Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ކޮންގްރެސް 2022

ކޮންގްރެސްގައި ބައިވެރިވި ފެނަކައިގެ މުވައްޒަފުންނަށް ނުފޫޒު ފޯރުވާކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

އެއްވެސް މުވައްޒަފަކަށް ނުފޫޒު ފޯރުވާފައެއް ނުވާނެ، ނުވެސް ފޯރުވާނަން: ސައީދު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 އޯގަސްޓު 2022 | ހޮނިހިރު 13:17
ފެނަކައިގެ އެމްޑީ ސައީދު

ފެނަކައިގެ އެމްޑީ ސައީދު

އެމްޑީޕީގެ ކޮންގްރެސްގައި ވަކި ގޮތަކަށް އަމަލުކުރަން އެެއްވެސް މުވައްޒަފަކަށް އަންގަވާފައި ނުވާނެ ކަމަށާއި، ކޮންގްރެސްގައި ބައިވެރިވާ މުވައްޒަފުންނަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ދައްކަމުން ދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

4 ވަނަ އެމްޑީޕީގެ ކޮންގްރެސްގެ ބައެއް ބައިވެރިންނާއި ބައްދަލުކުރައްވާ ހޮނިހިރު ދުވަހު ވާހަކަދައްކަވަމުން، ކޮންގްރެސްގައި ރައީސް ނަޝީދް އާއި ވާހަކަދައްކައިފި ނަމަ ފެނަކައިގައި ވަޒީފާ އަދާކުރާ މީހުން، ވަޒީފާއިން ކަނޑާލާނެ ކަމަށް ފެނަކައިގެ އިސްފަރާތުން ބުނެފާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ކޮންގްރެސްގައި އަމަލުކުރާ ގޮތުން އެއްވެސް މީހެއްގެ ވަޒީފާ ނުރައްކަލަށް ހުށަނޭޅޭނެ ކަމަށް ވެސް ވިދާޅުވެފައެވެ. އެހެންނަމަވެސް ރައީސް ނަޝީދު އެފަދަ ތުހުމަތުތަކެެއް ކުރެއްވި ސަބަބު އެމަނިކުފާނު ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތަކާއި ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ އެއްވެސް މުވައްޒަފަކަށް ވަކި ސިޔާސީ ބޭފުޅަކާއި ވާހަކަ ނުދެއްކުމަށް ނުވަތަ ވަކި ގޮތަކަށް އަމަލުކުރުމަށް އެއްވެސް މުވައްޒަފަކަށް އަންގަވާފައި ނުވާނެ ކަމަށެވެ. އަދި ރައީސް ނަޝީދު ސައީދުގެ ނަން ބޭނުން ކުރައްވާ، މިސާލު ނަންގަވައިގެން އެ ވާހަކަ ދެއްކެވީ ސައީދު އަށް ރައީސް ނަޝީދުކުރައްވާ އިތުބާރު ބޮޑުވުމުން ކަމަށާއި، ސައީދު އަކީ އެއްވެސް މުވައްޒަފަކަށް ނުފޫޒު ފޯރުވާނެ މީހެއް ނޫން ކަން ރައީސް ނަޝީދު އަށް ޔަގީންކުރެއްވޭނެ ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.

ސައީދު ވަނީ ފެނަކައިގެ އެއްވެސް މުވައްޒަފަކަށް ސިޔާސީ ފިކުރުގެ ސަބަބުން ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް މި ސަރުކާރުން އަޅާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ ފިކުރު ހުންނަ ގޮތަކުން އެއްވެސް މީހަކު މަޤާމުން ވަކި ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ ކޮންގްރެސް 2022ފެނަކަރައީސް ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ގަމަށް އަލުން ކަރަންޓް ދީފި

ގަމަށް އަލުން ކަރަންޓް ދީފި

04 ޑިސެމްބަރު 2025
ކަރަންޓް ކޭބަލް ވަޅުލަން ހައިމާކަށް ކުރަންޖެހޭ ހަރަދު ބޮޑުކަމަށް ބުނެ ވަކި މުވައްޒަފުންތަކެއް ލައްވާ ފަކީރާ އާއި އުނދަލިން ކޯރު ކޮންނަނީ

ކަރަންޓް ކޭބަލް ވަޅުލަން ހައިމާކަށް ކުރަންޖެހޭ ހަރަދު ބޮޑުކަމަށް ބުނެ ވަކި މުވައްޒަފުންތަކެއް ލައްވާ ފަކީރާ އާއި އުނދަލިން ކޯރު ކޮންނަނީ

03 ޑިސެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
މުލީ ރީޖަނަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހަދަން މީހަކު ހޭނައްތާފައި އޮއްވާ ކަރަންޓު ކެނޑު މައްސަލައެއް، ނަމަވެސް ހޮސްޕިޓަލުން މިކަން ދޮގުކުރޭ

މުލީ ރީޖަނަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހަދަން މީހަކު ހޭނައްތާފައި އޮއްވާ ކަރަންޓު ކެނޑު މައްސަލައެއް، ނަމަވެސް ހޮސްޕިޓަލުން މިކަން ދޮގުކުރޭ

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު