Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓީސީ ސްޕޯޓްސް ކްލަބު

ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން

ޓީސީ ތަށި ހޯދައިފި ނަމަ ރާއްޖޭގެ ފުޓުބޯޅަ ފޯރިގަދަވާނެ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 2 މާރިޗު 2017 | ބުރާސްފަތި 19:25
ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން

ޓީސީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންނާއި އޮފިޝަލުން

މި ދުވަސްވަރު އެންމެ ގަދައަށް އިވެމުންދާ އަޑަކީ އަދި މީޑިއާތަކުން އެންމެ ބާރަށް ދައުރުވާ ކުޅިވަރު ހަބަރަކީ ބަންގްލަދޭޝްގައި ކުރިއަށްދާ ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބު ހޯދަމުންދާ ކާމިޔާބީގެ ވާހަކަ އެވެ.

މީގެ ދެ އަހަރު ކުރިން ފުރަތަމަ ޑިވިޝަނަށް މުޅިން އަލަށް ކޮލިފައިވި ޓީސީގެ ޅަފަތުގައި ބޭރު މުބާރާތެއްގައި ވާދަކޮށް އެކި ގައުމުތަކުގެ ޗެމްޕިއަން ކްލަބުތައް ފަހަށް ޖައްސާލައި މުބާރާތުގެ ފައިނަލްގެ ޖާގައެއް ހޯދި ހަބަރެވެ.

މިއީ ދިވެހި ކްލަބެއް މިފަދަ ގޮތަކަށް ބޭރު މުބާރާތެއްގައި ވާދަކޮށް ބޮޑު މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ޓީސީގެ ކާމިޔާބީ އާއި ޓީސީގެ ފެންވަރާ ބެހޭ ގޮތުން ދިވެހި މީޑިއާގައި އަޑު ގުގުމާފައިވާ އިރު، ބޭރުގެ ނޫސްތަކުން ވެސް ދަނީ މިވާހަކަތައް ދައްކަމުންނެވެ.

ރާއްޖޭގެ ކާމިޔާބު ކޯޗުންނާއި ކްލަބުތަކުން އަދި ކުޅުންތެރިން ވެސް ދަނީ ޓީސީގެ ކާމިޔާބާ ބެހޭ ގޮތުން ވާހަކަ ދައްކައި އެ ކްލަބަށް ހިތްވަރު ދެމުންނެވެ. އަދި ބައެއް ކްލަބުތަކަށް ކުޅެމުން އަންނަ ކުޅުންތެރިން ދަނީ އެ ކުޅުންތެރިންގެ ފޭސްބުކް ޕްރޮފައިލް ފޮޓޯއަކަށް ޓީސީ ސްޕޯޓްސް ކްލަބުގެ ލޯގޯ ބޭނުން ކުރަމުންނެވެ.

އެގޮތުން މިދިޔަ ސީޒަންގައި ޓީސީ އަށް ކުޅުނު އަދި މި ސީޒަންގައި ނިއު ރޭޑިއަންޓަށް ކުޅުމަށް ނިންމާފައިވާ ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އަދި ގްރީން ސްޓްރީޓުގެ ކެޕްޓަން ފަރުހާދު އިސްމާއިލް (ފަރޭ) ފަދަ ކުޅުންތެރިން ހިމެނެ އެވެ.

ޓީސީގެ ކާމިޔާބީއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކޯޗު އަލީ ސުޒޭން ބުނެފައި ވަނީ ބޭރުގެ މުބާރާތަކުން ޓީސީ ހޯދަމުން އަންނަނީ ދިވެހިން އަދި މުޅި ގައުމުވެސް ފަހުރުވެރިވާ ފަދަ މޮޅު ކުޅުމެއް ދައްކަމުން ކަމަށާއި އެހެން ކަމުން އޭނާގެ ހިތުގެ އެންމެ އަޑިން އެ ކްލަބަށް މި މުބާރާތުން ކާމިޔާބީއަށް އެދޭ ކަމަށެވެ.

ސުޒޭން އިތުރަށް ބުނެފައި ވަނީ މިވަގުތު ދިވެހި ފުޓުބޯޅައިގައި ޓީސީގެ ވާހަކަ ވަރަށް ބޮޑަށް ދެކެވެމުން އަންނަ ކަމަށާއި އޭގެ މާނައަކީ އެ ކްލަބުން މި މުބާރާތް ކާމިޔާބުކޮށްފި ކަމަށްވާނަމަ އެއީ ރާއްޖޭގެ ފުޓުބޯޅައިގެ ބެލުންތެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުފަލަކަށް ވާނެ ކަމަށެވެ.

ސުޒޭން ބުނި ގޮތުގައި ޓީސީން މި ކާމިޔާބީ ހޯދައިފި ނަމަ އެކަން ވެގެންދާނީ މާލޭގައި ކުޅޭ މުބާރާތްތައް ބެލުމަށް ދަނޑަށް ވަންނަ ސަޕޯޓަރުން އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.

ސުޒޭންގެ ބަހަށް ބާރު ލިބިދޭފަދަ ގޮތަކަށް ވާހަކަ ދައްކަމުން ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އަހުމަދު އާތިފް (އާތީ) ބުނެފައި ވަނީ އޭނާއަކީ ފެށުނީއްސުރެ ފުޓުބޯޅަ ކުޅެ ފުޓުބޯޅައިގެ ތެރޭގައި ހަރަކާތްތެރިވަމުން އަންނަ ފަރާތެއް ކަމަށާއި އެހެން ކަމުން ކްލަބު ލެވެލް، ގައުމީ ލެވެލް އަދި ސްކޫލް ލެވެލްގައި ނަމަވެސް ކޮންމެ ޓީމެއް ކާމިޔާބީ ހޯދި ނަމަވެސް އެ ކްލަބަކަށް މަރުހަބާ ކިޔާނެ ކަމަށެވެ.

އާތިފް ބުނީ ޓީސީއަކީ މޮޅު ޓީމެއް ކަމަށާއި އެހެން ކަމުން އުންމީދު ކުރަނީ ފައިނަލްގައި އިދިކޮޅު ޓީމުގެ މައްޗަށް ކުރި ހޯދައި ޗެމްޕިއަން ކަމާއެކު ޓީސީ އެނބުރި ގައުމަށް އަންނާނެ ކަމަށެވެ.

އޭނާ ބުނީ ޓީސީ ފައިނަލް މެޗު ކުޅޭ ދުވަހު އެޓީމަށް ސަޕޯޓް ކުރާނެ ކަމަށާއި އެއީ އަދި ކޮންމެ ކްލަބެއް ނަމަވެސް ފުޓުބޯޅައިގެ ކޮންމެ ކަމެއްގައި ޔޫވީން ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށެވެ.

ޓީސީ މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވާ އިރު، އެ ކްލަބުގެ ސަޕޯޓަރުން އަންނަނީ ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ. އެގޮތުން ރާއްޖެޓީވީން މެޗު ލައިވްކޮށް ދައްކާއިރު ވީހާވެސް ގިނަ ބެލުންތެރިންނާއެކު އެއްތަނެއްގައި ތިބެ މެޗު ބެލުމަށް އަންނަނީ އިންތިޒާމްތައް ހަމަޖެއްސޭތޯ މަސައްކަތްތަކެއް ކުރަމުންނެވެ.

ފާއިތުވި ސީޒަންގެ މޮޅު ކޯޗުގެ މަގާމު ހޯދި މުހައްމަދު ނިޒާމްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޓީސީ ސްޕޯޓްސް ކްލަބުން ހޯދާ ކާމިޔާބީ ފާހަގަކޮށް ކްލަބު އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނެފައި ވަނީ އެ ކްލަބުން ހޯދަމުން އަންނަ ކާމިޔާބީއަށް މަރުހަބާ ކިޔާ ކަމަށެވެ.

ސާންތި ބުނީ ދިވެހި ފުޓުބޯޅަ އަޑި އަޅާލައިގެން އުޅެނީ ދިގު ޒަމާންތަކެއް ވަންދެން ތައްޓެއްގައި އަތްލާނެ ފުރުސަތެއް ގައުމީ ޓީމަށް ނުވަތަ ކްލަބަކަށް ވެސް ލިބިފައި ނުވުމުން ކަމަށާއި އެހެން ކަމުން ކްލަބު ލެވެލްގައި ނަމަވެސް ގައުމަށް ތައްޓެއް ގެނެވިއްޖެ ނަމަ އެއީ ފުޓުބޯޅައަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ ޓީސީން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި ނަމަ އެކަން ވެގެންދާނީ ރާއްޖޭގެ ފުޓުބޯޅަ އޮތް ހިސާބު އެހެން ގައުމުތަކަށް ދައްކާލަން ލިބިގެންދާނެ ރަނުގެ ފުރުސަތަކަށް ކަމަށެވެ.

ސާންތި ވަނީ ޓީސީން ހޯދަމުންދާ ކާމިޔާބީ ފަހަގަކޮށް އެ ކްލަބުގެ ކޯޗު ނިޒާމް އާއި ކުޅުންތެރިންނަށް އީގަލްސް އާއި އޭނާގެ އަމިއްލަ ނަމުގައި މަރުހަބާ ކިޔައި ކުރިއަށް އޮތް ފައިނަލުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ބުރަކޮށް މަސައްކަތް ކުރުމަށް ކުޅުންތެރިންނަށް ގޮވާލާފަ އެވެ.

ޓީސީ އާއި ކޮރެއާގެ ޕޮޗެއޮން ސިޓިޒަން ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު ހަވީރު ރާއްޖެ ގަޑިން 5:30 ގަ އެވެ. މި ދެޓީމު ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބައްދަލުކޮށް 1-1 އިން އެއްވަރުވެފަ އެވެ.

ހުކުރު ދުވަހު ހަވީރު ބަންގްލަދޭޝްގައި ޓީސީ ކުޅޭ މެޗް ރާއްޖެޓީވީން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

26 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު