Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ކޮންގްރެސް

ކޮންގްރެސްގައި ވޯޓް ނެގުމުން ނަތީޖާ އޮންނާނެ ގޮތް އެނގޭ، ހާޖާނުގަނޑެއް އުފެދޭކަށް ނޭދެން: ރައީސް ނަޝީދު

މިއަދާއި މާދަމާއަކީވެސް ޕާޓީއަށް ފަސޭހަ ދުވަސްތަކަކަށް ނުވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 20 އޯގަސްޓު 2022 | ހޮނިހިރު 05:12
އެމްޑީޕީގެ 4 ވަނަ ކޮންގްރެސް

އެމްޑީޕީގެ 4 ވަނަ ކޮންގްރެސް

ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ގަރާރުގެ ވޯޓް ކޮންގްރެސްގެ ތެރެއިން ނެގުމުން ނަތީޖާ އޮންނާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި، ހާޖާނުގަނޑެއް އުފެދުމަށް އެދިވަޑައިނުގަންނަވާކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮންގްރެސްގެ ދެވަނަ ދުވަހު މަންދޫބުންނާއި މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، މިއަދާއި މާދަމާއަކީވެސް ޕާޓީއަށް ފަސޭހަ ދުވަސްތަކަކަށް ނުވާނެކަމަށެވެ.

ކުރީގެ ކޮންގްރެސްގައި، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ފާސްކުރެވުނުނަމަވެސް، މިހާރު އެއްބަޔަކު އެގޮތަށް ނުދެކޭކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ހުށަހެޅުއްވި ގަރާރުގައި ވާނީ ޕާޓީ އެ ނިޒާމަށް އެއްބަސްވުމަށް ނޫންކަމަށެވެ. އެދިވަޑައިގަތީ މެމްބަރުން ގޮތެއް ނިންމުމަށްކަމަށެވެ.

ބަރުލަމާނީ ނިޒާމަށް ނޫނެކޭ ބުނާންވީ ސަބަބެއް ނެތްކަމަށާއި، މި ތިބި ގޮތަށް ތިބެއްޖެނަމަ އެމްޑީޕީއަށް 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް ހޮވުމަށް ވަރަށް ގިނަ ބަޔަކަށް ފެންނަ ކަމަށާއި، އެގޮތަށް ދުށްނަމަވެސް އެއީ އެމްޑީޕީގެ އެކަނި އުންމީދެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ޕާޓީ ބައިބައިވެއްޖެނަމަ ޕާޓީއަށް ވޯޓެއް ނުލިބޭނެކަމަށާއި، މިއަދު އޮތްގޮތަށް ކަންކަން އޮވެއްޖެނަމަ 112،000 ވޯޓުން ލިބޭނީ 40 އިންސައްތަ ކަމަށްވެސް ވިދާޅުވިއެވެ.

ގޮތެއް ހޯދަން ޖެހޭކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އެމްޑީޕީއަށް ރައީސް ސޯލިހުވެސް އަދި އެމަނިކުފާނުވެސް މުހިންމު ނޫންކަމަށެވެ. ވެރިކަން ހިންގަން އެންމެ ރަނގަޅު ގޮތަކީ ރައްޔިތުންގެ ވަކީލުން އެކަން ކުރުން ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވިސްނުމާއި ޕާޓީގެ އެންމެންގެ ވިސްނުން އެއްގޮތްކަމަށް ހީފުޅުކުރެއްވުނު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެންމެންނަށް އެކީގައި ތިބެވޭނީ އެންމެންގެ ވާހަކަ އަޑުއަހައިގެން ބަސްވެސް ގަބޫލުކޮށްގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މުޅި ޕާޓީއާއެކު ނޫން ގޮތަކަށް 2023 އިންތިޚާބަށް ނުނިކުމެވޭނެ ކަމަށާއި، ރައްޔިތުންނަށް ޚިދުމަތްކުރެވޭނެ ގޮތްތައް ވިސްނުމަކީ ކޮންގްރެސްގެ އެންމެންގެ މަސްއޫލިއްޔަތެއް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ ކޮންގްރެސް 2022ކުރީގެ ރައީސް، މުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!
17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
02 މެއި 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
26 ޖޫން 2024

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި
13 މެއި 2024

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
12 މެއި 2024

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

12 މެއި 2024
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
30 އެޕްރީލު 2024

ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް

30 އެޕްރީލު 2024
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
01 އެޕްރީލު 2024

މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި

01 އެޕްރީލު 2024
މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު