Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ޑަބަލް ޕެންޝަން ދިނުން އިންސާފުވެރިތަ؟

6 އެޕްރީލު 2022 | ބުދަ 14:58

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނަށް އަމަލުކުރަން ފެށިތާ މިހާރު 6 އަހަރު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 6 އެޕްރީލު 2022 | ބުދަ 14:58
ރާއްޖޭގައި 13 އިދާރާއެއްގައި މަސައްކަތްކުރާ މީހުންނަށް ޑަބަލް ޕެންޝަން ލިބޭ

ރާއްޖޭގައި 13 އިދާރާއެއްގައި މަސައްކަތްކުރާ މީހުންނަށް ޑަބަލް ޕެންޝަން ލިބޭ

ކޮންމެ ކަމެއް ކުރުމަށްވެސް ޚާއްސަ ގާނޫނުތަކާއި ގަވާއިދުތައް އޮވެއެވެ. އެއަށް އަމަލުކުރުމަށް މަސައްކަތް ކުރެއެވެ. އަދި ގާނޫނު ހަދާ މަޖިލީހުން އެ ގާނޫނުތައް ފާސްކުރަނީވެސް އެއާމެދު ފުރަހަމައަށް ބަހުސް ކުރުމަށްފަހު އިސްލާހުތައް ގެނެސްގެންނެވެ. އެހެންނަމަވެސް ކޮންމެވެސް ހިސާބަކުން ބާގަނޑެއް އިނދެއެވެ.

ދައުލަތުގެ މުސާރައާއި ސިޔާސަތުގެ ގާނޫނުގައި މުސާރަދިނުމާއި އިނާޔަތްދިނުމުގައި އަމަލުކުރަންވީ ގޮތަކީ ކޮބައިކަން ކަނޑައަޅަންޖެހޭނެކަމާއި، އަދި ނެޝަނަލް ޕޭ ކޮމިޝަނުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވަރަށް ސާފުކޮށް އެ ގާނޫނުގައި ބަޔާންކޮށްފައި އޮވެއެވެ. އެހެންކަމުން، އެއް ފަންތިއެއްގައި، އެއް ބާވަތެއްގެ މަސައްކަތްތަކެއް އެކި މުއައްސަސާތަކުގައި ކުރިކަމުގައި ވިޔަސް، މުސާރައާއި އިނާޔަތްތަކުގެ ބޮޑެތި ފަރަގުތައް ހުންނަންޖެހެނީ ކީއްވެގެންތޯ ސުވާލުކޮށް އެއަށް ޖަވާބު ހޯދުމަށް މަސައްކަތްކުރަން ޖެހެއެވެ. ގާނޫނު އޭގެ މަގުސަދުތައް ހާސިލުވާގޮތަށް ތަންފީޒުކުރެވެމުންދާނަމަ، އެ ތަފާތުތައް ހުރެގެންވާނެކަމަށް ގަބޫލެއްނުކުރެވެއެވެ. ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނަށް އަމަލުކުރަން ފެށިތާ މިހާރު 6 އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. އެ ގާނޫނުގެ މަގުސަދު ހާސިލުވި މިންވަރު ބެލިފައެއްނެތެވެ.

ހަމައެއާއެކު ނޭޝަނަލް ޕޭ ކޮމިޝަން ހިނގަނީ ކިހިނެއްތޯއާއި, އެ ކޮމިޝަނަށް ދިމާވާ ޒިންމާތަކަކީ ކޮބައިތޯއާއި, ޒިންމާތައް އަދާކުރުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ ބަލައި ދިރާސާކުރެވިފައެއްވެސް ނެތެވެ. މުސާރައިގެ ފަރަގު ހުރިއިރު ފާހަގަކުރެވޭ އަނެއް ކަމަކީ، ޚިދުމަތުން މުސްކުޅިކުރެވޭއިރު ދެވޭ އިނާޔަތްތައް ދިނުމުގައި ވެސް ވަރަށް ބޮޑެތި ތަފާތުކުރުންތައް ހުރިކަމެވެ. ޑަބަލް ޕެންޝަން ލިބޭ މުއައްސަސާތައް މަދެއް ނޫނެވެ. އެއް ފަރާތަށް ވުރެ ގިނަ ފަރާތުން, މަގާމުން މުސްކުޅިކުރެއްވި ފަރާތަށް އިނާޔަތްތަކާއި އެހެނިހެން ފައިދާއާއި މަންފާ ލިބެމުންދެއެވެ. ޕެންޝަން ނިޒާމުގެ ތެރެއިން ދައުލަތުގެ ވަކި މުއައްސަސާތަކުގައި އުޅޭ މީހުން ވަކި ޚާއްސަވާންޖެހޭ ސަބަބެއް ނުވިސްނެއެވެ. އެހެންނަމަވެސް މިއަދު ރާއްޖޭގެ 13 އިދާރާއެއްގައި މަސައްކަތް ކުރި އެކި މީހުންނަށް ޚާއްސަ އުސޫލުތަކުގެ ތެރެއިން ޕެންޝަން ލިބެއެވެ. މިއީ ޑަބަލް ޕެންޝަނެވެ.

މިއީ ދައުލަތަށްވެސް އަދި ސިޔާސީ ފަރާތްތަކަށްވެސް ފައުޅުގައި ދައްކަން އެހާފަސޭހަ ވާހަކަތަކެއްނޫނެވެ.

ރާއްޖޭގެ ހުރިހާ ފަރާތްތަކެއް ޝާމިލުވާ ގޮތަށް ރިޓަޔަމަންޓް ޕެންޝަން ސްކީމެއް ތައާރަފްވީ 2009ވަނަ އަހަރުއެވެ. އޭގެ ކުރިން ވެސް ދައުލަތުން ޕެންޝަން ސްކީމުތައް ހިންގިއެވެ. އެ ސްކީމުތައް ހިންގީ މުވައްޒަފުންގެ ކޮންޓްރިބިއުޝަނެއްނެތި ހަމައެކަނި ދައުލަތުން ކުރާ ހޭދައެއްގެ ގޮތުގައެވެ. އެހެންނަމަވެސް ގާނޫނަކުން އެކުލަވައިލި ރިޓަޔަރމަންޓް ޕެންޝަން ނިޒާމާއެކު، އޭގެ ކުރިން ހިނގަމުން އައި ޕެންޝަން ފަންޑުތައް ހުއްޓޭނެކަމަށް ބެލެވުނުނަމަވެސް އެކަން އެގޮތަކަށް ކުރިއަކަށްނުދެއެވެ.

ދައުލަތުން އެއް އަހަރުން އަނެއް އަހަރަށް ވަކިވަކި ޕެންޝަން ސްކީމުތަކަށް ކުރާ ހޭދަ އަންނަނީ ބޮޑުވަމުންނެވެ. މި އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގާތްގަނޑަކަށް %4 ހޭދަކުރަނީ އުމުރުން ދުވަސްވީ މީހުންގެ ޚަރަދުތައް ހަމަޖެއްސުުމަށެވެ. ކުރިއަށް އޮތްތަނުގައި މި އަދަދު ދާނީ އިތުރުވަމުންނެވެ. އަދި މިއީ މިކަމަށް އަވަސް ހައްލުއް ނުހޯދިއްޖެނަމަ އަންނަ އޮތް ޖީލަށް ބޮޑު ބުރައަކަށް ނޫނީ ނުވާނެއެވެ.

ވަކިވަކި ޕެންޝަން ސްކީމުތައް ހިންގާ ދައުލަތުގެ 13 މުއައްސަސާއެއް އޮތްއިރު, އެ މުއައްސަސާތަކުގެ ވަކިވަކި ޕެންޝަން ސްކީމަށް މި އަހަރުގެ ބަޖެޓުން 263 މިލިއަން ރުފިޔާ ހޭދަވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދޫކުރަނީ ފުލުހުންނަށެވެ. އެ މުއައްސަސާއަށް މި އަހަރުގެ ބަޖެޓުންވެސް ޕެންޝަން ފައިސާގެ ގޮތުގައި 22 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އެ އަދަދު އަންނަ އަހަރު 31 މިލިއަނަށް ބަދަލުވާއިރު 2024 ވަނަ އަހަރު އެ އަދަދު 34 މިލިއަނަށް ބޮޑުވާނެއެވެ. ދެވަނައަށް އެންމެ ބޮޑު ޕެންޝަން ބަޖެޓެއް ދޫކުރަނީ ކަސްޓަމްސްއަށެވެ. އެ މުއައްސަސާއަށް މި އަހަރުގެ ބަޖެޓުން 14 މިލިއަން ރުފިޔާ ހޭދަވެއެވެ. އަދި ޑިފެންސް މިނިސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް 12 މިލިއަން ރުފިޔާ ބަޖެޓުން ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަނާއި, ރައީސް އޮފީހާއި, އޮޑިޓަރ ޖެނެރަލް އޮފީހާއި, ޖުޑީޝަލް ސަރވިސް ކޮމިޝަނާއި, ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި, ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއި, އެންޓި ކޮރަޕްޝަން އޮފީހާއި, އިލެކްޝަން ކޮމިޝަނާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، ގައުމީ ޔުނިވަރސިޓީއަކީ ވެސް ރިޓަޔަމަންޓްގެ ބޭރުން މިފަދަ ޕެންޝަން ސްކީމުތައް ހިންގަމުން އަންނަ އިދާރާތަކެވެ. 

މި ނިޒާމު މިހާރު އޮތްގޮތުން, ފުލުހުންނާއި ސިފައިންނާއި ޖުޑީޝަރީގެ ހިތްރުއްސަން ދައުލަތަށް މަޖުބޫރުވަނީތޯ ސުވާލު އުފެދެއެވެ. ކުރިންވެސް ދެންނެވި ފަދައިން މިއީ ސިޔާސީ ވެރިންނަށް ދައްކަން ފަސޭހަ ވާހަކައަކަށް ނުވާނެއެވެ. ޑަބަލް ޕެންޝަން ލިބޭ މުއައްސަސާތަކަށް ބަލާނަމަ އެއީ އެތައް ބައިވަރު އާއިލާއެެކެވެ. އެތައް ބައިވަރު ވޯޓެކެވެ.

ސިޔާސީ މަންފާތަކެއް ހާސިލުކުރަން ވަކިވަކި ޕެންޝަން ސްކީމުތައް ކުރިއަށް ގެންދާނަމަ، ދައުލަތުގެ ޚަރަދުތައް އެތައް ގުނައަކަށް އިތުރުވެ، ތަރައްގީގެ ޕްރޮޖެކްޓްތަކަށް ހޭދަކުރެވޭވަރު ކުޑަވާނެއެވެ. މިހާރު ޕެންޝަނަށް ބިލިއަނުން ދައުލަތުގެ ބަޖެޓުން ހޭދަ ކުރާ ބިލިއަން ރުފިޔާއިން ކިތައް ރަށުގެ ނަރުދަމާ އެޅޭނެތޯއެވެ. ކިތައް ރަށުގެ ބަނދަރު, އަދި ކިތައް ރަށުގެ މަގު ހެދޭނެ ތޯއެވެ. މިއީ ވިސްނަންވީ ކަންކަމެވެ. މިއީ ޕަބްލިކް ފައިނޭންސުން ހޭދަވާ ވަރަށް ބޮޑު ޚަރަދެކެވެ. މިއީ އެހާ އިންސާފުވެރި އުސޫލެއްވެސް ނޫނެވެ. ސަބަބަކީ މިއިން މަންފާ ލިބެނީ ވަކިބަޔަކަށްކަމަށްވާތީއެވެ.

ޒަމާނުއްސުރެ ހިނގަމުން އައި މިފަދަ ކަމެއް ކުއްލިއަކަށް ހުއްޓާލުންވެސް ފަސޭހަކަމަކަށް ނުވާނެއެވެ. އެހެންނަމަވެސް ވަކި މުއްދަތެއްދީ, މިވެނި އަހަަރަކުން ފެށިގެން ވަކިވަކި ޕެންޝަން ސްކީމްތައް އުވާލެވިދާނެއެވެ. މިއީ ހައްލު ބޭނުންވެފައިވާކަމެކެވެ. ދައުލަތުން ބޮޑު ހޭދައެއްކުރާ މިފަދަ ޕެންޝަން ސްކީމުތަކުގެ ބުރަ އިހުސާސްކުރަން ޖެހޭނީ އަންނަން އޮތް ޖީލުގައި ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ މީހުންނަށެވެ.

މިއީ ކިހިނެތް ހިނގާ ކަމެއްތޯ މަޖިލީހުން ބަލަން ޖެހެއެވެ. އޭގައި ހުރި މައްސަލަތައް އަޅުގަނޑުމެން ދެނެގަނެ، ހައްލުކުރަންޖެހޭކަމެއް އޮތްނަމަ ހައްލުކުރަންޖެހެއެވެ.

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2019

މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ދުލާއި ގަލަމުގެ މިނިވަންކަން ދިނުން

17 ނޮވެމްބަރު 2019
މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ދުލާއި ގަލަމުގެ މިނިވަންކަން ދިނުން
10 އޮކްޓޯބަރު 2019

ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނުން: ބުއްދިވެރިކަމެއްތަ؟

10 އޮކްޓޯބަރު 2019
ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނުން: ބުއްދިވެރިކަމެއްތަ؟
20 މެއި 2019

މިނިސްޓަރ އިމްރާން ފުރަތަަމަ ވަޒީފާއަކީ ހޮޓެލެއްގައި ތަށި ދޮވެދިނުން

20 މެއި 2019
މިނިސްޓަރ އިމްރާން ފުރަތަަމަ ވަޒީފާއަކީ ހޮޓެލެއްގައި ތަށި ދޮވެދިނުން
17 މާރިޗު 2019

އިދިކޮޅަށް މެޖޯރިޓީ ދިނުން، ވެރިކަން ދީފައި އަތްފައި ކަނޑާލުން

17 މާރިޗު 2019
އިދިކޮޅަށް މެޖޯރިޓީ ދިނުން، ވެރިކަން ދީފައި އަތްފައި ކަނޑާލުން
13 ޖެނުއަރީ 2019

ނާސްތާ ދިނުން: ސްކޫލުތަކުން ތަފާތު މަންޒަރެއް، ދަރިވަރުން ހިނިތުންވެފައި

13 ޖެނުއަރީ 2019
ނާސްތާ ދިނުން: ސްކޫލުތަކުން ތަފާތު މަންޒަރެއް، ދަރިވަރުން ހިނިތުންވެފައި
08 ޑިސެމްބަރު 2018

ކޮމިޝަންތަކަށް ޤާނޫނީ ބާރުވެރިކަން ދިނުން: ބިރުން ތިޔަ އުޅުއްވަނީ ކީއްވެތޯ!

08 ޑިސެމްބަރު 2018
ކޮމިޝަންތަކަށް ޤާނޫނީ ބާރުވެރިކަން ދިނުން: ބިރުން ތިޔަ އުޅުއްވަނީ ކީއްވެތޯ!
16 ސެޕްޓެމްބަރު 2018

އިބޫ ދައްކަވަނީ ސިޔާސަތުތަކުގެ ވާހަކަ، ރައީސް ޔާމީން ކުރައްވާ ކަމަކީ ސިޔާސީ ބޭފުޅުންނަށް ހަމަލާތައް ދިނުން

16 ސެޕްޓެމްބަރު 2018
އިބޫ ދައްކަވަނީ ސިޔާސަތުތަކުގެ ވާހަކަ، ރައީސް ޔާމީން ކުރައްވާ ކަމަކީ ސިޔާސީ ބޭފުޅުންނަށް ހަމަލާތައް ދިނުން
11 އޮކްޓޯބަރު 2017

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!
13 ފެބުރުއަރީ 2017

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!
17 ޖެނުއަރީ 2017

ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް

17 ޖެނުއަރީ 2017
ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް