Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއާ ލީގު

"އަހަރެން މި ހުރީ ހާލަންޑު ދެކެ ހިތްހަމަނުޖެހިފައި!"

ގާޑިއޯލާ މިފަދައިން ވާހަކަ ދައްކާފައިވަނީ ހާލަންޑު "ބޭން" ކުރުމަށް ގޮވާލައި ބަޔަކު ޕެޓިޝަނެއްގައި ސޮއި ކުރަމުން ދާތީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 އޮކްޓޯބަރު 2022 | އާދީއްތަ 03:59
ގާޑިއޯލާ އަދި ހާލަންޑު

ގާޑިއޯލާ އަދި ހާލަންޑު

ޕްރިމިއާ ލީގުގައި ސައުތުހެމްޓަނާ ދެކޮޅަށް ކުޅުނު މެޗުގައި އާލިން ހާލަންޑު ތިން ލަނޑު ނުޖެހުމުން އޭނާ ދެކެ ހިތްހަމަނުޖެހިފައި ހުރި ކަމަށް ބުނެ ޕެޕް ގާޑިއޯލާ "މަޒާޖީ" ގޮތަކަށް ވާހަކަ ދައްކައިފިއެވެ.

ސިޓީއަށް ބަދަލުވި ފަހުން ހާލަންޑު އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ހާލަންޑުގެ މޮޅު ކަމުގެ ވާހަކަ މީގެ ކުރިން ވެސް ގާޑިއޯލާ އަންނަނީ ތަކުރާރުކޮށް ދައްކަމުންނެވެ.

ޕްރިމިއާ ލީގުގައި ސައުތުހެމްޓަން ބަލިކުރި ފުޓުބޯޅަ މެޗުގައި ވެސް ހާލަންޑު ވަނީ ލަނޑު ޖަހާފައެވެ. މެޗަށްފަހު ހާލަންޑާ ގުޅޭ ގޮތުން ހިނި އައިސްފައި ހުރެ ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ހާލަންޑު ދެކެ ހިތްހަމަނުޖެހިފައި ހުރި ކަމަށެވެ. އެއީ އެ މެޗުގައ ވެސް އޭނާ ތިން ލަނޑު ނުޖެހުމުންނެވެ. ގާޑިއޯލާ މިފަދައިން ވާހަކަ ދައްކާފައިވަނީ ހާލަންޑު "ބޭން" ކުރުމަށް ގޮވާލައި ބަޔަކު ޕެޓިޝަނެއްގައި ސޮއިކުރަމުން ދާތީއެވެ. ގާޑިއޯލާ ބުނީ ހާލަންޑު ތިން ލަނޑު ނުޖެހުމުގެ ސަބަބުން، ޕްރިމިއާ ލީގުން އޭނާ ބޭރުކުރުމަށް ގޮވާލާ ޕެޓިޝަން ކުރިއަށް ނުދާނެ ކަމަށެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ ހާލަންޑާ މެދު މީހުންގެ ހީކުރުންތައް ހުންނަނީ މާ މަތީގައި ކަމަށެވެ. އޭނާ ބުނީ މީހުންނަށް ހީވާ ގޮތުން ކޮންމެ މެޗެއްގައި ތިން ލަނޑު ނުވަތަ ހަތަރު ލަނޑު ޖަހާނެއެވެ. ނަމަވެސް އެ މެޗުގައި ހާލަންޑަށް ޖެހުނީ އެއް ލަނޑުކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، މެޗުން ސިޓީ މޮޅުވުމަށް ހާލަންޑު ބޮޑު އެހީއެއްވެދިން ކަމަށެވެ. އޭނާ ބުނީ ހާލަންޑު އަންނަނީ މޮޅަށް ކުޅެމުން ކަމަށެވެ.

ގާޑިއޯލާގެ މިވާހަކަތައް ޓުވިޓާގައި ދައުރުވަމުން ދަނިކޮށް، ހާލަންޑު ވަނީ އެޔަށް "މަޒާޖީ" ކޮމެންޓެއް ވެސް ކޮށްފައެވެ.

މި ސީޒަންގައި ހާލަންޑު ވަނީ މިހާތަނަށް ސިޓީ އަށް ކުޅެދިން 13 މެޗުން 20 ލަނޑު ޖަހާފައެވެ. އޭގެ ތެރެއިން ޕްރިމިއާ ލީގުގައި ކުޅުނު ނުވަ މެޗުން އޭނާ ވަނީ 15 ލަނޑު ޖަހާފައެވެ. ޕްރިމިއާ ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އޮތީ ވެސް ހާލަންޑެވެ. ހާލަންޑު ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ފަސް ލަނޑު ޖަހާފައެވެ. ޗެމްޕިއަންސް ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި ވެސް އޮތީ އޭނާާއެވެ.

ސިޓީގައި ހާލަންޑު ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ އޭނާ އަށް ތައުރީފު ވެސް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް

21 މާރިޗު 2017
ހުރިހާވެސް ވިސްނުމެއް ހުރީ ރަން މެޑަލް ހޯދުމަށް: ބަޓިސް
19 މާރިޗު 2017

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން
18 މާރިޗު 2017

މޮރީނިއޯ އަށް އަހަރެން ކަމަކު ނުދޭ: ޑިޕޭ

18 މާރިޗު 2017
މޮރީނިއޯ އަށް އަހަރެން ކަމަކު ނުދޭ: ޑިޕޭ
14 މާރިޗު 2017

ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

14 މާރިޗު 2017
ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
02 މާރިޗު 2017

ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން

02 މާރިޗު 2017
ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން
24 ފެބުރުއަރީ 2017

އަހަރެން ޔުނައިޓެޑްގައި މަޑުކުރާނަން: ރޫނީ

24 ފެބުރުއަރީ 2017
އަހަރެން ޔުނައިޓެޑްގައި މަޑުކުރާނަން: ރޫނީ
22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް