Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޭރީގެ މަރުގެ މައްސަލަ

މޭރީގެ މަރު: ދައުލަތުގެ ހެކިވެރިޔާ ބުނީ ލަމްހާއަކީ އޭނާ ލައިކްވާ މީހެއް ނޫންކަމަށް

ހެކިވެރިޔާ ކިޔާދިން ގޮތުގައި ޙާދިސާގެ މައުލޫމާތު ފުރަތަމަ އެނގުނީ ވައިބަރ މެދުވެރިކޮށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 ޖުލައި 2024 | ބުދަ 08:25
މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ

މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހާޒިރުވެ ހެކިބަސް ދީފައިވަނީ ޙާދިސާ ހިނގިއިރު އައިޖީއެމްއެޗްގެ އީއާރްގައި މަސައްކަތްކުރި މުވައްޒަފެކެވެ.

Advertisement - newsAdvertisement

ހެކިވެރިޔާ ކިޔާދިން ގޮތުގައި ޙާދިސާގެ މައުލޫމާތު ފުރަތަމަ އެނގުނީ ވައިބަރ މެދުވެރިކޮށެވެ. އެގޮތުން އަމިއްލަ ނަފްސަށް ގެއްލުންދޭން މަސައްކަތް ކޮށްގެން މާވިންގެ އަންހެނުން ހޮސްޕިޓަލަށް ގެނައި ވާހަކަ ގްރޫޕުގައި ލިޔެފައި އޮތްކަން އޭނާ ފާހަގަކުރިއެވެ.

އޭނާ ބުނީ، އެ ޚަބަރު ލިބުނުއިރު އޭނާ ހުރީ ގޭގައި ކަމަށާއި، ޚަބަރު ލިބުމުން ހޮސްޕިޓަލަށް ދިޔައިރު އެތަނުގައި ގިނަ ބަޔަކު ތިބި ކަމަށެވެ.

އެ ގަޑީގައި މާވިންއާ  ވާހަކަ ދެކެވުނު ކަމަށާއި، އޭރު މާވިން ރުއިކަމަށް ހެކިވެރިޔާ ބުންޏެވެ. ނަމަވެސް މާވިންއާ އެވަގުތު ދެކެވުނު ވާހަކަ މިހާރު ހަނދާނުގައި ނެތްކަން ހެކިވެރިޔާ ފާހަގަކުރިއެވެ.

މޭރީގެ ހަށިގަނޑުން ފާހަގަވި ކަންކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ހެކިވެރިޔާ ބުނީ، މޭރީގެ މޫނުމަތި ނޫވެފައިވާ ކަމަށާއި، ފައިގައި ވަކި އަޅާފައިވާ ކަމުގެ ނިޝާން ފެންނަން ހުރިކަމަށެވެ.

އަދި، ދަން ޖެހިފައިވާ މީހެއްގެ ގައިން ފެންނާނެ ފަދަ އެއްވެސް ނިޝާނެއް މޭރީގެ ކަރުން ފެންނަން ނެތްކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ކިޔާދިން ގޮތުގައި މޭރީގެ މަރާ ގުޅޭގޮތުން މާވިންގެ ވާހަކަ ދެފަހަރު ހުރީ ދެގޮތަށެވެ. އެގޮތުން މާވިން ފުރަތަމަ ކިޔާދިން އިރު ބުނެފައިވަނީ މޭރީ ދަން ޖެހުނީ ފަންކާ ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް ފަހުން ކިޔާދިން އިރު މާވިން ބުނެފައިވަނީ މޭރީ ދަން ޖެހުނީ ކުޑަދޮރު ބޭނުންކޮށްގެންނެވެ.  

ހެކިވެރިޔާ މާވިން ގާތުގައި އެކަން ފާހަގަކުރި ކަމަށާއި، އެކަމާ ސުވާލު ކުރުމުން އޭނާ އެކަނި ދޫކޮށްލުމަށް މާވިން އެދުނުކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

ދެން ކުރިއަށް ދިޔައީ ދިފާއުން ސުވާލު ކުރުމެވެ. އެގޮތުން މާވިންގެ ދިފާއީ ވަކީލު ވަނީ ދަން ޖެހިފައި ހުންނަ މީހެއްގެ ގައިން ފެންނާނެ ސިފަތަކާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. އޭގެ ޖަވާބުގައި ހެކިވެރިޔާ ވަނީ މޭރީގެ މޫނު ނޫކުލަ އަރާފައި ހުރިކަން ފާހަގަކޮށް، އެއީ ދަން ޖެހިފައި ހުންނަ މީހެއްގެ ގައިން ފެނިދާނެ ނިޝާނެއްކަމަށް ބުނެފައެވެ.

އެހެންނަަމަވެސް މޭރީގެ ކަރުން އެފަދަ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށް ހެކިވެރިޔާ ބުނެއެވެ.

މޭރީގެ މަރާ ގުޅިގެން ލަމްހާ ގިނަ ސުވާލުތަކެއް ހެކިވެރިޔާއާވެސް ކުރި ކަަމަށާއި، މާވިން ސަލާމަތް ކޮށްދޭނީ ތިމަންނާކަމަށް ލަމްހާ އަމިއްލައަށް ބުނެފައިވާކަމަށްވެސް އެ ހެކިވެރިޔާ ބުންޏެވެ.

މި އަޑުއެހުމުގައި ހެކިވެރިޔާ ވަނީ ލަމްހާއަކީ އޭނާ އެއްވެސް އިރަކު "ލައިކްވާ މީހެއް ނޫން" ކަމަށް ބުނެ، އޭނާ ލަމްހާއާ ދޭތެރޭގައި ހިތް ނުރުހޭކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކާފައެވެ. ލަމްހާގެ ދިފާއީ ވަކީލު ހެކިވެރިޔާއާ އެއްވެސް ސުވާލެއްވެސް ކޮށްފައެއް ނުވެއެވެ.

މި އަޑުއެހުމުގައި އަދިވެސް އިތުރު ހެކިންގެ ހެކިބަސް ނެގުމަށް ތާވަލު ކުރެވިފައި އޮތެވެ.

މޭރީ ގްރޭސްކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު