Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިލޭ ޑިގްރީ ޕްރޮގްރާމް

މިހާތަނަށް އައިއިރު 14،930 ދަރިވަރުން ހިލޭ، ޑިގްރީއަށް ކިޔަވަމުންދޭ

5000ށްވުރެ ގިނަ ދަރިވަރުން މިހާރު ކޯސް ނިންމާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 އޯގަސްޓު 2022 | ހޮނިހިރު 07:19
5000ށްވުރެ ގިނަ ދަރިވަރުން މިހާރު ކޯސް ނިންމާފައިވޭ

5000ށްވުރެ ގިނަ ދަރިވަރުން މިހާރު ކޯސް ނިންމާފައިވޭ

މިހާތަނަށް އައިއިރު 14،930 ދަރިވަރުން ހިލޭ، ޑިގްރީއަށް ކިޔަވަމުންދާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އެކި ވުޒާރާތަކަށް މެންޑޭޓް ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން ޒުވާނުންނަށް ފަހިކޮށްދީފައިވާ ފުރުސަތުތަކަށް މިނިސްޓަރ ވަނީ އަލިއަޅުވާލައްވާފައެވެ.

ޒުވާނުންނަށް ފަހިވެފައިވާ ފުރުސަތުތަކަށް އަލިއަޅުވާލައްވާ މިނިސްޓަރ ވިދާޅުވީ، ސަރުކާރު މިހާތަނަށް އައިއިރު 14،930 ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވަމުންދާ ކަމަށެވެ. އޭގެ ތެރެއިން 5000ށްވުރެ ގިނަ ދަރިވަރުން މިހާރު ކޯސް ނިންމާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ، 2023ގެ ނިޔަލަށް 5000ށްވުރެ ގިނަ ކުދިން ހިލޭ، ޑިގްރީ ހަދައިގެން ގައުމު ބިނާކުރަން ނުކުންނާނެކަމަށް ވިދާޅުވެފައެވެ.  

މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހިލޭ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

މިވަގުތުވެސް ސްކޮލަރޝިޕްތަކުގައި 20 ގައުމެއްގައި ދަރިވަރުން ތައުލީމު ހާސިލު ކުރަމުންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، 100 އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގޭއިރު، އޭގެ ތެރެއިންވެސް 1500 ދަރިވަރުން ތަމްރީނު ލިބިގަންނަމުންދާ ކަމަށާއި، އެ ޕްރޮގްރާމް ނިންމި އެތައް ދަރިވަރުންނަކަށް ވަޒީފާ ހަމަޖެހިފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މަދަނީ ޖަމްއިއްޔާތަކުގެ ހިންގުން ހަރުދަނާކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށް މަހާސިންތާތައް ބާއްވާފައިވާކަމަށާއި، މަދަނީ ޖަމްއިއްޔާތަކަށް ޓެކްނިކަލް އެހީއާއި މާލީ އެހީވެސް ފޯރުކޮށްދެވިފައިވާކަމަަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ޒުވާނުން ބާރުވެރި ކުރުވުމަށް، 3005 ޒުވާނުންނަށް ހަމައެކަނި ހަފުތާރެސް ޕްރޮގްރާމުން ރީޗްވެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާމިނިސްޓްރީ އޮފް އެޑިއުކޭޝަން އެމް.ޑީ.ޕީ ކޮންގްރެސް

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު