Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ކޮންގްރެސް

ސްކޫލުތަކުގެ އުމްރާނީ ތަރައްގީއަށް މިހާތަނަށް އެންމެ ބޮޑު ޚަރަދެއް ކުރީ މި ސަރުކާރުން: އެޑިއުކޭޝަން މިނިސްޓަރ

20 އޯގަސްޓު 2022 | ހޮނިހިރު 05:51

އެންމެ ގިނަ ޕްރޮޖެކްޓް ސްކޫލްތަކުގައި ހިންގި ސަރުކާރަކަށް މި ސަރުކާރު ވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 އޯގަސްޓު 2022 | ހޮނިހިރު 05:51
އެމްޑީޕީ ކޮންގްރެސް 2022

އެމްޑީޕީ ކޮންގްރެސް 2022

ސްކޫލުތަކުގެ އުމްރާނީ ތަރައްގީއަށް މިހާތަނަށް އެންމެ ބޮޑު ޚަރަދެއް ކުރީ މި ސަރުކާރުން ކަމަށް، އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މުއައްސަސާތަކުން ކޮންގްރެސްއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، އެންމެ ގިނަ ޕްރޮޖެކްޓް ސްކޫލްތަކުގައި ހިންގި ސަރުކާރަކަށް މި ސަރުކާރު ވާނެކަމަށެވެ. އެގޮތުން އެއް ދަންފަޅިއަށް ކިޔަވައިދިނުމުގެގޮތުން 216 މަޝްރޫއު ބަޖެޓްކޮށް، 46 މަޝްރޫއު ނިމި ބޭނުން ކުރަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. 89 މަޝްރޫއު ކުރިއަށްދާއިރު، 11 މަޝްރޫއު އެވޯޑްކުރެވިފައިވާކަމަށާއި، މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށް ވިދާޅުވިއެވެ .

މި ސަރުކާރުން މިހާތަނަށް 1288 ކްލާސްރޫމާއި 81 މަލްޓިޕަރސަސް ހޯލާއި 338 އެހެނިހެން އިމާރާތްތައް ގާއިމުކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

2014 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަސައްކަތް ފުރިހަމަކުރެވުނީ 135 ކްލާސްރޫމުގައި ކަމަށާއި އެޅުނީ 15 މަލްޓިޕަރސަސް ހޯލް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެހެނިހެން 64 މަޝްރޫއެއް ހިންގި ކަމަށްވެސް ވިދާޅުވިއެވެ.

ކުރީ ސަރުކާރާ އަޅައިބަލާއިރު، މަޝްރޫއުތަކުގެ އަދަދަށް ބެލިނަމަވެސް މި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތައް އެނިގެންދާނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ޔާމީން ސަރުކާރުން 941.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި ސަރުކާރުން ޚަރަދުކޮށްފައިވަނީ 1316.9 މިލިއަން ރުފިޔާ ކަމަށްވެސް ޑރ. އާއިޝަތު އަލީ ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅަކުން އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތު ފަހިވެފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ފަންނުވެށި ޕްރޮގްރާމް މިހާރު ފެށިފައިވާކަމަށާއި، އެ ޕްރޮގްރާމުގައި އެކި ހުނަރުތައް ދަސްކޮށްދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތައުލީމުގެ ގާނޫނު ވުޖޫދުކުރެވުން އެއީ ލިބުނު ކާމިޔާބީއެއް ކަމަށް މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ.

ގައުމީ މަންހަޖު އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މުގައްރަރުތަކާއި ފޮތްތައް އިސްލާހުކުރަން ފެށިފައިވާކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީ ކޮންގްރެސް 2022ޑރ. އާއިޝަތު އަލީއެޑިއުކޭޝަން މިނިސްޓްރީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2025
މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި
07 ޑިސެމްބަރު 2025

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް
07 ޑިސެމްބަރު 2025

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި
04 ޑިސެމްބަރު 2025

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި
02 ޑިސެމްބަރު 2025

ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން

02 ޑިސެމްބަރު 2025
ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން
28 ނޮވެމްބަރު 2025

ސަރުކާރު ސްކޫލު ތަކުގެ ޔުނިފޯމުގެ ކުލަތައް 4 ކުލައަކަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ކަން ހާމަވެއްޖެ

28 ނޮވެމްބަރު 2025
ސަރުކާރު ސްކޫލު ތަކުގެ ޔުނިފޯމުގެ ކުލަތައް 4 ކުލައަކަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ކަން ހާމަވެއްޖެ
28 އޮކްޓޯބަރު 2025

ވައުޗަރު ނުލިބޭ މައްސަލައިގައި ސުވާލު ކުރަން ގުޅުމުން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ކޯފާ ވެއްޖެ

28 އޮކްޓޯބަރު 2025
ވައުޗަރު ނުލިބޭ މައްސަލައިގައި ސުވާލު ކުރަން ގުޅުމުން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ކޯފާ ވެއްޖެ
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
29 ސެޕްޓެމްބަރު 2025

ވައުދުވި ގޮތަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށް ނުނިމުނު

29 ސެޕްޓެމްބަރު 2025
ވައުދުވި ގޮތަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށް ނުނިމުނު
18 އޯގަސްޓު 2025

ސަރުކާރުގެ އިހުމާލުން ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު ވީރާނާ ވަނީ

18 އޯގަސްޓު 2025
ސަރުކާރުގެ އިހުމާލުން ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު ވީރާނާ ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް