Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭރީ ގްރޭސްގެ މަރުގެ މައްސަލަ

ޝަރުތުތަކާއެކު ލަމްހާ ބަންދުން ދޫކޮށްލައިފި، ރޭގަނޑު 10:00ން ހެނދުނު 06:00ށް ބޭރުގައި އުޅުން މަނާ

23 ނޮވެމްބަރު 2023 | ބުރާސްފަތި 07:06

ކޯޓުން އަންގާ ވަގުތުތަކުގައި ހާޒިރުވުމާއި، ރޭގަނޑު 10:00ން ހެނދުނު 06:00ށް ބޭރުގައި އުޅުން މަނާ ކުރުން ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ނޮވެމްބަރު 2023 | ބުރާސްފަތި 07:06
ހަލީމަތު ލަމްހާ އަބްދުއްރަހްމާނު

ހަލީމަތު ލަމްހާ އަބްދުއްރަހްމާނު

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި މޭރީ ގްރޭސްގެ ފިރިމީހާ މާވިން އެސްވައި ވާރގަސް އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، ބުރާސްފަތި ދުވަހު ކުރިއަށްދިޔައީ ލަމްހާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެކެވެ. ސަބަބަކީ މާވިންގެ ވަކީލު އެހެން މައްސަލައެއްގައި ހުންނެވުމުން ބައިވެރިނުވެވޭތީއެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވަނީ ދައުލަތުގެ ބައެއް ހެކިން ހާޒިރުކުރުމަށް އަދި އިތުރު ވަގުތު ބޭނުންވާކަމަށް ވިދާޅުވެފައެވެ. އެގޮތުން 15 ދުވަހުގެ މުއްދަތެއް ދެއްވުމަށް ދައުލަތުން އެދުނެވެ.

އެމީހުން ހާޒިރުކުރެވެން އޮތީ ޚާރިޖީ ވުޒާރައާ ގުޅިގެން، އިންޑިއާގެ އެމްބަސީއަށް ހާޒިރުކޮށްގެން ކަމަށާއި، ވެރިކަން ބަދަލުވުމާއެކު އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ޚާރިޖީ ވުޒާރާގައިވެސް ހުރުމާއި، ބައެއް މަޤާމުތައް ބަދަލުވަމުން ދިއުމާއެކު، އެކަމަށް ދުވަސްތަކެއް ނަގަނީކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ލަމްހާގެ ވަކީލު ވަނީ، ދައުލަތަށް ހެކިން ހާޒިރު ނުކުރެވޭނަމަ، ލަމްހާ ބަންދުން ދޫކޮށްދިނުމަށް އެދިފައެވެ. އެގޮތުން ސަރުކާރެއް ބަދަލުވެފައިވާތީ ކަންކަން ލަސްވަނީކަމަށް ވިދާޅުވުމަކީ ތާކުންތާކުޖެހޭ ސަބަބެއް ނޫންކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އެއަށްފަހު ލަމްހާގެ ބަންދު މުރާޖައާއާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވާއިރު، ލަމްހާގެ ބަންދު މުރާޖައާއާއި ގުޅޭގޮތުން ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ ޝަރުތުތަކާއެކު ލަމްހާ ބަންދުން ދޫކޮށްލެއްވުމަށް ނިންމަވާފައެވެ. އެއީ 180 ދުވަހުގެ މުއްދަތަކަށެވެ.

އޭގެ ތެރޭގައި މާލެއިން ބޭރަށް ދާކަމުގައިވާނަމަ ކޯޓަށް އެންގުމާއި، ކޯޓުން އަންގާ ވަގުތުތަކުގައި ހާޒިރުވުމާއި، ރޭގަނޑު 10:00ން ހެނދުނު 06:00ށް ބޭރުގައި އުޅުން މަނާ ކުރުން ހިމެނެއެވެ.

ލަމްހާގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އޭނާގެ މައްޗަށް ވަނީ, އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދަައުވާވެސް އުފުލާފައެވެ. އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދަައުވާވެސް އުފުލާފައިވާއިރު، ލަމްހާ ދިރިއުޅޭ ގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، ލަމްހާ ދިރިއުޅޭ ކޮޓަރި ތެރެއިން، ހޮސްޕިޓަލްތަކާއި ފަރުވާ ދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި, ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވެއެވެ.

ކްރިމިނަލް ކޯޓްމޭރީ ގްރޭސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް