Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ކޮންގްރެސް 2022

ނިޒާމާ ގުޅޭ މަޝްވަރާ ކުރަން ފުރިހަމަ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން އަރުވަން: ފައްޔާޒު

މިނިވަންކަމާއެކު ބަހުސްކުރުމުގެ ފުރުސަތު އެމްޑީޕީން ލިބޭނެ ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 19 އޯގަސްޓު 2022 | ހުކުރު 18:34
އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގައި އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވާހަކަދައްކަވަނީ

އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގައި އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވާހަކަދައްކަވަނީ

ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން އެމްޑީޕީގެ ކޮންގްރެސްގައި މަޝްވަރާ ކުރުމަށް ފުރިހަމަ ފުރުސަތު ލިބިގެންދާނެ ކަމުގެ ޔަގީންކަން އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ދެއްވައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ފެށި އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ މި ޤައުމުގައި ބަސްބުނުމުގެ މިނިވަންކަން ހޯދައިދިން ޕާޓީ ކަމަށާއި ޚިޔާލު ތަފާތުވި ނަމަވެސް އެ ޕާޓީން އަބަދުވެސް ކަންކަން ރަނގަޅު ކުރުމަށް ވަކާލާތުކުރާނެ ކަމަށެވެ. އަދި އެމްޑީޕީއަކީ އެތެރޭގެ ކަންކަން ގޯސްކޮށް ހުރި ނަަމަވެސް އެކަންކަމާ ގޫޅޭގޮތުން މިނިވަންކަމާއެކު މަޝްވަރާ ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ވެރިކަމުގެ ނިޒާމުގެ ވާހަކަތަކަކީ ވެސް އަބަދުވެސް ދެއްކޭނެ ވާހަކަތައް ކަމަށާއި ދެކޮޅަށްވެސް ވާހަކަދައްކާނެ މީހުން ތިބޭނެ ކަމަށެވެ. މިފަދަ ކަންކަމުގައި ޚިޔާލު ތަފާތުވިނަމަވެސް ވާހަކަތައް ދެކެވި، އެކަމާ ގުޅޭ މަޝްވަރާތައް ފުރިހަމަ މިނިވަންކަމާއެކު ދެއްކުމުގެ ފުރުސަތު އެމްޑީޕީ އިން ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ އެންމެ ބޮޑު ކާމިޔާބީއަކީ ސިޔާސަތުތަކާއި މީހުންގެ ފިކުރަށް ގެނައި ބަދަލުތައް ކަމަށާއި ޤައުމު ތަރަައްގީ ކުރެވޭނީ މިނިވަން ކަމާއެކު ފިކުރު ކުރުމުގެ ފުރުސަތު ލިބިގެން ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީ އިން ރާއްޖޭގައި މިނިވަންކަމާއެކު ޚިޔާލުފާޅު ކުރުމުގެ ފުރުސަތު ފަހިކޮށްދިންނަމަވެސް އަދުލުވެރި، އިންސާފުވެރި، ހުރިހާ ރައްޔިތުންނަށް ފުރުސަތުތައް ފަހިވެފައިވާ ޤައުމަކަށް ހެދުމަށް ކުރަން ޖެހޭ މަސައްކަތްތައް އެބަހުރި ކަމަށެވެ. އެ މަސައްކަތް އެމްޑީޕީ އިން އަބަދުވެސް އެކި ޚިޔާލުތަކާއި ފިކުރުތަކާއެކު ކުރަމުންގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދު އެމްޑީޕީގެ ވެރިކަމެއްގައި މިނިވަންކަމާއި އަދުލުވެރިކަމާއެކު ކަންކަން ކުރި ނަމަވެސް ރާއްޖޭގައި އެކަންކަން ހަރުލާފައި ނެތްކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ އެކަން ރަނގަޅު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަން ދެބަސްވުންތަކުގެ ތެރެއިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. މިކަން ހަނދާން ނައްތާލައިފިނަމަ މުޅި ޤައުމަށް ވެސް ނިކަމެތިކަން ލިބޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީ ބޭނުންވާ ގޮތަށް ޤައުމުގައި އިންސާފުވެރިކަމާއި އަދުލުވެރިކަން ޤާއިމްކުރަން ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުވެސް ކާމިޔާބު ކުރަން ޖެހޭ ކަމަށާއި އެކަން ކުރަން ޗެއަރޕާސަންގެ ހައިސިއްޔަތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީ ކޮންގްރެސް 2022މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)އެމް.ޑީ.ޕީ ކޮންގްރެސްއެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލް

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
12 އޮކްޓޯބަރު 2025

"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"

12 އޮކްޓޯބަރު 2025
"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"
07 އޮކްޓޯބަރު 2025

އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި

07 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު