ކ. މާލެ
|
25 އޮކްޓޯބަރ 2023 | ބުދަ 14:23
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސްއާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ މައްޗަށް
މޭރީގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސްއާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްޙާ އަބްދުއްރަހްމާނުގެ މައްޗަށް
ރާއްޖެއެމްވީ
މޭރީގެ މަރުގެ މައްސަލަ
ދައުލަތުން ހެދުނު ގޯސްތަކުގެ ސަބަބުން ލަމްހާއާއި މާވިންގެ އަޑުއެހުން އެހެން ދުވަހަކަށް ފަސްކޮށްފި
 
ހައްގުތައް އުނި ނުވާނެ ގޮތަކަށް ކަންކަން ކުރިއަށް ގެންދިއުމަށް ލަމްހާގެ ފަާތުން ވެސް ވަނީ އެދިފައި
 
ތަރުޖަމާނަކާ ނުލާ ކުރިއަށްދާން މާވިން ދެކޮޅު
 
މީގެ ކުރިން މާވިން ކައިރީގައި ތަރުޖަމާނު ބަހައްޓައިގެން ކުރިއަށް ގެންދޭ

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނޮޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާރގަސް އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ އަޑުއެހުން ދައުލަތުން ހެދުނު ގޯސްތަކެއްގެ ސަބަބުން ފަސްކޮށްފިއެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ޝަރީއަތް ކުރިއަށް ގެންދަނީ ވަކި އިންތިޒާމެއްގެ ދަށުން ކަމަށާއި، ދައުވާ ލިބޭ މާވިން ކޯޓަށް ހާޒިރުވެ އެފަރާތުގެ ވަކީލު ނުވަތަ ތަރުޖަމާނު ކައިރީގައި އިނދެގެން ކުރިއަށް ގެންދާގޮތަށް ޝަރީއަތް ކުރުމަށް އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

ނަމަވެސް ދައުވާ ލިބޭ ފަރާތް ކޯޓަށް ހާޒިރުކުރެވިފައި ނުވެއެވެ. ގާޒީ ވަނީ މިކާއި ގުޅިގެން ދިފާއަށް އަދި ދައުލަތަށް ވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައެވެ. އެގޮތުން ދިފާއީ ވަކީލު ވިދާޅުވެފައިވަނީ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އޭނާގެ މުވައްކިލު އަދި އޭނާވެސް ޝަރީއަތަށް ހާޒިރުކޮށްގެން ކަމަށެވެ. އެހެންނަމަވެސް މި މައްސަލައިގައި ދައުވާލިބޭ ލަމްހާގެ ފަރާތުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ރިކުއެސްޓްކުރުމުން، މާވިންގެ ފަރާތުން އިންކާރުކޮށްފައި ނުވާނެ ކަމަށެވެ.

އަދި އިންކާރުނުކުރި ސަބަބަކީ ދިފާއީ ވަކީލު ޝަރީއަތަށް ހާޒިރުކޮށް ނުވަތަ މާވިންއާއި އެއް ހާޒިރެއްގައި މީގެ ކުރީގެ އަޑުއެހުންތައް ކުރިއަށް ދިޔަ ކަމަށާއި، ނުވަތަ ތަރުޖަމާނަކު ކައިރީގައި ހުރެގެން ގަނޑުތަކުގައި ލިޔެގެން އަދި މާވިން ވެސް އަހާލަން ބޭނުންވާ އެއްޗެއް އަހާލަން އަދި ޓްރާންސްލޭޓަރުވެސް ސާފުކުރަން ބޭނުންވާ އެއްޗެއް ސާފުކުރެވޭ ގޮތަށް ކުރިއަށް ގެންދިޔަ ކަމަށެވެ. އެހެންކަމުން ދިފާއުން އެއްވެސް އިންކާރެއް ކޮށްފައި ނުވާނެ ކަމަށާއި، ދިފާއުން ޝަރީއަތަކަށް އަދި ދައުލަތުން ހެކި ހާޒިރުކޮށްފައި ހުއްޓާ އެކަން ހުއްޓުވުމަށް އެ ނިޔަތުގައި އެ ގަސްތުގައި އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.

ދިފާއީ ވަކީލު ވިދާޅުވީ ކޯޓުން މާވިން ހާޒިރުކުރަން އެދުނު ނަމަވެސް ކަރެކްޝަނުން އެ އިންތިޒާމް ހަމަނުޖެއްސޭކަމަށެވެ. އަދި ވަކީލު ވަނީ މާވިން ވެސް އަދި އޭނާ ވެސް ޝަރީއަތަށް ހާޒިރުކޮށްގެން ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދިފައެވެ. ދިފާއީ ވަކީލު ވިދާޅުވީ އޮންލައިންކޮށް ކުރިން ގެންދިޔަ ގޮތަށް އޭނާ ނުވަތަ ޓްރާންސްލޭޓަރު މުވައްކިލު ކައިރީގައި އިނދެގެން ކުރިއަށް ގެންދެވޭނެ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.

އަދި ބުދަ ދުވަހު ހަމަޖެހިފައިވާ އިންތިޒާމުގެ ތެރެއިން ޝަރީއަތް ކުރިއަށްގެންދިއުމަށް ދިފާއުން އިންކާރުކުރާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

ދައުލަތުން މިކަމާއި ގުޅޭގޮތުން ވާހަކަދައްކަން ދިން ފުރުސަތުގައި ވަނީ، މައްސަލަ ރައްދުވާ މާވިން މިކަމުގައި ދެކޭގޮތް އެނގެން ބޭނުންވާ ކަމަށެވެ. ގާޒީ ވަނީ އޭގެ ބޭނުމަކީ ކޮބައިތޯ ދައުލަތާއި ސުވާލުކޮށްފައެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ އެގޮތަށް އެނގެން ބޭނުންވަނީ ގާނޫނުއަސާސީގެ ދަށުން ޝަރީއަތަށް ހާޒިރުވެ ހެކިންނާއި ސުވާލުކުރުމަކީ ދައުވާ ލިބޭ މީހާއަށް ލިބިގެންވާ ހައްގެއްކަމަށްވާއިރު، އޭނާއަށް ޝަރީއަތަށް ހާޒިރު ނުވެ ކުރިއަށްގެންދިއުމާ ދެކޭގޮތުން ދެކޭގޮތް އެނގެން ބޭނުންވާ ކަމަށެވެ.

ގާޒީ ވިދާޅުވީ ދިފާއުން ދެކޭގޮތް ދިފާއީ ވަކީލު ހާމަކުރައްވާފައިވާ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ މާވިން ފިޒިކަލީ ޝަރީއަތަށް ހާޒިރުވުމަށް އިންކާރުނުކުރައްވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ދައުލަތުން ބުނެފައިވަނީ މީގެ ކުރީގެ ޝަރީއަތްތަކުގައި ތަރުޖަމާ ކުރާ ފަރާތް މާވިން ކައިރީގައި ހުރެގެން ތަރުޖަމާކުރުމުގެ ފަސޭހައަކީ ދައްކާ ހުރިހާ ވާހަކައެއް އަނގަބަހުން ކޯޓުގައި ނުދެންނެވުން ކަމަށެވެ.

ނަމަވެސް ދައުލަތުން ގަބޫލުކުރަނީ މާވިން އެހެންތަނެއްގައި ހުރުމުން ޝަރީއަތުގައި ދައްކާ ވާހަކަ ތަރުޖަމާނާ ނުލާ ކިޔައިދެމުން ޝަރީއަތް ކުރިއަށް ގެންދިއުމަކީ މާވިންއަށް އޮތް ހުރަހެއް ނޫން ކަމަށެވެ. އަދި މާވިންއަށް ޝަރީއަތުގައި ހިންގާ ކަންކަން އެ ހާލަތުގައި އެނގިގެންދާނެކަމަށް ދައުލަތަށް ގަބޫލުކުރެވޭކަމަށް ބުނެފައިވެއެވެ. އަދި ދައުލަތުން ދެކެނީ ޝަރީއަތް ކުރިއަށް ގެންދެވިދާނެކަމަށް ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ނަމަވެސް ގާޒީ ވިދާޅުވީ މި ޝަރީއަތަކީ ވަކި އިންތިޒާމްތަކެއްގެ ތެރެއިން ކުރިއަށްގެންދާ ޝަރީއަތެއް ކަމަށާއި، މީގެ ކުރިން ވެސް ހެކިބަސް ނަގާފައިވަނީ އެގޮތަށް ކަމަަށާއި، އަލަށް ކަމެއް ނުކުރައްވާ ކަމަށެވެ. އެގޮތުން މާވިން ކޯޓަށް ހާޒިރުކޮށްގެން ތަރުޖަމާނު ކައިރީގައި އިނދެގެން ހެކިބަސް ނަގަމުން ގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް ދައުވާ ލިބޭ ފަރާތް ކޯޓަށް ހާޒިރުނުކުރެވުމާއި ގުޅިގެން މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ.

ގާޒީ ވިދާޅުވީ ބުދަ ދުވަހު ހާޒިރުކޮށްފައިވާ ހެކި ތަކަކީ ވެސް އުނދަގޫތަކާއެކު ހާޒިރުކޮށްފައިވާ ހެކިންތަކެއް ކަމަށެވެ. އަދި ހެކިބަސް ނުނަގާ ޝަރީއަތް ނިންމާލައްވަން ބޭނުން ނުވާ ކަމަށާއި، ދެފަރާތުގެ ވާހަކައަށް ބަލާފައި ގޮތެއް ނިންމަވާނެ ކަމަށެވެ.

ދިފާއީ ވަކީލު ވިދާޅުވީ އޭނާ ތަމްސީލްކުރަނީ އޭނާގެ މުވައްކިލު ކަމަށާއި، މުވައްކިލާއި ވާހަކަދެކެވި މަޝްވަރާކުރެވި ޝަރީއަތުގައި ވިދާޅުވާ ކޮންމެ ބަހަކީ މުވައްކިލުގެ ފަރާތުން ބުނާ ވާހަކައެއް ކަމަށެވެ. އަދި ކޮންމެ ފަހަރަކު ވެރިފިކޭޝަން ނުވަތަ މާވިން ދެކޭގޮތް ބޭނުންވާނަމަ ދިފާއީ ވަކީލެއްގެ ގޮތުގައި ނުހުންނަވާނެކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. އަދި މާވިން ކައިރިން އިތުރަށް އަހަންޖެހޭ ސަބަބެއް ނެތް ކަމަށާއި، މާވިން އާއި މަޝްވަރާ ކުރެވިފައި، ބުދަ ދުވަހުގެ އަޑުއެހުން އިންތިޒާމްކުރެވިފައިވާ ގޮތަށް ކުރިއަށްދާން ބޭނުން ނުވާ ކަމަށެވެ.

އަދި މާވިން ބޭނުންވިޔަސް ފަންނުގެ ގާނޫނުގެ ދަށުން އެކަންކަން ނުކުރެވޭނެތީ މައްސަލައިން ތަނާޒުލްވާނެ ކަމަށެވެ. އަދި މާވިން ބޭނުންވިޔަސް މުވައްކިލުގެ ހައްގުތައް ވައިލޭޓްވާ ހާލަތެއްގައި ވަކީލު ބަސްބުނުމުން އެގޮތަށް އަމަލުނުކުރެވޭނަމަ އެ މަޖިލީހެއްގައި ނުހުންނަވާނެކަމަށެވެ.

ގާޒީ ވިދާޅުވީ 3 ހެއްކެއްގެ ހެކި ބަސް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގަި ހުރި ޑޮކްޓަރެއްގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވާއިރު، އެކަން ހަމަޖެހިފައިވާ އިންތިޒާމްތައް ހުރިހާ ފަރާތަކަށް ވެސް އެނގޭނެކަމަށެވެ. އެހެންކަމުން އެ ޑޮކްޓަރުގެ ހެކިބަސް ނެގުމާއިމެދު ދެކެވަޑައިގަންނަވާގޮތް ގާޒީ އެއްސެވިއެވެ.

ދިފާއީ ވަކީލު ވިދާޅުވީ މިއަދު ދިމާވެގެން އުޅޭ މައްސަލައަކީ މުވައްކިލު ކައިރީގައި ތަރުޖަމާނެއް ނެތުން ކަމަށާއި، މިއަދުގެ ހާލަތަށް ބަލާއިރު މުވައްކިލުގެ ހައްގެއް ވައިލޭޓްވާތީ ހެކި ބަސް ނެގުމަށް އިއުތިރާޒް ކުރާ ކަމަށެވެ.

މިކަމާއި ގުޅިގެން ދައުލަތުން ބުނެފައިވަނީ މިއަދު ހެކިބަސްދޭ ޑޮކްޓަރަކީ އިނގިރޭސީ ބަހުން ހެކިދެއްވާނެ ބޭފުޅެއް ކަމަށާއި، އެހެންކަމުން މާވިންއަކީ އިނގިރޭސީ ބަހުން ލިޔަކިޔަން ދަންނަ މީހަކަށްވުމުން ހެކިވެރިޔާ ދައްކާ ވާހަކަ މާވިންއަށް ފަހުމްވާކެމަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިކަމާއި ގުޅިގެން ދިފާއުން ބުނެފައިވަނީ ޝަރީއަތުގެ އަޑުއެހުން ރެކޯޑްކޮށްފައ މާވިންއަށް ދިނުމުން މާވިންއަށް އެނގިދާނެ ކަމަށާއި، ނަމަވެސް ތަރުޖަމާނަކު ބަހައްޓައިގެން ތަރުޖަމާނަކާއެކު ޝަރީއަތް ކުރިއަށްގެންދިއުމުގެ އެއީތޯ ސުވާލުކޮށްފައެވެ. އަދި ސިއްރިއްޔާރުގައި އެއްޗެއް އަހަން ބޭނުންވާނަމަ އެ ފުރުސަތެއް ނެތް ކަމަށާއި، އެހެންކަމުން ގަބޫލުކުރެވޭ އެއްގޮތަކީ ފިޒިކަލީ ހުރިހާ އެންމެން ހާޒިރުކޮށްގެން ޝަރީއަތް ކުރިއަށް ގެންދިއުން ކަމަށާއި، އަނެއް ގޮތަކީ ތަރުޖަމާން ކައިރީގައި އިންނާނެ ގޮތަކަށް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި މިއީ ކުރިންވެސް އަމަލުކުރި ގޮތް ކަމަށާއި، އެހެންކަމުން މިއަދު ޝަރީއަތް ކުރިއަށްގެންދިއުމަށް އިންކާރުކުރާ ކަމަށެވެ.

ހަލީމަތު ލަމްހާގެ ފަރާތުން މި މައްސަލައިގައި ދަންނަވާނެ ވަކި އެއްޗެއް ނެތް ކަމަށާއި، ޝަރިއަތަކީ ދެފަރާތުގެ ވެސް ހައްގުތައް ހިމާޔަތްކުރާގޮތް ކުރިއަށްގެންދިއުމަށް އެދިފައިވެއެވެ. މާވިންގެ ފަރާތުން ކުރާ ސުވާލުތަކާއި އިތުރިޒުތަކާއި ގުޅިގެން ކަންކަން ސާފުނުވެއްޖެނަމަ ނުސީދާގޮތެއްގައި ލަމްހާއަށް ކުރާނެ ކަމަށާއި، އެހެންކަމުން ދައުވާ ލިބޭ މާވިންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ގޮތަށް ކުރިއށް ގެންދިއުމަށް ވަނީ އެދިފައެއެވެ.

ގާޒީ ވިދާޅުވީ މީގެ ކުރިން މި މައްސަލައިގައި އަމަލުކޮށްފައިވާ ގޮތާއި ހިލާފަށް ދައުލަތުން އަމަލުކޮށްފައިވާ ކަމަށާއި، ދައުވާ ލިބޭ ފަރާތް ކޯޓަށް ހާޒިރުކުރަންޖެހުނު ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން މިކަމުގައި މައްސަލަ ދިމާވެފައިވާ ކަމަށާއި، ދިފާއީ ވަކީލު ފާހަގަކުރި ކަންތަކާއި ގުޅިގެން އެހެން ދުވަހަކަށް ޝަރީއަތް ފަސްކުރުމަށް ގާޒީ ވަނީ ނިންމާފައެވެ.

ގާޒީ ވިދާޅުވީ ހެކި ހާޒިރުކުރުމަށް ދަތިތަކެއް ހުރިކަން ގަބޫލުކުރައްވާ ކަމަށާއި، އެ އުނދަގޫތަކާއި އެކީގައި ދައުލަތުން، ދައުލަތުގެ ޒިންމާ އެންމެ ފުރިހަމަގޮތުގައި އަދާކޮށްފައި ނުވާތީ ދަތިތަކާއި ކުރިމަތިވާ ކަމަށެވެ. އަދި ކޯޓުގެ ދަތިތަކާއި ހުރެގެން ޝަރީއަތް ލަސްވާ ކަމަށާއި އެހެންނަމަވެސް ޝަރީއަތް ފަސްކުރުމަށް ނިންމާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް