Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޭރީ ގްރޭސްގެ މަރުގެ މައްސަލަ

މޭރީގެ މަރުގެ މައްސަލައިގެ ހެކިބަސް ނެގުމުގެ އިތުރު އަޑުއެހުމެއް ތާވަލުކޮށްފި

ޖޫން މަހުވެސް އަޑުއެހުންތައް ކުރިއަށް ގެންދަވާނެކަމަށް ގާޒީ، ހުސައިން ފާއިޒު ރަޝާދު ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 2 ޖޫން 2023 | ހުކުރު 07:51
މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި، އޭނާގެ ފިރިމީހާ މާވިން އެސް.ވައި ވާރގަސްއާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ، ހެކިބަސް ނެގުމުގެ އިތުރު އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ މެރީ ގްރޭސްގެ ފިިރިމީހާގެ މައްޗަށް އުފުލާފައިވާ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، މާވިން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދިވެހި ނަރުސް ހަލީމަތު ލަމްހާގެ މައްޗަށް އުފުލާފައިވާ އެހެން މީހެއް މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ވަނީ ތާވަލުކޮށްފައެވެ.

Advertisement - newsAdvertisement

މި އަޑުއެހުންތައް ތާވަލުކޮށްފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ގައެވެ.

މި މައްސަލާގައި އެންމެ ފަހުން ބުދަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި 3 ހެތްކެއްގެ ހެކިބަސް ނަގާފައިވެއެވެ. ފުރަތަމަ ހާޒިރުކުރީ މޭރީ އައިޖީއެމްއެޗަށް ގެންދިއުމުން ފުރަތަމަ ހަށިގަނޑަށް އެޓެންޑުވި ޑޮކްޓަރުންގެ ތެރެއިން ޑޮކްޓަރެކެވެ. ހެކިވެރިޔާ ބުނީ، މޭރީ ގްރޭސްގެ ހަށިގަނޑު ގެނައިއިރުވެސް އެއްވެސް ހަރަކާތެއް ނެތްކަމަށާއި، މޫނު މައްޗަށް ހުރީ ދަނބުކުލަ އަރާފައި ކަމަށެވެ.

މޭރީގެ ހަށިގަނޑުން ދަންޖެހިފައި ވާކަމުގެ ނިޝާނެއް އޭރު ފެންނަން ނެތްކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނީ، އޭރު މޭރީއަށް ދިން ފަރުވާތައް ނޯޓުކުރިކަމަށާއި، އެ ތަފްސީލުތައް ފެންނަން ހުންނާނެކަމަށެވެ.

އޭގެ އިތުރުން، އީއާރްގައި ހުންނަ ބޭސްތަކުގެ ސްޓޮކް ބަލަހައްޓާނީ އެކަމާ ހަވާލުވެ ހުންނަ އިންޗާރޖް ނަރުހެއް ކަމަށާއި، ކޮންމެ ނަރުހަކަށްވެސް އައިސް ބޭސް ނަގައިގެން ދެވޭކަހަލަ ގޮތަކަށް އޮތްނަމަވެސް، ހުއްދަ ނުނަގައި ބޭސް ގެންދިއުމަކީ މަނާ ކަމެއްކަމަށް އެ ހެކިވެރިޔާ ހެކިބަސް ދެމުން ބުނެފައިވެއެވެ.

ދެވަނައަށްވެސް ހާޒިރުކުރީ މޭރީގެ ހަށިގަނޑަށް އެޓެންޑުވި ޑޮކްޓަރެކެވެ. އޭނާ ވަނީ މޭރީ ނޭވާލެއްވުމަށް ހޮޅި ލެއްވިކަމާއި، އިތުރަށް ދެވިފައިވާ ފަރުވާތައް ކިޔައިދީފައެވެ. އެގޮތުން މޭރީއަށް "ޝޮކް" ދެވިފައިވާކަމަށާއި، އެހެންނަމަވެސް "ސަކްސިނައިލްކޮލިން" ފަދަ އިންޖެކްޝަނެއް ޖަހާފައި ނުވާނެކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.

އޭގެ އިތުރުން، އީއާރްގައި ހުންނަ ބޭސްތަކުގެ ސްޓޮކް ބަލަހައްޓާ އިންޗާރޖް އަތުގައި ތަޅުދަނޑި އޮންނަކަމަށާއި، ހުއްދަ ނެތި ބޭސް ނެގުމަކީ މަނާކަމެއް ކަމަށްވެސް އެ ހެކިވެރިޔާ ހެކިބަސް ދެމުން ބުނެފައިވެއެވެ.

ލަމްހާގެ ގެ ބަލައިފާސްކުރިއިރު ފެނިފައިވާ 3 އިންޖެކްޝަންގެ ތެރޭގައި ސަކްސިނައިލްކޮލިން ހިމެނޭ އިންޖެކްޝަނެއް ހިމެނޭއިރު، އެ އިންޖެކްޝަންތަކަކީ މީހުން ހޭނައްތަން ބޭނުންކުރާ، އަދި މީހަކު މަރައިލެވިދާނެފަދަ އިންޖެކްޝަނެއްކަން ދައުލަތުން މީގެ ކުރިން ބުނެފައިވެއެވެ. އެގޮތުން މޭރީގެ ހަށިގަނޑުންވެސް އިންޖެކްޝަން ޖަހާފައިވާކަމުގެ ނިޝާން ފެންނަން ހުރިކަމަށް ދައުލަތުގެ ވަކީލު މީގެ ކުރިން ވިދާޅުވިއެވެ.

ދައުލަތުން ވަނީ "ސަކްސިނައިލްކޮލިން" އާއި ދެން ފެނިފައިވާ "ޕްރޮޕޮފޯލް" އެއްކޮށް ދިރިހުރި މީހެއްގެ ގަޔަށް ޖަހައިފިނަމަ ވާނެ ގޮތަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބު ދެމުން ހެކިވެރިޔާ ބުނީ، އެ ދެ އިންޖެކްޝަން އެއްކޮށް ޖަހައިފިނަމަ މީހާ ހޭނެތި، ކުޑަ ވަގުތުކޮޅަކަށް ނޭވާލުން ހުއްޓޭނެކަމަށެވެ.

ތިންވަނައަށް ހާޒިރުކުރީ މި މައްސަލައިގެ ތަހުގީގު އޮފިސަރެކެވެ. އޭނާ ވަނީ މޭރީގެ މަރާ ގުޅޭގޮތުން މާވިން ކިޔާދީފައިވާ ވާހަކަތައް ޝަރީއަތުގައި ހިއްސާކޮށްފައެވެ. އެގޮތުން މޭރީ މަރުވީ އަމިއްލައަށް ދަން ޖެހިގެންކަމަށް މާވިންގެ ފަރާތުން މީގެ ކުރިންވެސް ބުނެފައިވާ ވާހަކަތައް ހެކިވެރިޔާ ވަނީ ކިޔައިދީފައެވެ.

ހެކިވެރިޔާ ބުނީ، މޭރީ މަރުވެފައި އޮތް ތަނުގައި ސިރިންޖެއް ކަނޑާލާފައި އޮތް ޕެކޭޖެއް އޮތްކަމަށާއި، އެއީ އެމްބިއުލާންސުން އައި ޕެރަމެޑިކުން ގެނައި އެއްޗެއްކަމަށް މާވިން ބުނެފައިވާ މކަމަށެވެ.

މި މައްސަލާގައި އަދިވެސް އިތުރު ހެކިންގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވާއިރު، ޖޫން މަހުވެސް އަޑުއެހުންތައް ކުރިއަށް ގެންދަވާނެކަމަށް ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވިއެވެ.

މޭރީ ގްރޭސްއައިޖީއެމްއެޗްކްރިމިނަލް ކޯޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު