Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޭރީ ގްރެސްގެ މަރުގެ މައްސަލަ

މޭރީ ގްރޭސްގެ މަރު: އިތުރު 3 ހެއްކެއްގެ ހެކިބަސް ނަގައިފި

ލަމްހާގެ ފަރާތުން އޭނާގެ ވަކީލު ވަނީ ލަމްހާގެ ފައިގައި ޓެގް އެޅުވުމަށްފަހު، އޭނާގެ ބަންދަށް ޝަރުތުތަކާއެކު ލުއި ދިނުމަށް އެދިލައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2023 | އަންގާރަ 08:50
މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އަދި މާވިންގެ ލޯބިވެރިޔާ ލަމްހާ

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އަދި މާވިންގެ ލޯބިވެރިޔާ ލަމްހާ

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނޮޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާރގަސް އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި އޮތީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.

ފުރަތަމަ ހާޒިރުކުރި ހެކިވެރިޔާއަކީ މާވިންއާއި ލަމްހާއާއެކުގައި މަސައްކަތް ކުރި ފަރާތެކެވެ.

ހެކިވެރިޔާ ވަނީ މޭރީ ގްރޭސް މަރުވި ދުވަހު ހޮސްޕިޓަލުގައި ހިނގާދިޔަ ބައެއް ކަންކަން ކިޔާދީފައެވެ. އެގޮތުން މޭރީ ހޮސްޕިޓަލަށް ގެނެވުނު ދުވަހު މާވިންއާއި ބައްދަލުވި ކަމަށާއި، ހާދިސާ ހިނގާ ދިޔަ ގޮތާއި ގުޅޭގޮތުން އެ ދުވަހު މާވިންއާ ވާހަކަ ދެކެވުނުކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނީ، މޭރީ އަމިއްލައަށް ދަން ޖެހުނީކަމަށް މާވިން ބުނި ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން އިތުރަށް ސުވާލު ކުރުމުން އެކަށީގެންވާ ޖަވާބުތަކެއް ލިބިފައިނުވާކަމަށްވެސް ބުންޏެވެ.

ހެކިވެރިޔާ ގާތުގައި މާވިން ބުނެފައިވަނީ މޭރީ ރުޅިއައިސްގެން އުޅުމުން، ހަމަޖެހިލުމަށް ވަގުތު ދިނުމަށް ތިރިއަށް ދިޔަކަމަށާއި، ފަހުން މައްޗަށް އެރިއިރު މޭރީ ހުރީ ދަންޖެހިފައިކަމަށެވެ.

ހެކިވެރިޔާ ބުނީ، މާވިންގެ ހަށިގަނޑުގައި މަށައިގެން ގޮސްފައިވާ ތަންތަން ހުރުމުން މާވިންއާ ސުވާލު ކުރި ކަމަށާއި، އެއީ މޭރީ ވަކި އަޅާފައިވާ ތަންތަންކަމަށް އޭރު މާވިން ބުނިކަމަށެވެ.

އަދި ދަން ޖެހުނުތާ ގިނަ ވަގުތުތަކެއް ހޭދަނުވެ މޭރީ ހޮސްޕިޓަލަށް ގެނެވިފައިވާކަމަށް މާވިން ބުނެފައިވާ ކަމަށާއި، އެ ވަގުތުގައި ގެނެވިފައިވާނަމަ މޭރީގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރެވުނީސްކަމަށް ޤަބޫލު ކުރެވޭ ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

ދެވަނައަށް ހާޒިރުކުރި ހެކިވެރިޔާއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓަކާއި ގުޅިގެން ދައުލަތުން ހާޒިރުކުރި ހެއްކެކެވެ. އޭނާއަކީ ލަމްހާގެ ގެއިން ގެންދެވުނު ބޭސްތަކުގެ ތަފްސީލީ ފޮޓޯ ނަގައި، އެއާގުޅޭ ރިޕޯޓު ތައްޔާރު ކުރެއްވި އޮފިސަރެވެ.

ތިންވަނައަށް ހާޒިރުކުރި ހެކިވެރިއަކީވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓަކާއި ގުޅިގެން ދައުލަތުން ހާޒިރުކުރި ހެއްކެކެވެ. އޭނާއަކީ މި މައްސަލައިގައި ހެކީގެ ގޮތުގައި ނަގާފައިވާ ފޯނެއްގައި ހުރި ވައިބަރ މެސެޖުތަކެއްގެ ފޮޓޯތަކެއް ނަގާފައިވާ މީހެކެވެ. އެއީ "އީއާރް މޯލްޑިވްސް" ނަމުގައި ހަދާފައިވާ ވައިބަރ ގްރޫޕެއްގެ ފޮޓޯތަކެކެވެ.

ބަންދު މުރާޖައާ:

މި އަޑުއެހުމުގައި ދައުލަތުން ވަނީ ލަމްހާއާއި މާވިން ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް އޮތްކަމަށް ދައުލަތަށް ނުފެންނަކަމަށް ބަޔާން ކުރައްވާފައެވެ. އެގޮތުން އެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ޙާލަތަށް ބަދަލެއް އައިސްފައިނުވާކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

މި އަޑުއެހުމުގައި މާވިންގެ ވަކީލު ވިދާޅުވީ، މާވިންގެ ސިއްޙީ ހާލަތަށް ބަލައި، އޭނާ މާފުށީގައި ހުރެގެން އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވުމުގެ ފުރުސަތު ދެއްވުމަށް އެދިލައްވާކަމަށެވެ.

އަދި ލަމްހާގެ ފަރާތުން އޭނާގެ ވަކީލު ވަނީ ލަމްހާގެ ފައިގައި ޓެގް އެޅުވުމަށްފަހު، އޭނާގެ ބަންދަށް ޝަރުތުތަކާއެކު ލުއި ދިނުމަށް އެދިލައްވާފައެވެ.

ބަންދު މުރާޖައާއާއިގުޅޭގޮތުން ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ، މިމަހުގެ 23 ވަނަ ދުވަހު އޮންނަ އަޑުއެހުމުގައި ބަންދު މުރާޖައާއާއި ގުޅޭގޮތުން ނިންމަވާ ނިންމެވުން ހާމަ ކުރައްވާނެކަމަށެވެ.

މޭރީ ގްރޭސްކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު