Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލަމްހާ ބަންދުން ދޫކޮށްލުން

ލަމްހާ ބަންދުން ދޫކޮށްލީ ރަނގަޅަކަށް ނޫން، އަލުން ޝަރީއަތް ނިމެންދެން ބަންދަށް

20 ޑިސެމްބަރު 2023 | ބުދަ 09:16

ދަށު ކޯޓުގެ މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރުތުތަކާއެކު ލަމްހާ ބަންދުން ދޫކޮށްލެއްވުމަށް ނިންމަވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ޑިސެމްބަރު 2023 | ބުދަ 09:16
ހަލީމަތު ލަމްހާ އަބްދުއްރަހްމާނު

ހަލީމަތު ލަމްހާ އަބްދުއްރަހްމާނު

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވާއިރު، ބުދަ ދުވަހު އެ މައްސަލައިގެ ޙުކުމްކޮށްފިއެވެ.

ދައުލަތުން ހުށައަޅާފައިވާ އިސްތިއުނާފީ ނުކުތާއަކީ، ކްރިމިނަލް ކޯޓުން ލަމްހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ނެރުނު އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) އަދި އެ ގާނޫނުގެ 59 ވަނަ މާއްދާއާއި، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ)، އަދި ގާނޫނުއަސާސީގެ މާއްދާތަކަކާ ޚިލާފު އަމުރެއްކަމަށެވެ.

Advertisement - newsAdvertisement

ދައުލަތުގެ ވަކީލު ވިދާޅުވީ، ލަމްހާގެ ބަންދު މުރާޖައާކުރަން އެދުނުއިރުވެސް، އޭނާ ބަންދުގައި ބެހެއްޓި ސަބަބަށް ބަދަލެއް އައިސްފައިނުވާކަން ދައުލަތުން ފާހަގަކޮށްފައި ވާނެކަމަށެވެ. އެގޮތުން ކުށް ކުރިކަމަށް އެކަށީގެންވާ ތުހުމަތެއް ކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ކުރިން ނިންމާފައި އޮތް ހާލަތަށް ބަދަލެއް އައިސްފައި ނުވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އަދި ތުހުމަތުކުރެވޭ ކުށުގެ އަމަލު ހިންގުމުގައި ލަމްހާ ބައިވެރިވިކަމަށް ބެލެވޭ ގޮތަށްވެސް ދަށު ކޯޓުގެ ނިންމުމުގައި އަލިއަޅުވާލާފައިވާއިރު، އެ އަމަލުގައި ލަމްހާގެ ބައިވެރިވުމެއް މަތީ ދަރަޖައެއްގެ ބޮޑު މިންވަރަކަށް އޮތްކަމަކަށް ނުބެލެވޭކަމަށް ދަށު ކޯޓުން ވަނީ ނިންމާފައެވެ.  

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ ލަމްހާ ބަންދުން ދޫކޮށްލަން ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ބަޔާން ކުރައްވާފައެވެ. އެގޮތުން ލަމްޙާގެ ބަންދަށް ލުއި ދިނުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ނިންމުމުގައި، އޭނާގެ ފުށުން މުޖުމަޢަށް ނުރައްކާ އޮތް ކަމަށް ބެލުނު ސަބަބު ސީދާ އޭނާގެ ފުށުން ނެތިގޮސްފައިވޭތޯ ބަލައި ވަޒަންކޮށްފައި އޮތްކަން އެނގެން ނެތްކަމަށްވެސް ވަނީ ނިންމަވާފައެވެ.

އަދި ލަމްޙާއަށް މި މައްސަލާގައި ޙުކުމެއް ކުރެވެންދެން ނުވަތަ ޝަރީޢަތުން ވަކި ގޮތެއް ކަނޑައަޅަންދެން ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު ދެމިއޮތްކަމަށްވެސް ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ނިންމަވާފައެވެ.

ހައިކޯޓުގައި މި މައްސަލަ ނިންމެވީ  އިސް ފަނޑިޔާރު ހުސައިން ޝަހީދު، ފަނޑިޔާރު ޙަސަން ޝަފީއު އަދި ފަނޑިޔާރު މުޙައްމަދު ޝަނީޒް އަބްދުﷲ އެވެ.

ކްރިމިނަލް ކޯޓްމޭރީ ގްރޭސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް