކީ އަބަދުވެސް މި މުބާރާތުގައި ފާހަގަކޮށްލެވޭ ފަދަ ހިސާބެއްގައި އަބަދުވެސް އޮންނަ ޓީމެއް ކަމަށާއި އެހެންކަމުން އެއީ ރާއްޖޭގެ ވޮލީބޯޅަ ކުރިއަރަމުން އަންނަ އަލިގަދަ ހެއްކެއް ކަމަށެވެ.

ރާއްޖޭގެ ޓީމުން ތައިލެންޑްގައި ކޭމްޕް ކޮށްފައިވާއިރު އެކަމާ ބެހޭ ގޮތުން ކެލިޗް ބުނީ މިފަދަ މުބާރާތަކަށް ތައްޔާރުވުމަށް ތައިލެންޑް ފަދަ ގައުމެއްގައި ތަމްރީނު ކުރުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

ރާއްޖެއަކީ ހޫނު ގަދަ ގައުމެއްކަން ފާހަގަކުރަމުން ކެލިޗް ބުނީ ކިރިގިސްތާނަކީ އަބަދުވެސް ފިނިކޮށް އޮންނަ ގައުމެއް ކަމަށާއި އެހެންކަމުން ރާއްޖެ ފަދަ ގައުމެއްގައި މި މުބާރާތް ކުޅޭއިރު ކޮންމެވެސް ވަރަކަށް ހޫނުގެ އަސަރު ކުޅުންތެރިންނަށް ކުރާނެ ކަމަށެވެ.

ކިރިގިސްތާނު ވޮލީ ޓީމަކީ ފާއިތުވި އަހަރު ބަންގްލަދޭޝްގައި ކުރިއަށްދިޔަ އޭވީސީ މުބާރާތުގެ ދެވަނަ މަގާމު ހޯދި ޓީމެވެ. އެ މުބާރާތަށް އެޓީމު ބަންގްލަދޭޝަށް އައީ 8 ކުޅުންތެރިންގެ ސްކޮޑަކާއެކު އެވެ. އެހެން ނަމަވެސް މިފަހަރު މި ޓީމު ރާއްޖެ އައީ 12 ކުޅުންތެރިންގެ ސްކޮޑަކާއެކު އެވެ.

ކިލިޗް ބުނީ ކުރިން މުބާރާތާ ހިލާފަށް މި މުބާރާތަށް ފުރިހަމަ ސްކޮޑަކާއެކު އާދެވުމުން އެކަމާ ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެހެން ކަމުން މުބާރާތުގައި އެ ކުޅުންތެރިންގެ ފަރާތުން ތަފާތު ފެނިގެންދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު