Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭރީގެ މަރުގެ މައްސަލަ

މޭރީގެ މަރު: ހެކިބަސް ނެގުން ސިއްރެއް ނޫން، އަޑުއެހުން 31 ގައި

16 އޮކްޓޯބަރު 2022 | އާދީއްތަ 13:53

ގްރޭސް މަރާލީ އޮކްޓޯބަރު 19، 2021 ގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 16 އޮކްޓޯބަރު 2022 | އާދީއްތަ 13:53
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސްއާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ މައްޗަށް

މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސްއާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ މައްޗަށް

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި ވާރގަސް އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރުކޮށްދޭން ލަމްހާގެ ފަރާތުން އެދުނު ނަމަވެސް، އެ މައްސަލަ ސިއްރުނުކޮށް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ހެކިބަސް ނެގުމުގެ މަރުހަލާ ސިއްރުކޮށްދޭން ލަމްހާގެ ފަރާތުން ވަނީ އާދިއްތަ ދުވަހު އެދިފައެވެ. އެގޮތުން ލަމްހާގެ ވަކީލު އަހުމަދު ޔާމީން ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހެކިބަސް ދިނުމުގެ މަރުހަލާ ސިއްރުކުރުމަށް އެދިފައެވެ. އޭނާ ވިދާޅުވީ އެ އަޑުއެހުން ސިއްރު ނުކޮށް ކުރިއަށް ގެންގޮސްފިނަމަ އަދުލުވެރިކަމަށް އަސަރު ކޮށްފާނެ ކަަމަށެވެ. މީގެ އިތުރުން ލަމްހާގެ ވަކީލް އަބްދުﷲ ޝާއިރު ވަނީ އަޑު އެހުމަށް ނޫސްވެރިން ވަދެ ތިބުމުން އެ މައްސަލަ ވަކި ގޮތަކަށް ކުރިއަށްދާ ކަމަށް ދައްކަން ނުވަތަ ނޫސްވެރިންނަށް ވަކި މެސެޖެއް ދޭން ދައުލަތުން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ހެކި ބަސް ނެގުމުގެ މަރުހަލާ މި މަހުގެ 31 ވަނަ ދުވަހު ފެށުމަށް ނިންމާފައި ވާއިރު މީގެ ކުރިން މި މަހުގެ 17 އާއި 20، 25 ގައި ބޭއްވުމަށް ތާވަލްކޮށްފައި އޮތް އަޑު އެހުންތައް ވަނީ ކެންސަލްކޮށްފައެވެ. މި މައްސަލައިގެ ހެކި ބަސް ނެގުމަށް މިއަދު ތާވަލް ކުރިއެވެ. އެހެންނަމަވެސް ދިފާއީ ވަކީލުން ވަނީ އެއް ހާޒިރެއްގައި އެ މަރުހަލާ ކުރިއަށް ގެންގޮސްދިނުމަށް މައްސަލަ ބައްލަވާ ގާޒީގެ އަރިހުން އެދިފައެވެ. އެކަމާއި ގުޅިގެން ދައުލަތުން ވަނީ ހެކިން ހާޒިރުކުރުމަށް ފަހު ހެކި ބަސް ނުނެގުމަކީ ހެކިންނަށް ދަތިވާ ކަމެއް ކަމަށް ވެސް ފާހަގަކުރައްވާފައެވެ.

ހެކިބަސް ސިއްރު ނުކުރަން ގާޒީ ނިންމެވީ ދެ ފަރާތުގެ ވާހަކަތައް އަޑު އެއްސެވުމަށް ފަހުގައެވެ.

މޭރީ މަރާލިކަމުގެ ދައުވާ ސާބިތުކުރަން މާވިންއާއި ލަމްހާ ގެ މައްޗަށް ސާބިތު ކުރުމަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފައެވެ. އެގޮތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެކި ހިމެނެއެވެ. މޭރީ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާގެ އިތުރުން އައިޖީއެމްއެޗްއިން ހުއްދަ ނަގައިގެން ނޫނީ އެ ހޮސްޕިޓަލުން ނުގެންދެވޭ ނުރައްކާތެރި ބޭސްތަކެއް ގެންދިޔަ މައްސަލައިގައި ލަމްހާގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.

ގްރޭސް މަރާލާފައި ވަނީ އޮކްޓޯބަރު 19، 2021ގައެވެ. ގްރޭސްގެ މަރުވެފައިވާ، ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ އިރު މާވިން ބުނީ އޭނާއަށް ގްރޭސް ފެނުނީ ދަންޖެހި އަމިއްލައަށް މަރުވެފައި ހުއްޓާ ކަމަށެވެ. އޭނާ މަރާލިކަން އެނގުނީ ފުލުހުންގެ ތަހުގީގާއި ގުޅިގެންނެވެ.

މޭރީ ގްރޭސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

03 ޖުލައި 2024

މޭރީގެ މަރު: ދައުލަތުގެ ހެކިވެރިޔާ ބުނީ ލަމްހާއަކީ އޭނާ ލައިކްވާ މީހެއް ނޫންކަމަށް

03 ޖުލައި 2024
މޭރީގެ މަރު: ދައުލަތުގެ ހެކިވެރިޔާ ބުނީ ލަމްހާއަކީ އޭނާ ލައިކްވާ މީހެއް ނޫންކަމަށް
20 ޑިސެމްބަރު 2023

ލަމްހާ ބަންދުން ދޫކޮށްލީ ރަނގަޅަކަށް ނޫން، އަލުން ޝަރީއަތް ނިމެންދެން ބަންދަށް

20 ޑިސެމްބަރު 2023
ލަމްހާ ބަންދުން ދޫކޮށްލީ ރަނގަޅަކަށް ނޫން، އަލުން ޝަރީއަތް ނިމެންދެން ބަންދަށް
23 ނޮވެމްބަރު 2023

މާވިންގެ ބަންދަށް ލުޔެއް ނުދިން

23 ނޮވެމްބަރު 2023
މާވިންގެ ބަންދަށް ލުޔެއް ނުދިން
23 ނޮވެމްބަރު 2023

ޝަރުތުތަކާއެކު ލަމްހާ ބަންދުން ދޫކޮށްލައިފި، ރޭގަނޑު 10:00ން ހެނދުނު 06:00ށް ބޭރުގައި އުޅުން މަނާ

23 ނޮވެމްބަރު 2023
ޝަރުތުތަކާއެކު ލަމްހާ ބަންދުން ދޫކޮށްލައިފި، ރޭގަނޑު 10:00ން ހެނދުނު 06:00ށް ބޭރުގައި އުޅުން މަނާ
14 ނޮވެމްބަރު 2023

މޭރީ ގްރޭސްގެ މަރު: އިތުރު 3 ހެއްކެއްގެ ހެކިބަސް ނަގައިފި

14 ނޮވެމްބަރު 2023
މޭރީ ގްރޭސްގެ މަރު: އިތުރު 3 ހެއްކެއްގެ ހެކިބަސް ނަގައިފި
31 އޮކްޓޯބަރު 2023

މޭރީގެ މަރުގެ މައްސަލަ: ފޯނު ތަހުލީލުކުރި އޮފިސަރު ހާޒިރުކޮށް، ގިނަ ސުވާލުތަކެއް

31 އޮކްޓޯބަރު 2023
މޭރީގެ މަރުގެ މައްސަލަ: ފޯނު ތަހުލީލުކުރި އޮފިސަރު ހާޒިރުކޮށް، ގިނަ ސުވާލުތަކެއް
25 އޮކްޓޯބަރު 2023

ދައުލަތުން ހެދުނު ގޯސްތަކުގެ ސަބަބުން ލަމްހާއާއި މާވިންގެ އަޑުއެހުން އެހެން ދުވަހަކަށް ފަސްކޮށްފި

25 އޮކްޓޯބަރު 2023
ދައުލަތުން ހެދުނު ގޯސްތަކުގެ ސަބަބުން ލަމްހާއާއި މާވިންގެ އަޑުއެހުން އެހެން ދުވަހަކަށް ފަސްކޮށްފި
04 ޖޫން 2023

މޭރީގެ މަރު: އިތުރު ބައެއްގެ ހެކިބަސް ނަގައިފި

04 ޖޫން 2023
މޭރީގެ މަރު: އިތުރު ބައެއްގެ ހެކިބަސް ނަގައިފި
02 ޖޫން 2023

މޭރީގެ މަރުގެ މައްސަލައިގެ ހެކިބަސް ނެގުމުގެ އިތުރު އަޑުއެހުމެއް ތާވަލުކޮށްފި

02 ޖޫން 2023
މޭރީގެ މަރުގެ މައްސަލައިގެ ހެކިބަސް ނެގުމުގެ އިތުރު އަޑުއެހުމެއް ތާވަލުކޮށްފި
24 މެއި 2023

މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިއުމުން ފުރަތަމަ ބެލި ޑޮކްޓަރުންގެ ހެކިބަސް ނަގައިފި

24 މެއި 2023
މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިއުމުން ފުރަތަމަ ބެލި ޑޮކްޓަރުންގެ ހެކިބަސް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް