Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޭރީ ގްރޭސްގެ މަރުގެ މައްސަލަ

މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިއުމުން ފުރަތަމަ ބެލި ޑޮކްޓަރުންގެ ހެކިބަސް ނަގައިފި

ބުދަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމުގައި 3 ހެތްކެއްގެ ހެކިބަސް ނަގާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 މެއި 2023 | ބުދަ 11:23
މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި، އޭނާގެ ފިރިމީހާ މާވިން އެސް.ވައި ވާރގަސްއާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ، ހެކިބަސް ނެގުމުގެ އިތުރު އަޑުއެހުމެއް ބުދަ ދުވަހުވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްގެންގޮސްފިއެވެ.

މި މައްސަލާގައި ބުދަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި 3 ހެތްކެއްގެ ހެކިބަސް ނަގާފައިވެއެވެ.

Advertisement - newsAdvertisement

ފުރަތަމަ ހާޒިރުކުރީ މޭރީ އައިޖީއެމްއެޗަށް ގެންދިއުމުން ފުރަތަމަ ހަށިގަނޑަށް އެޓެންޑުވި ޑޮކްޓަރުންގެ ތެރެއިން ޑޮކްޓަރެކެވެ. ހެކިވެރިޔާ ބުނީ، މޭރީ ގްރޭސްގެ ހަށިގަނޑު ގެނައިއިރުވެސް އެއްވެސް ހަރަކާތެއް ނެތްކަމަށާއި، މޫނު މައްޗަށް ހުރީ ދަނބުކުލަ އަރާފައި ކަމަށެވެ.

މޭރީގެ ހަށިގަނޑުން ދަންޖެހިފައި ވާކަމުގެ ނިޝާނެއް އޭރު ފެންނަން ނެތްކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނީ، އޭރު މޭރީއަށް ދިން ފަރުވާތައް ނޯޓުކުރިކަމަށާއި، އެ ތަފްސީލުތައް ފެންނަން ހުންނާނެކަމަށެވެ.

އޭގެ އިތުރުން، އީއާރްގައި ހުންނަ ބޭސްތަކުގެ ސްޓޮކް ބަލަހައްޓާނީ އެކަމާ ހަވާލުވެ ހުންނަ އިންޗާރޖް ނަރުހެއް ކަމަށާއި، ކޮންމެ ނަރުހަކަށްވެސް އައިސް ބޭސް ނަގައިގެން ދެވޭކަހަލަ ގޮތަކަށް އޮތްނަމަވެސް، ހުއްދަ ނުނަގައި ބޭސް ގެންދިއުމަކީ މަނާ ކަމެއްކަމަށް އެ ހެކިވެރިޔާ ހެކިބަސް ދެމުން ބުނެފައިވެއެވެ.

ދެވަނައަށްވެސް ހާޒިރުކުރީ މޭރީގެ ހަށިގަނޑަށް އެޓެންޑުވި ޑޮކްޓަރެކެވެ. އޭނާ ވަނީ މޭރީ ނޭވާލެއްވުމަށް ހޮޅި ލެއްވިކަމާއި، އިތުރަށް ދެވިފައިވާ ފަރުވާތައް ކިޔައިދީފައެވެ. އެގޮތުން މޭރީއަށް "ޝޮކް" ދެވިފައިވާކަމަށާއި، އެހެންނަމަވެސް "ސަކްސިނައިލްކޮލިން" ފަދަ އިންޖެކްޝަނެއް ޖަހާފައި ނުވާނެކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.

އޭގެ އިތުރުން، އީއާރްގައި ހުންނަ ބޭސްތަކުގެ ސްޓޮކް ބަލަހައްޓާ އިންޗާރޖް އަތުގައި ތަޅުދަނޑި އޮންނަކަމަށާއި، ހުއްދަ ނެތި ބޭސް ނެގުމަކީ މަނާކަމެއް ކަމަށްވެސް އެ ހެކިވެރިޔާ ހެކިބަސް ދެމުން ބުނެފައިވެއެވެ.

ލަމްހާގެ ގެ ބަލައިފާސްކުރިއިރު ފެނިފައިވާ 3 އިންޖެކްޝަންގެ ތެރޭގައި ސަކްސިނައިލްކޮލިން ހިމެނޭ އިންޖެކްޝަނެއް ހިމެނޭއިރު، އެ އިންޖެކްޝަންތަކަކީ މީހުން ހޭނައްތަން ބޭނުންކުރާ، އަދި މީހަކު މަރައިލެވިދާނެފަދަ އިންޖެކްޝަނެއްކަން ދައުލަތުން މީގެ ކުރިން ބުނެފައިވެއެވެ. އެގޮތުން މޭރީގެ ހަށިގަނޑުންވެސް އިންޖެކްޝަން ޖަހާފައިވާކަމުގެ ނިޝާން ފެންނަން ހުރިކަމަށް ދައުލަތުގެ ވަކީލު މީގެ ކުރިން ވިދާޅުވިއެވެ.

ދައުލަތުން ވަނީ "ސަކްސިނައިލްކޮލިން" އާއި ދެން ފެނިފައިވާ "ޕްރޮޕޮފޯލް" އެއްކޮށް ދިރިހުރި މީހެއްގެ ގަޔަށް ޖަހައިފިނަމަ ވާނެ ގޮތަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބު ދެމުން ހެކިވެރިޔާ ބުނީ، އެ ދެ އިންޖެކްޝަން އެއްކޮށް ޖަހައިފިނަމަ މީހާ ހޭނެތި، ކުޑަ ވަގުތުކޮޅަކަށް ނޭވާލުން ހުއްޓޭނެކަމަށެވެ.

ތިންވަނައަށް ހާޒިރުކުރީ މި މައްސަލައިގެ ތަހުގީގު އޮފިސަރެކެވެ. އޭނާ ވަނީ މޭރީގެ މަރާ ގުޅޭގޮތުން މާވިން ކިޔާދީފައިވާ ވާހަކަތައް ޝަރީއަތުގައި ހިއްސާކޮށްފައެވެ. އެގޮތުން މޭރީ މަރުވީ އަމިއްލައަށް ދަން ޖެހިގެންކަމަށް މާވިންގެ ފަރާތުން މީގެ ކުރިންވެސް ބުނެފައިވާ ވާހަކަތައް ހެކިވެރިޔާ ވަނީ ކިޔައިދީފައެވެ.

ހެކިވެރިޔާ ބުނީ، މޭރީ މަރުވެފައި އޮތް ތަނުގައި ސިރިންޖެއް ކަނޑާލާފައި އޮތް ޕެކޭޖެއް އޮތްކަމަށާއި، އެއީ އެމްބިއުލާންސުން އައި ޕެރަމެޑިކުން ގެނައި އެއްޗެއްކަމަށް މާވިން ބުނެފައިވާ މކަމަށެވެ.

މި މައްސަލާގައި އަދިވެސް އިތުރު ހެކިންގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވާއިރު، ޖޫން މަހުވެސް އަޑުއެހުންތައް ކުރިއަށް ގެންދަވާނެކަމަށް ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވިއެވެ.

މޭރީ ގްރޭސްކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު