Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަލީ އިހުސާނު

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

10 ނޮވެމްބަރު 2026 | އަންގާރަ 07:45

ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އިހުސާންގެ މަސްއޫލިއްޔަތުތަކަށް ސަރުކާރުގެ ތެރެއިން ހުރަސްތަކެއް ކުރިމަތިވަމުންދާކަމުގެ ކަންބޮޑުވުންތަކާއެކު، އެމަނިކުފާނު މިހާރު ހުންނެވީ ހިމޭނުން. ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާ ފަދަ ނިންމުންތަކަށް ޖާގަ ނުދެއްވައި، އަސްކަރީ ތައުލީމާއި ތަޖުރިބާގެ އަލީގައި ގައުމީ މަސްލަހަތު އިސްކުރެއްވުމަށް ގިނަ ބަޔަކު އެމަނިކުފާނަށް ގޮވާލަމުންދޭ

އިބްރާހިމް ރިޒްވާން
އިބްރާހިމް ރިޒްވާން | 10 ނޮވެމްބަރު 2026 | އަންގާރަ 07:45
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން | ރާއްޖެ އެމްވީ

ސަރުކާރުގެ އެންމެ އިސް ސަފުން އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިސް ޓީމުން މީގެކުރިން ވަރަށް ހަރަކާތްތެރިކޮށް ފެނިގެންދިޔަ ސީނިއަރ ވަޒީރު އަލީ އިހުސާނުގެ ފަހަކަށް އައިސް ފެންނަ ހިމޭންކަމާ ގުޅޭގޮތުން ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލު އުފެދިފަ އެވެ. ނަމަވެސް، މި ހަމަހިމޭންކަމުން ގިނަ ބަޔަކަށް ސިފަވަނީ އޭނާއަކީ ހަމައެކަނި ސިޔާސީ ބޭފުޅެއްގެ ބަދަލުގައި، އިޚްލާސްތެރި އަދި ހަގީގީ ޝަޚްސިއްޔަތެއްގެ ގޮތުގަ އެވެ. މިކަމަށް ބާރުދޭ އެތައް ސަބަބުތަކެއް ވެސް އެބަހުއްޓެވެ.

ވަޒީރު އިހުސާނަކީ އަސްކަރީ ޚިދުމަތުގެ ދާއިރާއިން ފުރިހަމަ ތަމްރީނު ލިބިވަޑައިގެން ހުންނެވި، ސިފަވަންތަ ދިވެހި ދަރިއެކެވެ. ސިފައިންގެ ހުވާގެ މަތިވެރި ޒިންމާ އެމަނިކުފާނުގެ ހިތްޕުޅުގައި އަދިވެސް ވަރުގަދައަށް ދެމިއޮތްކަން ޔަގީނެވެ. މިވަގުތު ސަރުކާރުގެ އެންމެ އިސް ސަފުގައި، އަސްކަރީ ޚިދުމަތުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ހުންނެވީވެސް ވަޒީރު އިހްސާނެވެ. އެހެންކަމުން، ޤައުމަށް މިހާރު ކުރިމަތިވެފައިވާ ނާޒުކު އަދި ނުތަނަވަސް ހާލަތާމެދު އެންމެ ފުޅާ ދާއިރާއެއްގައި ފުންކޮށް ވިސްނާވަޑައިގަންނަވާނެ އެއް ބޭފުޅަކީ އެމަނިކުފާނު ކަމާމެދަކު ޝައްކެއް ނެތެވެ. ކަންކަން ނިންމެވުމުގައްޔާއި ފިކުރުކުރެއްވުމުގައި އަބަދުވެސް ވަކި ހައްދެއް ހިފަހައްޓަވާނެ ބޭފުޅަކަށް ވަޒީރު އިހުސާން ވާނެ އެވެ. އެހެންކަމުން، ރައީސް ޑރ. މުއިއްޒު ފަހަނައަޅުއްވައި ވަޑައިގެންފައިވާ ކަމަށް ބެލެވޭ ރަތް ރޮނގާމެދު، އެންމެ ބޮޑު ކަންބޮޑުވުމަކާއި ނުތަނަވަސްކަމެއް އޮންނާނެ އެއް ބޭފުޅަކީ ވެސް ވަޒީރު އިހުސާން ކަމުގައި ވުމީ ވަރަށް ގާތް ކަމެކެވެ.

ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ އެންމެހައި ކަންކަން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ޤާނޫނު ތަންފީޒުކުރުމުގެ ފުރިހަމަ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ ވަޒީރު އިހުސާން އާއެވެ. ނަމަވެސް، ޒިންމާތައް ހަވާލުކުރެއްވި ނަމަވެސް، ކޮންމެ މުއައްސަސާއަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބާރު ފޯރުވޭނެ ފަދަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސަވާފަ އެވެ. ވަޒީރުގެ އިސްނެންގެވުމުގެ ދަށުން ހަގީގީ އަދި ހަރުދަނާ ޕްލޭނެއް އެކުލަވައިލެވުނު ނަމަވެސް، ގޭންގު ކުށްތަކުގެ މައްސަލައިގައި ވަޒީރުގެ ވާހަކަފުޅުތަކަށް ރައީސް މަލާމާތް ރައްދުކުރެއްވި މަންޒަރު އާންމުކޮށް ވަނީ ފެނިގެން ގޮސްފަ އެވެ.

މީގެއިތުރުން، މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކުތަކާއި ފުލުހުންގެ އިންޓެލިޖެންސާއި އަދި ކަސްޓަމްސްގެ ބައެއް އޮފިސަރުންނާ ދެމެދު ގުޅުން އޮންނަކަމުގެ ތުހުމަތުތައް ފެންމަތިވެ، ކަސްޓަމްސްގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް އެންގެވި އެންގެވުންތަކަށް ވީގޮތް ވަޒީރު އިހުސާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. އަދި އެންމެ ފަހުން، މާލޭގެ ޓްރެފިކް ބެލެހެއްޓުމަށްޓަކައި ވަކި އޮފީހެއް އުފައްދަވައި، އެ ތަން މާނިއުއާ ހަވާލުކުރައްވައި، ސީދާ މިނިސްޓަރ ސައީދަށް ރިޕޯޓްކުރާ އިދާރާއެއްގެ ގޮތުގައިވެސް ވަނީ ހަމަޖައްސަވާފަ އެވެ.

ނަތީޖާ ނެރުމުގެ ޤާބިލުކަން ހުރި ވަޒީރަކަށް މިފަދަ އެކި ގޮތްގޮތުން ކުރިމަތިކުރެވުނު ހުރަސްތަކާއި ޕްރެޝަރުގެ ސަބަބުން، މިއަދު އެމަނިކުފާނަށް ވަނީ ހަމަހިމޭންކަން އިޚްތިޔާރުކުރައްވަން މަޖުބޫރުވެފަ އެވެ. މިފަދަ އެތައް ކަމެއް ވަނީ ތަރުތީބުން ހިނގާދިޔަ ތަން ފެނިފަ އެވެ.

ސަރުކާރުގެ އަގުވެއްޓިދާނެ ކޮންމެ ދަނޑިވަޅެއްގައި، ކުރިމަތިވި ކޮންމެ ގޮންޖެހުމަކާ އެންމެ އިސްވެ ކެރިގެން ކުރިމަތިލެއްވީ ވަޒީރު އިހުސާނެވެ. ޚުދު ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅަށް އެންމެ ބޮޑު ހުތުރެއް އެރި ދަނޑިވަޅުގައި ވެސް، އެކަން ދިފާއުކުރައްވަން ނުކުމެވަޑައިގެންނެވީ އިހުސާނެވެ. އެއީ ޢަބްދުއްރަހީމެއް، ފަލާހެއް ނުވަތަ މުއްތަލިބެއް ވެސް ނޫނެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ހިނގަމުންދާ ކަންކަމާމެދު، ޝައްކެއްވެސްނެތް ގޮތުގައި ވަޒީރު އިހުސާންގެ ކަންބޮޑުވުންތަކެއް ހުންނާނެ އެވެ. ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފާނެ ފަދަ އެއްވެސް ނިންމުމަކަށް ވަޒީރު އިހުސާން ތާއީދުނުކުރައްވާނެކަން ޔަޤީނެވެ. ވީމާ، ޤައުމަށް ގެއްލުމާއި ދެރަ ލިބިގެންދާނެ އެއްވެސް ކަމަކަށް ޖާގަ ނުދެއްވުމަށް ވަޒީރުގެ ކިބައިން އިޚްލާސްތެރިކަމާއެކު އެދެމެވެ. ވެރިކަމުގެ ދައުރު ނިމިގެން ދިޔަކަމުގައި ވިޔަސް ގައުމު ދެމިއޮންނާނެ އެވެ. އަދި ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ދުވަހު ޤައުމަށްޓަކައި ކުރެއްވި މަތިވެރި ހުވާގެ މަތީގައި ވަޒީރު ސާބިތުވެ ދެމިހުންނަވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންރަސްމާލެމުއިއްޒުގެ ސަރުކާރު

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އެއް މާއްދާއެއްގެ ދަށުން ތަފާތު ދެ އަދަބެއް ދިނުމަކީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟

3

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

4

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

22 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލަރ ވެރިކަމެއް: ކުރީގެ އުއްތަމަފަނޑިޔާރު

22 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލަރ ވެރިކަމެއް: ކުރީގެ އުއްތަމަފަނޑިޔާރު
19 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއު: އިތުރު ބޮޑު ކަމަކަށް ދިއުމުގެ ކުރިން ރައީސް މުއިއްޒުއާ ބައްދަލުކުރަން އެދެނީ!

19 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއު: އިތުރު ބޮޑު ކަމަކަށް ދިއުމުގެ ކުރިން ރައީސް މުއިއްޒުއާ ބައްދަލުކުރަން އެދެނީ!
18 އޮކްޓޯބަރު 2026

ނިޒާމުތައް ބޮއްސުންލާ އެންމެ އާދައިގެ ދިރިއުޅުމަށްވެސް ދިވެހިން ސަލާން ޖަހަނީ!

18 އޮކްޓޯބަރު 2026
ނިޒާމުތައް ބޮއްސުންލާ އެންމެ އާދައިގެ ދިރިއުޅުމަށްވެސް ދިވެހިން ސަލާން ޖަހަނީ!
11 ސެޕްޓެމްބަރު 2026

މި ސަރުކާރުގެ ތެރޭގައި ދޮގުހެދުން ބޮޑު ބަލިމަޑުކަމަކަށް!

11 ސެޕްޓެމްބަރު 2026
މި ސަރުކާރުގެ ތެރޭގައި ދޮގުހެދުން ބޮޑު ބަލިމަޑުކަމަކަށް!
10 ސެޕްޓެމްބަރު 2026

ރައްޔިތުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބައިގެން ދައުރެއް ނިންމާލަނީ؛ މިއީ ކިހިނެއް ހިސާބު ޖަހާ ސަރުކާރެއް؟

10 ސެޕްޓެމްބަރު 2026
ރައްޔިތުން ޚިޔާލީ ދުނިޔެއެއްގައި ބައިތިއްބައިގެން ދައުރެއް ނިންމާލަނީ؛ މިއީ ކިހިނެއް ހިސާބު ޖަހާ ސަރުކާރެއް؟
10 ސެޕްޓެމްބަރު 2026

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ފަޔާޒުގެ މަގާމު ސީނިއަރ މިނިސްޓަރުގެ ފެންވަރަށް މަތިކޮށްފި

10 ސެޕްޓެމްބަރު 2026
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ފަޔާޒުގެ މަގާމު ސީނިއަރ މިނިސްޓަރުގެ ފެންވަރަށް މަތިކޮށްފި
02 ސެޕްޓެމްބަރު 2026

ބައެއް ފަހަރު ހީވަނީ މިއީ އަލަށް އުފަންވި ގައުމެއްހެން!

02 ސެޕްޓެމްބަރު 2026
ބައެއް ފަހަރު ހީވަނީ މިއީ އަލަށް އުފަންވި ގައުމެއްހެން!
31 އޯގަސްޓު 2026

ބްރިޖުގައި ހިންގަވައި، ފޮޓޯ ނެންގެވިޔަސް، މަޝްރޫއުގެ ކްރެޑިޓެއް ނުނެންގެވޭނެ!

31 އޯގަސްޓު 2026
ބްރިޖުގައި ހިންގަވައި، ފޮޓޯ ނެންގެވިޔަސް، މަޝްރޫއުގެ ކްރެޑިޓެއް ނުނެންގެވޭނެ!
30 ޖުލައި 2026

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

30 ޖުލައި 2026
މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު
21 ޖުލައި 2026

ޕީސީބީގެ ނިވަލުގައި އޮވެ، އެމްޑީޕީގެ އާންމު މެންބަރުން ވަޒީފާތަކުން ވަކިކުރަނީ ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ބަހަން: ޝާހިދު

21 ޖުލައި 2026
ޕީސީބީގެ ނިވަލުގައި އޮވެ، އެމްޑީޕީގެ އާންމު މެންބަރުން ވަޒީފާތަކުން ވަކިކުރަނީ ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ބަހަން: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް