Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ކޮންގްރެސް

އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ފަށައިފި

ކޮންގްރެސްގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރީ 1708 މީހުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 އޯގަސްޓު 2022 | ހުކުރު 16:46
އެމްޑީޕީގެ ކޮންގްރެސް

އެމްޑީޕީގެ ކޮންގްރެސް

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހަތަރު ވަނަ ކޮންގްރެސް ފަށައިފިއެވެ.

އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ބާއްވަނީ ސޯޝަލް ސެންޓަރުގައެވެ. އެމްޑީޕީ އިން ބުނީ  ކޮންގްރެސްގައި ބައިވެރިވުމުގެ ހައްޤު 1365 މީހުންނަށް ލިބިގެންވާ ކަމަށެވެ. އޭގެ ތެރެއިން ކޮންގްރެސްގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރީ 1708 މީހުންނެވެ. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސްގައި ބައިވެރިވުމަށް 200 އަށް ވުރެ ގިނަ މީހުން ވަނީ އެހެން ރަށްރަށުން މާލެ އައިސްފައެވެ.

މިއީ މިހާތަނަށް އިންތިޚާބުވެފައިވާ އެންމެ ގިނަ ފަރާތްތައް ބައިވެރިވާނެ އެމްޑީޕީގެ ކޮންގްރެސް ކަމަށް ވާއިރު، އެޕާޓީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި ގޮފިތަކުގެ ރައީސުންނާއި ޕާޓީގެ ކައުންސިލަރުންނާއި ދާއިރާތަކުގެ ރައީސުންނާއި މޭޔަރުން މީގެ ތެރޭގައި ހިމެނެއެވެ.

އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގައި މައިގަނޑު ތިން ކަމެއް ނިންމަން ވަނީ ތާވަލު ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެ ޕާޓީގެ ގަވާއިދަށް ގެންނަ ބަދަލުތައް ފާސްކުރުމާއި ޤާނޫނު އަސާސީއަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމާއި ވެރިކަމުގެ ނިޒާމަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ ގޮތުން ކޮންގްރެސްއަށް ހުށަހަޅާ އެކަމާ މެދު މަޝްވަރާ ކުރުމެވެ. ވެރިކަމުގެ ނިޒާމަށް ގެންނަ ބަދަލާ ގުޅޭ ބަހުސްއަކީ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވާ ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ.

މި ކޮންގްރެސްގައި އެމްޑީޕީގެ މެމްބަރުންނާއި ސަރުކާރުގެ މުއައްސަސާތަކާ ބައްދަލުކޮށް، ރަށްތަކުގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކާއި ކުރިއަށް ހުރި އިންތިޚާބުތައް ކާމިޔާބު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއީ މިފަދަ ފުރުސަތެއް ލިބޭ ފުރަތަމަ ކޮންގްރެސްކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފުރަތަމަ އެމްޑީޕީގެ ކޮންގްރެސްއެއް ބާއްވާފައި ވަނީ 2005 ވަނަ އަހަރެވެ.

އެމް.ޑީ.ޕީ ކޮންގްރެސްއެމްޑީޕީ ކޮންގްރެސް 2022

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2022

އެމްޑީޕީގެ އަސާސީ ގަވާއިދު އެކުލަވާލައި އާންމުކޮށްފި

20 ސެޕްޓެމްބަރު 2022
އެމްޑީޕީގެ އަސާސީ ގަވާއިދު އެކުލަވާލައި އާންމުކޮށްފި
21 އޯގަސްޓު 2022

ކޮންގްރެސްގެ ނިންމުމާއި ޚިލާފުވެއްޖެނަމަ ނަޝީދު ޕާޓީ އިން ވަކި ކުރަން ޖެހޭނެ: މޫސަ

21 އޯގަސްޓު 2022
ކޮންގްރެސްގެ ނިންމުމާއި ޚިލާފުވެއްޖެނަމަ ނަޝީދު ޕާޓީ އިން ވަކި ކުރަން ޖެހޭނެ: މޫސަ
20 އޯގަސްޓު 2022

ކޮންގްރެސްގެ ސައްހަ ކަމާއި މެދު ސުވާލު އުފެދޭ ޝަކުވާ އެއް ހުށައަޅާފަ އެއް ނެތް: އެމްޑީޕީ

20 އޯގަސްޓު 2022
ކޮންގްރެސްގެ ސައްހަ ކަމާއި މެދު ސުވާލު އުފެދޭ ޝަކުވާ އެއް ހުށައަޅާފަ އެއް ނެތް: އެމްޑީޕީ
20 އޯގަސްޓު 2022

ކޮންގްރެސްގައި ބައިވެރިވި ފެނަކައިގެ މުވައްޒަފުންނަށް ނުފޫޒު ފޯރުވާކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

20 އޯގަސްޓު 2022
ކޮންގްރެސްގައި ބައިވެރިވި ފެނަކައިގެ މުވައްޒަފުންނަށް ނުފޫޒު ފޯރުވާކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
20 އޯގަސްޓު 2022

ވަޒީފާ އުފެއްދުމާ ގުޅޭގޮތުން ޔާމީނު ދެއްކެވި ވާހަކަފުޅު މަޚުލޫފު ދޮގުކުރައްވައިފި

20 އޯގަސްޓު 2022
ވަޒީފާ އުފެއްދުމާ ގުޅޭގޮތުން ޔާމީނު ދެއްކެވި ވާހަކަފުޅު މަޚުލޫފު ދޮގުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު