Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޭރީގެ މަރުގެ މައްސަލަ

މޭރީގެ މަރުގެ މައްސަލަ: ފޯނު ތަހުލީލުކުރި އޮފިސަރު ހާޒިރުކޮށް، ގިނަ ސުވާލުތަކެއް

އަންނަ މަހު 2ގައި އަޑުއެހުމެއް ބާއްވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2023 | އަންގާރަ 11:49
މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ، އޭނާގެ ފިރިމީހާ މާވިންއާއި މާވިންގެ ލޯބިވެރިޔާ ލަމްހާ

މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ، އޭނާގެ ފިރިމީހާ މާވިންއާއި މާވިންގެ ލޯބިވެރިޔާ ލަމްހާ

އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނޮޑް ޕިނެޑާގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާރގަސްއާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ބާއްވައިފިއެވެ.

މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދެވެ. މި މައްސަލާގައި އަންގާރަ ދުވަހު އޮތީ ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނެގުމެވެ. އެގޮތުން ފުރަތަމަ ހާޒިރުކުރެވުނީ އަބްދުﷲ ޝިފާޒެވެ. އޭނާއަކީ މޮބައިލް ފޮރެންސިކް 4 ރިޕޯޓް ތައްޔާރުކުރި ފަރާތެވެ. އަދި އޭނާއަކީ ޑިޖިޓަލް އެވިޑެންސް އެގްޒަމިނަރުގެ ގޮތުގައި ފުލުހުންގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި މަސައްކަތްކުރާ ފަރާތެކެވެ.

ހެކިވެރިޔާ ބުނީ، ލެބޯޓަރީން ޓެސްޓްކޮށް ބަލާފައިވަނީ ހެކީގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައިވާތީ ކަމަށެވެ. އެގޮތުން ހެކިތައް ލިބުމުން އެންމެ ފުރަތަމަ ތަހުލީލު ފޯމުގައިވާ ކަންކަން ބެލުމަށްފަހު، ހެކި އަޅާފައިވާ ބޭގް ހުޅުވައި މަސައްކަތްތައް ލޮގްކޮރެވެމުން ދާނެކަމަށެވެ. ހެކީގެގޮތުގައި ފޯނު އޮތްކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ. އަދި ފޯނުން ނެގޭ މައުލޫމާތު ޑީކޯޑްކޮށްދެނީ ސޮފްޓްވެއަރއެއް ބޭނުންކޮށްގެން ކަމަށެވެ.

ހެކިވެރިޔާ ބުނީ ގޫގުލް ވިޖެޓް ބޭނުންކޮށްގެން ބައެއް މައުލޫމާތު ފޯނުން ހޯދާފައިވާކަމަށެވެ. އަދި އެ ފޯނުން 73 ފޮޓޯ ކޭޗްކޮށްފައި ވާކަމަށާއި، ބައެއް އެއްޗެހި ފޯނުން ޑިލީޓްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ފޯނުތަކުން ޓެލެގްރާމް އައިޑީތަކާ ގުޅުންހުރި ނަންބަރުތައް ފެނުނުކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.

ހެކިވެރިޔާ ބުނީ ފޯނުން ފެނުނު ޗެޓް ލޮގާއި، އެއިން ފެނުނު ނަންބަރުތަކެއްވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވާނެކަމަށެވެ. އަދި ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ހޯދާފައި ވާނެކަމަށާއި، އެ މައުލޫމާތުތައް ހޯދާފައިވަނީ ސޮފްޓްވެއަރ ބޭނުންކޮށްގެން ކަމަށެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމުގައި ދިފާއީ ވަކީލުން ވަނީ ތަފާތު ސުވާލުތަކެއް ހެކިވެރިއާއާ އަމާޒުކޮށްފައެވެ. އެގޮތުން އެވިޑެންސް ކޮތަޅުން އެ ނަގާ ޗެކްކުރާ ގޮތާއި، ފޯނާމެދު އަމަލުކުރާ ގޮތާ ގުޅޭގޮތުން ސުވާލުކޮށްފައިވެއެވެ. މީގެ އިތުރުން ދިފާއުގެ ބައެއް ސުވާލުތައް، ހެކިވެރިޔާ ހާޒިރުކުރެވުނު ދާއިރާއިން ބޭރުވިކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

ހެކިވެރިޔާ ބުނީ، ފޯނުން ޑާޓާ ނަގާ އެ މައުލޫމާތުތައް ޗެކްކުރާކަމަށާއި، އިތުރު މައުލޫމާތެއް ހޯދަން ބޭނުންވާނަމަ އަނެއްކާވެސް އެ ހޯދުމުގެ މަސައްކަތް ކުރާކަމަށެވެ. އަދި ޑާޓާ ނަގަނީ ޚާއްސަ އާލާތެއް ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން ބައެއް ސެޓިންގތައް ހަދަންޖެހޭ ކަަމަށާއި، އެއަށްފަހު ޑޭޓާ ނަގައި ތަހުގީގުކުރާ ފަރާތުން ފުރިހަމަނުވެ ހުންނަ ކަންކަން ފިޒިކަލީ ފޯނު ހުޅުވައިގެން ބަލާކަމަށެވެ.

މި މައްސަލާގައި ދައުވާ ރައްދުވާ މާވިން އެސްވައި ވާރގަސް އެއްޗެއް ސާފުކުރުމަށް ދިން ފުރުސަތުގައި، އޭނާ ވަނީ އެއްވެސް ކަމެއް ސާފުކުރަން ނެތްކަމަށް ބުނެފައެވެ.

އަންގާރަ ދުވަހު ހާޒިރުކުރެވުނު ހެކިވެރިޔާ ތައްޔާރުކުރި 4 ރިޕޯޓުގެ ތެރެއިން 2 ރިޕޯޓާ ގުޅޭގޮތުން އަންގާރަ ދުވަހު ވަނީ ސުވާލުކޮށްފައެވެ. އަދި ބާކީ އޮތް 2 ރިޕޯޓާ ގުޅޭގޮތުން ދައުލަތުން އިތުރު ސުވާލުތަކެއް ކުރަން ނެތްކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ދިފާއީ ވަކީލުން ވަނީ 2 ރިޕޯޓާ ގުޅިގެން ސުވާލުކުރަން ހުރިކަމަށާއި، އެހެންކަމުން އެހެން ދުވަހަކު ހާޒިރުކުރުމަށް އެދިފައެވެ.

މިކަމާ ގުޅިގެން ގާޒީ ވިދާޅުވީ، ދައުލަތުން ބާކީ އޮތް 2 ރިޕޯޓާ ގުޅޭގޮތުން ޖެނެރަލީ އިތުރު ސުވާލުތަކެއް ނެތުމުން، ދިފާއުންވެސް އެކަމާގުޅޭ އިތުރު ސުވާލުތަކެއް ނެތްކަމަށް ޝަރީއަތުން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ދިފާއީ ވަކީލު ވަނީ، އަނެއް 2 ރިޕޯޓަކީ މޭރީގެ ފޯނުގެ މައުލޫމާތު ހިމެނޭ ރިޕޯޓެއް ކަމަށްވުމުން އެކަމާގުޅޭ ސުވާލުކުރަން ބޭނުންވާ ކަމަށެވެ.

އެކަމަށް ރިއާޔަތްކުރައްވައި ގާޒީ ވިދާޅުވީ، ހެކިވެރިޔާ ހާޒިރުކުރަން ޖެހިއްޖެނަމަ އެކަން އަންގަވާނެ ކަމަށެވެ. މިކަމާ ގުޅިގެން ދައުލަތުން ބުނީ، އެކަމަށް އިއުތިރާޒްކުރާ ކަމަށާއި، ތަފާތު އެކި ފަހަރުމަތިން ހެކިވެރިޔާ ހާޒިރުކުރެވިއްޖެ ކަމަށެވެ. ނަމަވެސް ގާޒީ ވަނީ، ޝަރީއަތުން އެކަމަށް ރިއާޔަތްކުރެއްވުމަށްފަހު ގޮތެއް ނިންމަވާނެކަމަށް ވިދާޅުވެފައެވެ.

އިތުރު 2 ހެކިވެރިންގެ ހެކިބަސް ވެސް ނެގުމަށް ހަމަޖެހިފައި އޮތެވެ. އެހެންނަމަވެސް އަންގާރަ ދުވަހު ފުރަތަމަ ހާޒިރުކުރެވުނު ހެކިވެރިޔާގެ ހެކިބަސް ދިގުލައިގެން ދިއުމުން އެ ހެކިން ހާޒިރުކޮށްފައި ނުވެއެވެ.

ދެން އަޑުއެހުމެއް އޮންނާނީ 14 އަދި 23ގައި ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ. އަދި ބަންދު މުރާޖާކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

މީގެ އިތުރުން، ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން، ރިޕޯޓުގެ ޓެކްނިކަލް ރިވިއުކުރި ފަރާތުގެ ބަދަލުގައި ސޯކޯ ރިޕޯޓް ތައްޔާރުކުރި ފަރާތް ހާޒިރުކުރުމަށް ވަނީ އެދިފައެވެ. އަދި ދިފާއުން ވަނީ އެކަމުގައި މައްސަލައެއް ނެތްކަމަށް ބުނެފައެވެ.

މޭރީ ގްރޭސްމޭރީ ގްރޭސްގެ މަރުގެ މައްސަލަކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު