Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭރީ ގްރޭސްގެ މަރުގެ މައްސަލަ

މޭރީގެ މަރު: އިތުރު ބައެއްގެ ހެކިބަސް ނަގައިފި

4 ޖޫން 2023 | އާދީއްތަ 10:54

އާދީއްތަ ދުވަހު 3 މީހެއްގެ ހެކިބަސް ވަނީ ނަގާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 4 ޖޫން 2023 | އާދީއްތަ 10:54
މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާ ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާ ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސް.ވައި ވާރގަސްއާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގައި އާދީއްތަ ދުވަހު އިތުރު ބައެއްގެ ހެކިބަސް ނަގައިފިއެވެ.

އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގައި އިތުރު 3 މީހެއްގެ ހެކިބަސް ވަނީ ނަގާފައެވެ. އެއީ ނަރުހަކާއި ދެ ފުލުހެއްގެ ހެކިބަހެވެ.

Advertisement - newsAdvertisement

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ މެރީ ގްރޭސްގެ ފިިރިމީހާގެ މައްޗަށް އުފުލާފައިވާ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، މާވިން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެހި ނަރުސް ހަލީމަތު ލަމްހާގެ މައްޗަށް އުފުލާފައިވާ އެހެން މީހެއް މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލާގައި އެންމެ ފަހުން މޭ 24 ވަނަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި 3 ހެތްކެއްގެ ހެކިބަސް ނަގާފައިވެއެވެ. ފުރަތަމަ ހާޒިރުކުރީ މޭރީ އައިޖީއެމްއެޗަށް ގެންދިއުމުން ފުރަތަމަ ހަށިގަނޑަށް އެޓެންޑުވި ޑޮކްޓަރުންގެ ތެރެއިން ޑޮކްޓަރެކެވެ. ހެކިވެރިޔާ ބުނީ، މޭރީ ގްރޭސްގެ ހަށިގަނޑު ގެނައިއިރުވެސް އެއްވެސް ހަރަކާތެއް ނެތްކަމަށާއި، މޫނު މައްޗަށް ހުރީ ދަނބުކުލަ އަރާފައި ކަމަށެވެ.

ދެވަނައަށްވެސް ހާޒިރުކުރީ މޭރީގެ ހަށިގަނޑަށް އެޓެންޑުވި ޑޮކްޓަރެކެވެ. އޭނާ ވަނީ މޭރީ ނޭވާލެއްވުމަށް ހޮޅި ލެއްވިކަމާއި، އިތުރަށް ދެވިފައިވާ ފަރުވާތައް ކިޔައިދީފައެވެ. އެގޮތުން މޭރީއަށް "ޝޮކް" ދެވިފައިވާކަމަށާއި، އެހެންނަމަވެސް "ސަކްސިނައިލްކޮލިން" ފަދަ އިންޖެކްޝަނެއް ޖަހާފައި ނުވާނެކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.

އޭގެ އިތުރުން، އީއާރްގައި ހުންނަ ބޭސްތަކުގެ ސްޓޮކް ބަލަހައްޓާ އިންޗާރޖް އަތުގައި ތަޅުދަނޑި އޮންނަކަމަށާއި، ހުއްދަ ނެތި ބޭސް ނެގުމަކީ މަނާކަމެއް ކަމަށްވެސް އެ ހެކިވެރިޔާ ހެކިބަސް ދެމުން ބުނެފައިވެއެވެ.

ލަމްހާގެ ގެ ބަލައިފާސްކުރިއިރު ފެނިފައިވާ 3 އިންޖެކްޝަންގެ ތެރޭގައި ސަކްސިނައިލްކޮލިން ހިމެނޭ އިންޖެކްޝަނެއް ހިމެނޭއިރު، އެ އިންޖެކްޝަންތަކަކީ މީހުން ހޭނައްތަން ބޭނުންކުރާ، އަދި މީހަކު މަރައިލެވިދާނެފަދަ އިންޖެކްޝަނެއްކަން ދައުލަތުން މީގެ ކުރިން ބުނެފައިވެއެވެ. އެގޮތުން މޭރީގެ ހަށިގަނޑުންވެސް އިންޖެކްޝަން ޖަހާފައިވާކަމުގެ ނިޝާން ފެންނަން ހުރިކަމަށް ދައުލަތުގެ ވަކީލު މީގެ ކުރިން ވިދާޅުވިއެވެ.

ތިންވަނައަށް ހާޒިރުކުރީ މި މައްސަލައިގެ ތަހުގީގު އޮފިސަރެކެވެ. އޭނާ ވަނީ މޭރީގެ މަރާ ގުޅޭގޮތުން މާވިން ކިޔާދީފައިވާ ވާހަކަތައް ޝަރީއަތުގައި ހިއްސާކޮށްފައެވެ. އެގޮތުން މޭރީ މަރުވީ އަމިއްލައަށް ދަން ޖެހިގެންކަމަށް މާވިންގެ ފަރާތުން މީގެ ކުރިންވެސް ބުނެފައިވާ ވާހަކަތައް ހެކިވެރިޔާ ވަނީ ކިޔައިދީފައެވެ.

ހެކިވެރިޔާ ބުނީ، މޭރީ މަރުވެފައި އޮތް ތަނުގައި ސިރިންޖެއް ކަނޑާލާފައި އޮތް ޕެކޭޖެއް އޮތްކަމަށާއި، އެއީ އެމްބިއުލާންސުން އައި ޕެރަމެޑިކުން ގެނައި އެއްޗެއްކަމަށް މާވިން ބުނެފައިވާ މިކަމަށެވެ.

މި މައްސަލާގައި އަދިވެސް އިތުރު ހެކިންގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވާއިރު، ޖޫން މަހުވެސް އަޑުއެހުންތައް ކުރިއަށް ގެންދަވާނެކަމަށް ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވިއެވެ.

މޭރީ ގްރޭސްކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި
19 ޑިސެމްބަރު 2025

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި
16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް