Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ކޮންގްރެސް

ކޮންގްރެސްގެ ނިންމުމާއި ޚިލާފުވެއްޖެނަމަ ނަޝީދު ޕާޓީ އިން ވަކި ކުރަން ޖެހޭނެ: މޫސަ

ޕްރައިމަރީއެއް ބާއްވައިފި ނަމަ ރައީސް ނަޝީދު ހިތްހަމަޖެހިވަޑައިނުގަންނަވާ ނަތީޖާއެއް ގަބޫލުފުޅު ނުކުރައްވަފާނެ ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2022 | އާދީއްތަ 01:39
ރައީސް ނަޝީދު އާއި ރީކޯ މޫސާމަނިކު

ރައީސް ނަޝީދު އާއި ރީކޯ މޫސާމަނިކު

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސް އިން ނިންމާ ގޮތަކާއި ޚިލާފު ވެވަޑައިގެންފިނަމަ އެ ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޕާޓީ އިން ވަކި ކުރަން ޖެހޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕަރސަން (ރީކޯ) މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމް ގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީއަކީ މިހާރު ވެސް ވެރިކަމުގައި އޮތް ޕާޓީއަށްވާތީ އެ ޕާޓީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބް އަށް ބޭފުޅަކު ހޮވުމަށް ޕްރައިމަރީއެއް ބާއްވަން ޖެހޭކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އޭނާ ޗެއާޕަރސަންގެ މަގާމުގައި ހުންނެވިނަމަ ޕާޓީގެ އަސާސީ ގަވާއިދަށް އެ ބަދަލު ގެންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ވެރިކަމުގައި ތިބެ، ދެވަނަ ފަހަރަށް ވެރިކަމަށް ކުރިމަތިލާނެ ބޭފުޅަކު ހޯދަން ޕްރައިމަރީ ބާއްވަން ނުޖެހޭ ސަބަބެއް ކަމަށް މޫސަ ވިދާޅުވީ ޕާޓީތެރޭގައި ދެބަސްވުންތައް އުފެދި ހަމަނުޖެހުންތައް އުފެދިގެންދާނެތީއެވެ. އޭނާ ވިދާޅުވީ އެފަދަ ހާލަތެއް ތަޖުރިބާކުރެއްވި ކަމަށާއި ޕްރައިމަރީއެއް ބާއްވައިފިނަމަ ނުކުންނާނެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށެވެ. އަދި ޕްރައިމަރީއެއް ބާއްވައިފިނަމަ ނުކުންނަ ނަތީޖާ ރައީސް ނަޝީދު ގަބޫލުފުޅު ނުކުރައްވަފާނެ ކަމަށް ބެލެވޭ ކަމަށް ވެސް މުސަ ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސް އިން ނިންމާ ނިންމުން ރައީސް --ނަޝީދު ގަބޫލުފުޅު ނުކުރައްވާ ކަމަށްވާނަމަ އެމަނިކުފާނު ވަގުތުން ޕާޓީ އިން ކަނޑާލަން ޖެހޭނެ ކަމަށް މޫސަ ވިދާޅުވިއެވެ. އެއީ އޭނާއަށް ވެސް ހެދިގޮތް ކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ ކޮންގްރެސް އިން ނިންމާ ނިންމުމަކާއި ދެކޮޅު ހަދައިފިނަމަ ކޮންމެ މީހަކުވެސް ޕާޓީ އިން ވަކި ކުރަން ޖެހޭނެ ކަމަށެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޅާބުގައި އެމްޑީޕީ އިން ވާދަ ކުރާނެ ކެންޑިޑޭޓަކާ ގުޅޭ ބަހުސްތައް މިހާރު ވެސް ކުރަމުން އަންނައިރު ގިނަ ފަރާތްތަކުން ގަބޫލު ކުރަނީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި އިބްރާހިމް މުޙައްމަދު ސާލިޙު އަށް ދެވަނަ ދައުރެއް ދެއްވަން ޖެހޭ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ އަސާސީ ގަވާއިދުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކުރާނީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށް ބަޔާންކޮށްފައި އޮތުމުން ކޮންގްރެސް ނިންމުމަށްފަހު ޕްރައިމަރީގެ ކަންކަން ކުރިއަށްދާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ޕްރައިމަރީއަކާއި ނުލައި ރިޔާސީ ޓިކެޓް ދޭނަމަ އެމްޑީޕީގެ އަސާސީ ގަވާއިދު އިސްލާހު ކުރަން ޖެހޭނެއެވެ. ނަމަވެސް އެ ގަވާއިދު އިސްލާހު ކުރަން ހަތަރުވަނަ ކޮންގްރެސްއަށް ހުށައަޅާފަ އެއް ނުވެއެވެ.

ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައިސް ނަޝީދު ދެއްކެވި ވާހަކަފުލުގައިވަނީ ޕާޓީގެ ހުރިހާ މެމްބަރުން އެކުވެ އެކަތި ގަޑެއްގެ ގޮތުގައި ތިބުމުގެ މުހިންމު ކަން ފާހަގަ ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު އަށް ވެރިކަމުގެ ދެވަނަ ދައުރެއް ދިނުން އެއީ ހުރިހާ މެމްބަރުންވެސް އެދޭ ގޮތްކަމަށް ވަނީ ވިދާޅުވެފައެވެ.

ރީކޯ މޫސައެމްޑީޕީއެމްޑީޕީ ކޮންގްރެސް 2022ކުރީގެ ރައީސް، މުހައްމަދު ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު