Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޝޭޚް އިމްރާން އަބްދުﷲ

މިނިސްޓަރ އިމްރާން ފުރަތަަމަ ވަޒީފާއަކީ ހޮޓެލެއްގައި ތަށި ދޮވެދިނުން

ފުރަތަމަ ވަޒީފާގެ މުސާރައަކީ ދުވާލަކު 40 ރުފިޔާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 މެއި 2019 | ހޯމަ 22:13
މިނިސްޓަރ އިމްރާން ރާއްޖެޓީވީގެ \"ނުރަސްމީގަޑި\" ޕްރޮގްރާމްގައި މަސް މާރުކޭޓުގައި މަސް ވިއްކެވުމުގެ މަސައްކަތުގައި: ޒާތީ ދިރިއުޅުގެ ވާހަކަތައް ރާއްޖެޓީވީއާ ހިއްސާ ކުރެއްވި

މިނިސްޓަރ އިމްރާން ރާއްޖެޓީވީގެ \"ނުރަސްމީގަޑި\" ޕްރޮގްރާމްގައި މަސް މާރުކޭޓުގައި މަސް ވިއްކެވުމުގެ މަސައްކަތުގައި: ޒާތީ ދިރިއުޅުގެ ވާހަކަތައް ރާއްޖެޓީވީއާ ހިއްސާ ކުރެއްވި

ކާމިޔާބަކީ މަސައްކަތްތެރިންގެ ހައްޤެކޭ މީހުން ބުނެ އުޅެއެވެ. ކިތަންމެ ދަތި ހާލެއްގައި އުޅެން ޖެހުނަސް ނުވަތަ ކިތަންމެ އުނދަގުލަކާ ކުރިމަތިލާން ޖެހުނަސް އެކަމާ ކެރިގެން ކުރިމަތިލައި ހިތްވަރާއެކު މަސައްކަތް ކުރުމުން ލަނޑުދަނޑިއަށް ވާސިލުވެވޭނެ ކަން އެއީ އެންމެން ޤަބޫލުކުރާ ހަޤީޤަތެކެވެ. އޭގެ މިސާލެއްގެ ގޮތުން ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲގެ ދިރިއުޅުމުގެ ވާހަކަ ފާހަގަކޮށްލެވެއެވެ. ރަށުގައި ތައުލީމު ހާސިލު ކުރައްވަން އުޅުއްވުމަށްފަހު ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލައްވައި އެ މަޤާމާ ހިސާބަށް ވަޑައިގަތް ގޮތް މިނިސްޓަރ ވަނީ "ރާއްޖެޓީވީ"އަށް ކިޔާދެއްވާފައެވެ.

އެ ވާހަކަތައް ރާއްޖެޓިވީއަށް ކިޔައި ދެއްވީ ރަމަޟާން މަހަށް ޚާއްސަކޮށްގެން މިއަހަރު ވެސް ގެނެސްދޭ "ނުރަސްމީ ގަޑި" ޕްރޮގްރާމްގައެވެ. އެ ޕްރޮގްރާމްގައި މިނިސްޓަރުގެ ޒުވާން ދުވަސްވަރުގެ ތަޖުރިބާތަކުގެ ވާހަކަަތައް ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، ތައުލީމު ހާސިލު ކުރައްވަން އުޅުއްވި ދުވަސްވަރުގައި ލިބޭ ޗުއްޓީތަކުގައި މަސް ބާނަން ވަޑައިގަންނަވާ ކަމަށާއި، ފަހުން ތައުލީމު ހާސިލު ކުރައްވަން، މީގެ 27 އަހަރު ކުރިން، 1991 ވަނަ އަހަރު މާލެ ވަޑައިގެން އުޅުއްވި އިރު ހޮޓަލެއްގައި ވެއިޓަރެއްގެ ވަޒީފާ އަދާ ކުރެއްވި ކަަމަށެވެ. ވެއިޓަރަކަށް ބަދަލުވީ ތަށިދޮވެދީގެން ކަމަށް ވިދާޅުވިއެވެ. އަދި އޭރު މުސާރައަކީ ދުވާލަކަށް 40 ރުފިޔާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެ ވަޒީފާ ތެރެއިން ކެއްކުމަށް ޚާއްސަ ޝައުޤުވެރިކަމެއް އުފެދުންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މެލޭޝިއާގައި ކިޔަވަން އުޅުއްވިއިރު ވެސް އަމިއްލަފުޅަަށް ކައްކައި އުޅުއްވި ކަމަށެވެ.

އޭގެ ފަހުން ސިޔާސީ ދާއިރާއަށް ވަދެވަޑައިގަތް ގޮތާމެދު ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވަން ކުރިން ނުވިސްނަވާ ކަމަށާއި، ފެށުނީއްސުރެ ޝައުޤުވެރިކަން ހުރީ ކިޔަަވައިދިނުމަށް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ސިޔާސީ ވިސްނުމެއްގައި މަސައްކަތް ކުރެއްވުމަށްވުރެ ބޮޑަށް މިހާރު ވެސް މަސައްކަތް ކުރައްވަނީ ކަންކަން ރަނގަޅުކޮށް އިސްލާހު ކުރުމުގެ ވިސްނުމެއްގައި ކަމަށެވެ.

ޒާތީ ދިރިއުޅުމުުގެ ވާހަކަތައް ހިއްސާ ކުރައްވަމުން އިމްރާން ވިދާޅުވީ، އަނބިކަނބަލުންނާއި ކައިވެނި ބައްލަވައިގެންނެވިތާ 15 އަހަރުވެފައިވާ ކަމަށެވެ. އެ ކައިވެންޏަށް 5 ކުދިން ވެސް ވަނީ ލިބިވަޑައިގެންފައެވެ. އޭނާގެ ޒަވާޖީ ހަޔާތް ވަރަށް ކާބިޔާބު ކަމަށް ވިދާޅުވިއެވެ. އަދި އަނބިކަނބަލުންގެ ހިތްވަރު ގަދަކަން ފެނިވަޑައިގަތީ ޖަލުގައި ހުންނެވި ދުވަސްވަރު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން އިމްރާންގެ އަނބިކަނބަލުން ވިދާޅުވީ، އިމްރާނަކީ ދަރިންނަށް ވަރަށް ރަނގަޅު ބައްޕައެއް ކަމަށާއި، އިމްރާނަށް އެންމެ ބޮޑަށް ލޯބިކުރައްވާ އެއް ސަބަބަކީ ވެސް އެއީ ކަމަށެވެ. އިމްރާން ޖަލުގައި ހުންނެވިއިރު އާއިލާއިން ކުރި ހިތްދަތި އިހުސާސް ވެސް އަނބިިކަނބަލުން ވަނީ "ރާއްޖެޓީވީ"އަށް ކިޔައިދެއްވާފައެވެ.

އާއިލާއާ އެކު ވަގުތު ހޭދަކުރުމަށް ޚާއްސަ ސަމާލު ކަމެއް ދެއްވާކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، އާއިލާއާ އެކު ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނުގެ ނާސްތާ ނެގުމަކީ އަބަދުވެސް ކުރާ ކަމެއް ކަމަށާއި، އެގޮތަށް އެކަން ކުރާތާ އަށް އަހަރުވެއްޖެ ކަމަށެވެ. އަދި އާއިލާ އާއި ދުރުގައި ހުންނެވި އިރު ދަރިން ވެސް އެންމެ ބޮޑަށް "މިސްވި" އެއް ކަމަކީ އެއީކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކުރީގެ ސަރުކާރާ ދެކޮޅަށް ބޭއްވި "މޭޑޭ މުޒާހަރާ"ގައި ހަމަނުޖެހުމަށް ހިތްވަރު ދެއްވައި ވާހަކަ ދެއްކެވި ކަމަށް ބުނެ، 2015 ވަނަ އަހަރު ވަނީ އިމްރާނަށް ވަނީ 12 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައެވެ. ނަމަވެސް އެ ހުކުމް މިހާރު ވަނީ ބާތިލުކޮށްފައެވެ. އަދި ސިޔާސީ ގޮތުން އެކި ފިއްތުންތަކާ ކުރިމަތިވުމަށްފަހު މިހާރު ރާއްޖޭގެ ހޯމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އިމްރާނަށް ގިނަ ބައެއްގެ ތައުރީފް ދަނީ އޮހެމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝެއިޚް އިމްރާންގެ އަނބިކަނބަލުންގެ ހިތްދަތި އިހްސާސްތައް: ބައެއް ދަރިން ތިބެނީ ހާސްވެ ބިއްޖެހިފައި

ޝެއިޚް އިމްރާންގެ އަނބިކަނބަލުންގެ ހިތްދަތި އިހްސާސްތައް: ބައެއް ދަރިން ތިބެނީ ހާސްވެ ބިއްޖެހިފައި

25 ޖެނުއަރީ 2018
އިސްލާމިކް މިނިސްޓަރުގެ ދެއުޅިއެއްނުވާ ބަޔާންތައް، އިހްލާސްތެރިކަންވެސް ނެތް

އިސްލާމިކް މިނިސްޓަރުގެ ދެއުޅިއެއްނުވާ ބަޔާންތައް، އިހްލާސްތެރިކަންވެސް ނެތް

29 ޑިސެމްބަރު 2017
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޤާމުން އަޒުލުކުރަންޖެހޭ!

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޤާމުން އަޒުލުކުރަންޖެހޭ!

19 ނޮވެމްބަރު 2017
ފޮރިން މިނިސްޓަރ އާސިމް ލުބްނާނަށް ވަޑައިގަތީ އާފަލު ހޯއްދަވަން؟

ފޮރިން މިނިސްޓަރ އާސިމް ލުބްނާނަށް ވަޑައިގަތީ އާފަލު ހޯއްދަވަން؟

27 އޮކްޓޯބަރު 2017
މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!

މިނިސްޓަރު މުއިއްޒު ހުންނެވީ ގާނޫނަށްވުރެ މަތީގައި؟!

01 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު