Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

ޓެކްސް އިތުރު ނުކުރާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ތަކުރާރު ކުރައްވަން ސްޓާމާ ފަސް ޖެހިއްޖެ

މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހު ކޮޅު ވެސް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެފައި އޮތީ އޭނާގެ މެނިފެސްޓޯ ދެމި އޮންނާނެ ކަމަށެވެ. ނަމަވެސް، ބުދަ ދުވަހު ކުރިއަށް ދިޔަ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި ބެޑްނޮކް އެ ސުވާލު އަމާޒު ކުރުމުން ސްޓާމާ ވިދާޅުވީ "އާނ" އެވެ. އެ ސުވާލަށް އިތުރު އެއްވެސް ވާހަކައެއް ސްޓާމާ ދައްކަވާފައި ނުވާއިރު، މިކަން ދިމާވެފައި ވަނީ ޓެކްސް އިތުރު ކުރާނެ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.

ބްރިޓަންގެ ބޮޑުވަޒީރު ސާ ކީއާ އިންކަމް ޓެކްސް، ވެޓް އަދި ނޭޝަނަލް އިންޝުއަރެންސް އިތުރު ނުކުރާނެ ކަމުގެ ވައުދު ތަކުރާރު ކުރުމަށް ދެކޮޅު ހައްދަވައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2025 | ހުކުރު 07:19
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

އިނގިރޭސިވިލާތުގެ ސަރުކާރުން ނޮވެމްބަރު މަހު ހުށަހެޅުމަށް ހަމަޖެހިފައިވާ ބަޖެޓުގައި މުހިންމު ޓެކްސްތައް އިތުރު ނުކުރާނެ ކަމަށް ބޮޑު ވަޒީރު ކިއާ ސްޓާމާ ވެވަޑައިގެންފައިވާ ވައުދާ ގުޅިގެން، އެ ވައުދު ކަށަވަރު ކޮށްދިނުމަށް އޭނާ ދެކޮޅު ހައްދަވައިފި އެވެ.

އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި ކުރިއަށް ދިޔަ ބޮޑު ވަޒީރު ސުވާލު އަދި ޖަވާބު ސެޝަންގައި، އިންކަމް ޓެކްސް އަދި ނެޝަނަލް އިންޝުއަރެސް އިތުރު ނުކުރާނެ ކަމަށް ސްޓާމާ ވެވަޑައިގެންފައިވާ ވައުދު ތަކުރާރު ކުރައްވާފައި ނުވެ އެވެ.

އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބެޑެނޮކް ވިދާޅުވެފައި ވަނީ، މިއީ ޓެކްސް އިތުރު ކުރުމުގެ ބިރުވެރިކަން އޮތުމުގެ ވަރަށް ބޮޑު ހެއްކެއް ކަމަށާއި، ސަރުކާރުގެ ޚަރަދުތައް ކޮންޓްރޯލް ކުރުމުގައި ވެރިކަން ކުރާ ލޭބާާ ޕާޓީ ވަރަށް ބޮޑަށް ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށެވެ.

ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ބަޖެޓު ހުށަހެޅުމަށް މަސައްކަތް ކުރަމުން އަންނައިރު، ޗާންސެލަރު ރޭޗަލް ރީވްސް ޓެކްސްތައް އިތުރު ކުރުމަށް ހިމަނާނެ ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވެ އެވެ. އިޤްތިޞާދީ ފިޔަވަޅުތައް ރަނގަޅު ނުވުމާއި، ވެލްފެއާ ޚަރަދުތައް ކުޑަ ކުރުމުގެ ނިންމުންތައް ބަދަލު ކުރުމާއި، ސަރުކާރުގެ ޓެކްސް އަދި ޚަރަދުގެ ޤަވާއިދުތަކާ އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދިޔުމަށް ވަނީ ވަރަށް ބޮޑަށް އުނދަގޫވެފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެފައި ވަނީ، އޭނާގެ މެނިފެސްޓޯގައި ހިމަނާފައިވާ ޓެކްސް ވައުދުތަކާ އެއްގޮތަށް ދެމި ތިބޭނެ ކަމަށެވެ. އަދި އެކަން ކަށަވަރު ކޮށްދެއްވާ ކަމަށް ވެސް އޭރު ވިދާޅުވެފައިވެ އެވެ. އެކަމާ ގުޅޭ ގޮތުން މިފަހަރު ބެޑެނޮކް ސުވާލު ކުރުމުން ސްޓާމާ ވަނީ ވަރަށް ނޫން ގޮތަކަށް ޖަވާބު ދެއްވައިފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހު ކޮޅު ވެސް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެފައި އޮތީ އޭނާގެ މެނިފެސްޓޯ ދެމި އޮންނާނެ ކަމަށެވެ. ނަމަވެސް، ބުދަ ދުވަހު ކުރިއަށް ދިޔަ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި ބެޑްނޮކް އެ ސުވާލު އަމާޒު ކުރުމުން ސްޓާމާ ވިދާޅުވީ "އާނ" އެވެ. އެ ސުވާލަށް އިތުރު އެއްވެސް ވާހަކައެއް ސްޓާމާ ދައްކަވާފައި ނުވާއިރު، މިކަން ދިމާވެފައި ވަނީ ޓެކްސް އިތުރު ކުރާނެ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.

ބުދަ ދުވަހު ޖަލްސާގައި ސްޓާމާ ވިދާޅުވެފައި ވަނީ، އަންނަ މަހު ހުށަހަޅާ ބަޖެޓުގައި ސަރުކާރުގެ ޕްލޭންތައް ހާމަ ކުރައްވާނެ ކަމަށެވެ. ނަމަވެސް، އެ ވާހަކައާ ގުޅިގެން ބެޑްނޮކް ވަނީ އިތުރު ސުވާލެއް ވެސް އަމާޒުކޮށްފަ އެވެ. އެގޮތުން އެއީ މީގެ ކުރިން ވަރަށް ސާފުކޮށް ބޮޑު ވަޒީރު ދައްކަވަމުން އައި ވާހަކައެއް ކަމަށާއި، މި ހަތަރު މަސް ދުވަހުގެ ތެރޭގައި ބަދަލުވީ ކޮން ކަމެއްތޯ ބެޑްނޮކް ވަނީ ސުވާލު ކޮށްފަ އެވެ.

ޓެކްސްގެ ވައުދާ ގުޅިގެން މިހާރު އެ ވައުދު ތަކުރާރު ކުރެއްވުމަށް ބޮޑު ވަޒީރު ސްޓާމާ ދެކޮޅު ހައްދަވާފައިވާއިރު، ބުދަ ދުވަހުގެ ޖަލްސާ އަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބޮޑު ވަޒީރުގެ ތަރުޖަމާނު ވެސް ވަނީ އެ ވައުދު ތަކުރާރު ކުރުމަށް ދެކޮޅު ހައްދަވައިފަ އެވެ. އޭގެ ބަދަލުގައި އޭނާ ވިދާޅުވެފައި ވަނީ، ބަޖެޓުގެ ކުރިން އެކަމަށް އަމިއްލަ ލަފައެއް ދެވެން ނެތް ކަމަށެވެ.

ސްޓާމާ އަދި ލޭބާ ޕާޓީ އިން 2024 ވަނަ އަހަރު އޮތް އިންތިޚާބުގެ މެނިފެސްޓޯގައި ހިމަނާފައި ވަނީ، އިންކަމް ޓެކްސް މަތި ނުކުރާނެ ކަމަށެވެ. އެގޮތުން އެ ޓެކްސްގެ އާންމު ރޭޓު އަދި މަތީ ރޭޓުތަކާއި، އަދި، ނެޝަނަލް އިންޝުއަރެންސް އިތުރު ނުކުރާނެ ކަމުގެ ވައުދުވެ އެ ވާހަކަ ވަރަށް ބޮޑަށް ދެއްކެވި އެވެ. ނަމަވެސް، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ މުވައްޒަފުން ދައްކާ ނެޝަނަލް އިންޝުއަރެސް އިތުރު ކޮށްފަ އެވެ.

މެނިފެސްޓޯގައި ވެލިއު އެޑެޑް ޓެކްސް (ވެޓް) އިތުރު ނުކުރާނެ ކަމަށް ވެސް ސްޓާމާ ވަނީ ވައުދުވެ ވަޑައިގެންފަ އެވެ. ނަމަވެސް، އެކަމުގެ އިތުރުން ތަފްސީލެއް އަދި ކުރުމަށް ރާވާފައިވާ ގޮތެއް މެނިފެސްޓޯގައި ވަކިން ބަޔާން ކޮށްފައި ނުވެ އެވެ.

ލޭބާ ޕާޓީގެ ބައެއް އިސް ފަރާތްތަކުން ރީވްސް އަށް ލަފާ ދީފައި ވަނީ، އިންކަމް ޓެކްސް އިތުރު ކުރުމުގެ ސަބަބުތައް މިހާރު ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމަށެވެ. މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތު ކަމަށް އެ ބޭފުޅުން ފާހަގަ ކުރަނީ، އާންމު އިންތިޚާބަށް އަދި ވެސް ބާކީ އަހަރު ތަކެއް އޮތުމެވެ. އަދި އެކަމުން ވަރަށް ގިނަ ފައިސާ ހޯދޭނެ ކަމަށް ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް، އެ މެމްބަރުންގެ ލަޔަފާ ދެކޮޅު ހަދާ މެމްބަރުން ވެސް ލޭބާ ޕާޓީގައި އެބަ ތިއްބެވެ. އެކަމާ ކަންބޮޑުވުން ފާޅު ކޮށްފައިވާ މެމްބަރުން ބުނަމުން އަންނަނީ، އިންތިޚާބަށް ވެފައިވާ ވައުދާއި، މެނިފެސްޓޯއާ ވަރަށް ބޮޑަށް ޚިލާފުވެފައިވާ ކަމަށެވެ. އަދި އިންތިޚާބަށް ފަހު ވެސް ސަރުކާރުގެ ވަޒީރުން އެ ވައުދު ތަކުރާރު ކުރަމުން އައި ކަމަށް ފާހަގަ ކޮށްފައިވެ އެވެ. މިހާރު ވެސް އިނގިރޭސިވިލާތުގެ އިޤްތިޞާދީ ކުރިއެރުން ދަށްވެފައިވާ މި ދަނޑިވަޅުގައި، މިކަމުން އިޤްތިޞާދަށް ބުރޫ އަރާނެ ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރީވްސް ހުށަހެޅި ފުރަތަމަ ބަޖެޓުގައި، އަހަރަކު 40 ބިލިއަން ޕައުންޑުގެ ޓެކްސް އިތުރު ކުރުންތައް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި މުވައްޒަފުން ދައްކާ ނެޝަނަލް އިންޝުއަރެސސް އިތުރު ކުރުން ވެސް ހިމެނޭއިރު، އެ ފަހަރު ރީވްސް ވިދާޅުވީ ދެން އަންނަ އަހަރެއްގައި އަދި އަހަރު ތަކުގައި އެފަދަ ކަމެއް ތަކުރާރު ކުރަން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް ފަހުން ޗާންސެލަރު ވިދާޅުވެފައި ވަނީ، އިނގިރޭސިވިލާތުގެ ފައިނޭންޝަލް ޙާލަތު ރަނގަޅު ކުރުމަށް ޓެކްސްތައް އަލުން އިތުރު ކުރުމަށް ވިސްނަން ޖެހޭ ކަމަށެވެ.

ނަމަވެސް ޗާންސެލަރު އަލަށް ވިދާޅުވީ، ބްރިޓަންގެ ފައިނޭންޝަލް ހާލަތު ރަނގަޅު ކުރުމަށް ޓެކްސްތައް އަލުން އިތުރުކުރަން ބަލާ ކަމަށެވެ.

މަސްދަރު: ބީބީސީ

ސަރ ކިއަރ ސްޓާމަރރޭޗަލް ރީވްސްކެމީ ބަޑެނޯލޭބާ ޕާޓީ - ޔޫކޭއިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަނީ

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަނީ

24 ނޮވެމްބަރު 2025
ޓްރަމްޕް ހާޒިރުނުވި ނަމަވެސް ދެކުނު އެފްރިކާއަށް ކުރި ޖީ20 ދަތުރު ސްޓާރމަރ ދިފާއުކުރައްވައިފި

ޓްރަމްޕް ހާޒިރުނުވި ނަމަވެސް ދެކުނު އެފްރިކާއަށް ކުރި ޖީ20 ދަތުރު ސްޓާރމަރ ދިފާއުކުރައްވައިފި

21 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު