Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ކޮންގްރެސް

މާލެ ސަރަހައްދުން ކުނި ވަކިކޮށްގެން ނެރެނީ 30 އިންސައްތަ ގޭބިސީން: މިނިސްޓަރ ޝައުނާ

20 އޯގަސްޓު 2022 | ހޮނިހިރު 07:10

ރަށްތަކުން ކުނި ވަކިކޮށްގެން ނެރޭ ނިސްބަތަށް ބަލާއިރު ރަނގަޅު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 އޯގަސްޓު 2022 | ހޮނިހިރު 07:10
އެމްޑީޕީ ކޮންގްރެސް 2022

އެމްޑީޕީ ކޮންގްރެސް 2022

މާލެސަރަހައްދުން ކުނި ވަކިކޮށްގެން ނެރެނީ 30 އިންސައްތަ ގޭބީސީން ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މުއައްސަސާތަކުން ކޮންގްރެސްއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ރަށްތަކުން ކުނި ވަކިކޮށްގެން ނެރޭ ނިސްބަތަށް ބަލާއިރު ރަނގަޅު ކަމަށެވެ. ކުނި ވަކިކޮށްގެން ނެރޭ ނިސްބަތަށްބަލާއިރު ބޭނުންވާ އަމާޒަށް އަދި ވާސިލް ނުވިނަމަވެސް ރަނގަޅު ނަތީޖާއެއް ފެނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.  

ގްރީން ޓެކްސްއިން ލިބޭ އާމްދަނީން ބައެއް، ކުނި މޭންޖް ކުރުމަށް ކައުންސިލްތަކާ ހަވާލުކުރުމަށް ނިންމާފައިވާކަމަށްވެސް ވިދާޅުވިއެވެ.

މާފުށީ ކުނިގޮނޑު ސާފުކުރުމުގެ މަސައްކަތް ވެމްކޯއިން މިދިޔަ ހަފުތާގައި ފަށާފައިވާ ކަމަށާއި، މި މަސައްކަތް އިތުރު ސަރަހައްދުތަކުގައި ވެސް ކުރިއަށްދާ ކަމަށް ޝައުނާ ފާހަގަކުރެއްވިއެވެ.

މުޅު ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައްކަން ފާހަގަކުރައްވައި ޝައުނާ ވިދާޅުވީ، ކުރިއަތް އޮތް 10 އަހަރު ގެއްލުންތައް އިތުރުވާނެކަމަށް އެކި ފޯރަމްތަކުގައި ވާހަކަދައްކާ ސައިންސްވެރިން ލަފާކުރާ ކަމަށެވެ.

އިންތިޚާބާ މޫސުމާ ގުޅުމެއްނެތޭ ބައެއް މީހުން ބުންޏަސް، އެއީ ދޮގެއް ކަމަށް ޝައުނާ ވިދާޅުވިއެވެ. އިންތިޚާބުތަކަށް ކެމްޕޭންކުރާއިރު އެންމެ ބޮޑަށް އިވޭ ވާހަކައަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ (އުދަ އެރުމާއި ރަށްގިރުމާއި ފެންބޮޑުވުމުގެ ވާހަކަތައް) ކަމަށް ޝައުނާ ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކަށް މީހުން ހޭނުމަށް މަސައްކަތްތައްކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިހާތަނަށް 79 ސަރަހައްދެއް ހިމާޔަތްކޮށްފައިވާއިރު 55 އިންސައްތަ ސަރަހައްދަކީ އެމްޑީޕީގެ ވެރިކަމުގައި ހިމާޔަތްކުރެވިފައިވާ ތަންތަން ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ .

ޝައުނާ އިތުރަށް ވިދާޅުވީ، ރިޔާސީ ދައުރުނިމޭއިރު 51 މެގަވޯޓްގެ ސޯލާ ކެޕޭސިޓީ އިންސްޓޯލް ކުރެވޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި 41.8 މެގަވޯޓްގެ ސޯލާ ޕީވީގެ ޓެންޑަރިންނަށް ތައްޔާރުވަމުންދާ ކަމަށެވެ.

މުޅި ރާއްޖޭގެ 120 ސޯލާ ޕީވީ އިންސްޓޯލް ކުރެވޭނެ ކަމަށް ވަނީ ލަފާ ކުރައްވާފައެވެ.

އެމްޑީޕީ ކޮންގްރެސް 2022މިނިސްޓަރ އައިމިނަތު ޝައުނާ

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2023

ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް، އެފަރުގެ ވަކި ސަރަހައްދެއްގައި މުރަކަ ނާސަރީއެއް ހައްދައިފި

05 ނޮވެމްބަރު 2023
ރަސްފަރި ފަރު އަލުން އިޔާދަކުރުމަށް، އެފަރުގެ ވަކި ސަރަހައްދެއްގައި މުރަކަ ނާސަރީއެއް ހައްދައިފި
30 އޯގަސްޓު 2023

މޫސުމީ ބަދަލުތައް ދެނެގަނެ، ހައްލު ހޯދުމަށް އައު އީޖާދީ ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭ: މިނިސްޓަރު ޝައުނާ

30 އޯގަސްޓު 2023
މޫސުމީ ބަދަލުތައް ދެނެގަނެ، ހައްލު ހޯދުމަށް އައު އީޖާދީ ޓެކްނޮލޮޖީ ބޭނުންކުރަންޖެހޭ: މިނިސްޓަރު ޝައުނާ
30 އޯގަސްޓު 2023

ދަ މޯލްޑިވްސް އޯޝަން ހެކަތޮންގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް ފަށައިފި

30 އޯގަސްޓު 2023
ދަ މޯލްޑިވްސް އޯޝަން ހެކަތޮންގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތް ފަށައިފި
09 މެއި 2023

މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް އޮތް ނުރައްކަލެއް - ޝައުނާ

09 މެއި 2023
މޫސުމަށް އަންނަ ބަދަލުތަކަކީ ތިމާވެއްޓާއި އިގްތިސާދީ ސަލާމަތަށް އޮތް ނުރައްކަލެއް - ޝައުނާ
05 އެޕްރީލު 2023

މާލޭގައި ގާއިމް ކުރާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއެކު މާލޭގެ ކުނި މެނޭޖްކުރުމަށް އިންގިލާބީ ބަދަލެއް އަންނާނެ: މިނިސްޓަރ

05 އެޕްރީލު 2023
މާލޭގައި ގާއިމް ކުރާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާއެކު މާލޭގެ ކުނި މެނޭޖްކުރުމަށް އިންގިލާބީ ބަދަލެއް އަންނާނެ: މިނިސްޓަރ
23 ފެބުރުއަރީ 2023

ކުންޏަކީ މެނޭޖުކުރަންޖެހޭ ނަފާލިބޭނެ މަސައްކަތެއްކަން މިއަދު ދިވެހިން ގަބޫލުކުރޭ: މިނިސްޓަރު ޝައުނާ

23 ފެބުރުއަރީ 2023
ކުންޏަކީ މެނޭޖުކުރަންޖެހޭ ނަފާލިބޭނެ މަސައްކަތެއްކަން މިއަދު ދިވެހިން ގަބޫލުކުރޭ: މިނިސްޓަރު ޝައުނާ
12 ޖެނުއަރީ 2023

ގޭބިސީތަކުން މަގަށް ކުނި ނެރުން: މާލޭގެ އާއްމު ހާލަތު މިނިސްޓަރ ޝައުނާ ބައްލަވާލައްވައިފި

12 ޖެނުއަރީ 2023
ގޭބިސީތަކުން މަގަށް ކުނި ނެރުން: މާލޭގެ އާއްމު ހާލަތު މިނިސްޓަރ ޝައުނާ ބައްލަވާލައްވައިފި
05 ޑިސެމްބަރު 2022

ޔޫއޭއީ އިން ރާއްޖޭގެ ތަރައްޤީގައި އަދާކުރާ ރޯލަކީ އަގު ނުކުރެވޭފަދަ މުހިންމު ރޯލެއް: ޝައުނާ

05 ޑިސެމްބަރު 2022
ޔޫއޭއީ އިން ރާއްޖޭގެ ތަރައްޤީގައި އަދާކުރާ ރޯލަކީ އަގު ނުކުރެވޭފަދަ މުހިންމު ރޯލެއް: ޝައުނާ
26 އޮކްޓޯބަރު 2022

ރާއްޖޭގައި މުރަކަތައް ހިމާޔަތް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ: މިނިސްޓަރ ޝައުނާ

26 އޮކްޓޯބަރު 2022
ރާއްޖޭގައި މުރަކަތައް ހިމާޔަތް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ: މިނިސްޓަރ ޝައުނާ
13 އޮކްޓޯބަރު 2022

ކޮޕް27 ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ޒުވާނުންނާއި ކުޑަކުދިންނަށް ޙާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

13 އޮކްޓޯބަރު 2022
ކޮޕް27 ޖަލްސާއަށް ތައްޔާރުވުމުގެ ގޮތުން ޒުވާނުންނާއި ކުޑަކުދިންނަށް ޙާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް