Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިނގިރޭސިވިލާތުގެ ރާނީގެ ޕްލެޓިނަމް ޖުބިލީ

އިނގިރޭސި ރާނީގެ "ޕްލެޓިނަމް ޖުބިލީ"ގެ މުނާޞަބާ ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޙަފްލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން ވެސް "ޕްލެޓިނަމް ޖުބިލީ" ގެ މުނާސަބަތުގައި ހެޔޮއެދުންތައް ރައްދު ކުރެއްވި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ޖޫން 2022 | ބުދަ 18:21
އިނގިރޭސި ރާނީގެ "ޕްލެޓިނަމް ޖުބިލީ"ގެ މުނާޞަބާ ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޙަފްލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަނީ

އިނގިރޭސި ރާނީގެ "ޕްލެޓިނަމް ޖުބިލީ"ގެ މުނާޞަބާ ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޙަފްލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަނީ

އިނގިރޭސިވިލާތުގެ ރާނީގެ "ޕްލެޓިނަމް ޖުބިލީ"ގެ މުނާޞަބާ ފާހަގަކުރުމަށް މިއަދު މީރުމާ ކޮންފަރެންސް ހޯލްގައި ބޭއްވި ޚާއްޞަ ޙަފްލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މި ޚާއްޞަ މުނާޞަބާގައި އިނގިރޭސި ވިލާތުގެ ރާނީއަށް ތަހުނިޔާ ވިދާޅުވެ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން ވެސް "ޕްލެޓިނަމް ޖުބިލީ" ގެ މުނާސަބަތުގައި އެކަމަނާއަށް ހެޔޮއެދުންތައް ފޮނުއްވިއެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ މީގެ 50 އަހަރު ކުރިން 13 މާރޗު 1972 ގައި އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖެއާ އިނގިރޭސިވިލާތާއި ދެޤައުމުގެ ދެމެދު އޮތް ޚާއްޞަ ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، މި އަހަރަކީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމުގެ ދެމެދުގައި އޮތް އެގުޅުން އިތުރަށް ބަދަހިވެގެންދާނެ އަހަރެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުން ރާއްޖެއަށް ގިނަ ދާއިރާތަކުން އެއްބާރުލުންދޭކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ރާއްޖޭގެ ހިންގުން ހަރުދަނާ ކުރުމާއި، ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމާއި، ތިމާވެށި ރައްކާތެރި ކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ދިފާޢީ ދާއިރާ އަދި ވަކިން ޚާއްޞަކޮށް ތަޖުރިބާ ބަދަލުކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް އިތުރުކޮށް ސަލާމަތީ އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިވަމުން އަންނަކަމުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖޭގައި އިންސާނީ ވަޞީލަތް ތަރައްޤީކުރުންފަދަ ތަރައްޤީގެ ރޮނގުން ރާއްޖެއަށް މުހިންމު ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އިނގިރޭސިވިލާތުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޗެވްނިންގ ސްކޮލަރޝިޕާއި، ކޮމަންވެލްތު ސްކޮލަރޝިޕް ސްކީމް ފަދަ ޕްރޮގްރާމްތަކަކީ، ރާއްޖޭގެ އިޤްތިޞާދުގެ ގާތްގަނޑަކަށް ހުރިހާ ދާއިރާއެއްގައިވެސް، އެ ދާއިރާތަކުގައި އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ހުނަރުވެރި، ޤާބިލު މަސައްކަތްތެރި ބަޔަކު ބިނާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ޕްރޮގްރާމްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުންފަދަ ދާއިރާތަކުގައި ރާއްޖެއާއި އިނގިރޭސިވިލާތަކީ ގިނަ އެއްގޮތް ކަންތައްތަކެއް ޙިއްޞާކުރާ ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ. އަދި، އިނގިރޭސިވިލާތަކީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އެންމެ ގިނައިން އެކްސްޕޯޓް ކުރާ އެއް ޤައުމުކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތައް އިނގިރޭސި ވިލާތަށް މާކެޓްކުރުމަށާއި އެފަދަ ބާވަތްތަކުން ނަގާ ބޮޑު ޓެރިފް މަޢާފު ކުރުންފަދަ ކަންކަންކަމަށް ފަހި ގޮތްތަކެއް ހަމަޖެހިގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ.

އިގިރޭސި ރާނީ ގެ "ޕްލެޓިނަމް ޖުބިލީ" ފާހަގަ ކުރަނީ އެކަމަނާ ރަނިކަމުގެ ތަޚްތުގައި 70 އަހަރު ފުރިހަމަ ކުރެއްވުމުގެ މުނާސަބަތުގައެވެ.

ރާނީ އެލިޒަބަތު 2އިނގިރޭސިވިލާތްނައިބު ރައީސް, ފައިޞަލް ނަސީމް

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
16 ޑިސެމްބަރު 2025

އަންހެނުންނާއި ކުޑަ ކުދިންނަށް އަނިޔާ ކުރުމަކީ، ޤައުމީ ބޮޑު މައްސަލަ އެއް: ހޯމް ސެކްރެޓަރީ ޝަބާނާ މަހުމޫދު

16 ޑިސެމްބަރު 2025
އަންހެނުންނާއި ކުޑަ ކުދިންނަށް އަނިޔާ ކުރުމަކީ، ޤައުމީ ބޮޑު މައްސަލަ އެއް: ހޯމް ސެކްރެޓަރީ ޝަބާނާ މަހުމޫދު
13 ޑިސެމްބަރު 2025

ވެރިކަން ކުރާ ލޭބާ ޕާޓީ އަށްވުރެ، ރިފޯމް ޔޫކޭގެ މެމްބަރުންގެ އަދަދު އިތުރުވެއްޖެ ކަމަށް ބުނެފި

13 ޑިސެމްބަރު 2025
ވެރިކަން ކުރާ ލޭބާ ޕާޓީ އަށްވުރެ، ރިފޯމް ޔޫކޭގެ މެމްބަރުންގެ އަދަދު އިތުރުވެއްޖެ ކަމަށް ބުނެފި
13 ޑިސެމްބަރު 2025

ޑޮކްޓަރުންގެ ހަޅުތާލުގައި ބައިވެރި ނުވުމަށް ބޮޑު ވަޒީރު ސްޓާމާ ގޮވާލައްވައިފި

13 ޑިސެމްބަރު 2025
ޑޮކްޓަރުންގެ ހަޅުތާލުގައި ބައިވެރި ނުވުމަށް ބޮޑު ވަޒީރު ސްޓާމާ ގޮވާލައްވައިފި
13 ޑިސެމްބަރު 2025

ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ

13 ޑިސެމްބަރު 2025
ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު