Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޗެސް ކުޅުންތެރިޔާ ސާރާ

ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް

ޗެސް އަކީ މީހާގެ ވިސްނުން ރަނގަޅުވެ، ރީތި ދިރިއުޅުމަކަށް މަގުފަހިވާ ކުޅިވަރެއް: ސާރާ

އާލާ އިބުރާހިމް
އާލާ އިބުރާހިމް, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2017 | އަންގާރަ 09:30
ސާރާ ޚާދިމް ޗެސް ކުޅެން ފެށީ ޢުމުރުން އެންމެ އަށް އަހަރުގައި

ސާރާ ޚާދިމް ޗެސް ކުޅެން ފެށީ ޢުމުރުން އެންމެ އަށް އަހަރުގައި

އީރާންގެ ޗެސް ކުޅުންތެރިޔާ ސާރާސާދަތް ޚާދިމަލްޝަރީޢާ، މަޤްބޫލު ނަމުން ނަމަ ސާރާ ޚާދިމް ޗެސް ކުޅެން ފެށީ އޭނާގެ ޢުމުރުން އެންމެ އަށް އަހަރުގައެވެ. ޢުމުރުން 19 އަހަރުގެ ސާރާ އަކީ ޗެސް ކުޅުމުގެ ރޮނގުން އިންޓަނޭޝަނަލް މާސްޓަރ އަދި ވުމަން ގްރޭންޑް މާސްޓަރ ގެ ޝަރަފްވެރި މަޤާމްތައް ހޯދާފައިވާ ކުޅަދާނަ ކުޅުންތެރިއެކެވެ.

މިކުޅިވަރަށް އޭނާ ޝައުޤުވެރިކަން އިތުރުވެގެން ދިޔައީ ކުޅެން ފެށިތާ އެންމެ ހަތަރު އަހަރު ފަހުން އޮތް 12 އަހަރުން ދަށުގެ ވޯލްޑް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ފަހު ކަމަށް ސާރާ ބުނެއެވެ. އޭނާއާއެކު ކިޔަވަމުން އައި ރަޙުމަތްތެރިއަކު ޗެސްގެ ވާހަކަ އޭނާ ގާތު ބުނުމުން ވެދާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތި ފެށި ކުޅިވަރު، އޭނާއަށް ކިޔެވުމަށްވުރެ މުހިއްމު ވެގެން ދިޔަ ހިސާބަކީވެސް އެއީއެވެ.

މިއަހަރު އޮންނަ ވުމަންސް ވޯލްޑް ޗެމްޕިއަންޝިޕް އީރާނުގެ ވެރިރަށް ޠެހެރާނުގައި ބޭއްވުމަށް ހަމަޖެހިފައިވަނިކޮށް އަލްޖަޒީރާގެ ޓީމުން ވަނީ ސާރާގެ އިންޓަވިއުއެއް ނަގާފައެވެ.

ސާރާއާއި ޙަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ކުޅިވަރުކުޅުމާއި ތަފާތު ކުޅިވަރު އިވެންޓްތަކަށް އަންހެނުން ދިއުން މަނާކުރާ ސަޤާފަތެއް އޮންނަ އީރާނުގައި، ތަފާތު ކުޅިވަރުތަކަށް ސަމާލުކަން ލިބެމުން އަންނައިރު، ވަކިން ޚާއްޞަކޮށް އަންހެން ކުދިންގެ މެދުގައި ކުޅިވަރުގެ ރޫޙު އިތުރުވަމުން އަންނަ ކަން ފާހަގަކުރެވޭ ކަމަށެވެ.

ދުނިޔޭގެ ޗެމްޕިއަންކަން ލިބުނު ގޮތް ކިޔައިދެމުން ސާރާ ބުނެފައިވަނީ އޭނާ ގްރޭޑް ދޭއްގައި ކިޔަވަމުން ދަނިކޮށް ރަޙުމަތްތެރިއަކު ޗެސްގެ ވާހަކަ ބުނިއިރު، އޭނާއަކީ ދުވަހަކު ޗެސް ބޯޑެއް ދެކުނުވެސް ދަރިވަރެއް ނޫން ކަމަށެވެ. އޭނާގެ ޢާއިލާގައިވެސް ޗެސް ކުޅޭ މީހަކު ނުހުންނަކަމަށް ބުނަމުން ސާރާ ބުނީ، އެންމެ ފުރަތަމަ ޗެސް ކުޅެން ފެށީ ހުސް ވަގުތުގައި ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް، ދުވަސްވަމުން ދިޔަ ވަރަކަށް ޗެސްއަށް ޝައުޤުވެރިކަން އުފެދި، ދުވާލަކު ހަ ގަޑިއިރު ނުވަތަ ހަތް ގަޑިއިރު ޗެސް ކުޅުމުގައި ހޭދަކުރަން ފެށި ކަމަށެވެ. އަދި ހަތަރު އަހަރު ފަހުން އެ ހުރިހާ ވަގުތެއްގެ އަގު އަދާ ކުރެވުނީ ދުނިޔޭގެ ޗެމްޕިއަންކަން ޢުމުރުން އެންމެ 12 އަހަރުގައި ލިބުމުން ކަމަށް ސާރާ ބުންޏެވެ.

ސާރާ ބުނީ ޗެސްއަކީ ކަންކަމާމެދު މީހާގެ ސަމާލުކަން އިތުރުވެ، ކިޔެވުމަށް ޝައުޤުވެރިކަން ހުންނަ ކުއްޖަކު އެކަމުންވެސް ކުރިއަރައިގެން ދާނެ ކަމަށް ކަމަށެވެ. އެހެންނަމަވެސް، އޭނާއަށް ދިމާވީ މުޅިން ތަފާތު ގޮތަކަށް ކަމަށް ބުނަމުން، ސާރާ ބުނީ، ޗެސްއަށް އުފެދުނު ޝައުޤުވެރިކަމާއެކު އޭނާ ސްކޫލަށް ދިއުން މަދުވެ، ކިޔެވުމަށްވެސް ދަށްވާން ފެށި ކަމަށެވެ. އެހެންނަމަވެސް، ބައްޕަގެ އެހީތެރިކަމާއެކު އިމްތިޙާންތަކުން މަތީ ވަނަަތަކެއް ނުލިބުނު ކަމުގައިވިޔަސް ފާސްވާވަރު ވާ ކަމަށް ސާރާ ބުންޏެވެ.

ޗެސްއަކީ އޭނާއަށް މުހިއްމު އެއްޗެއް ކަމުގައި ވީ ދުނިޔޭގެ ޗެމްޕިއަންކަން ލިބުނު ހިސާބުންނެވެ. އޭރު އޭނާއަކީ މުޅި އީރާނުންވެސް އެޝަރަފްވެރި މަޤާމް ކަށަވަރުކުރި ތިން ވަނަ މީހާއެވެ. އޭގެ ފަހުން ޗެސް އަކީ އޭނާގެ ޕްރޮފެޝަން ކަމުގައި ވެގެން ދިޔައެވެ.

ކޮންމެއަކަސް ކިޔެވުމަށްވެސް ޝައުޤުވެރިކަން ހުންނަ ސާރާ މިހާރު ރާވަމުން ގެންދަނީ ގްރެފިކްސް ޑިޒައިނިންގ ދާއިރާއިން ތަޢުލީމް ޙާޞިލް ކުރުމަށެވެ. އޭނާ މިހާރު ވަނީ ޔުނިވަސިޓީއަކަށް އެޕްލައި ކޮށްފައެވެ. އެހެންނަމަވެސް، ވާނެ ގޮތެއް އަދި ނޭނގޭ ކަމަށް ސާރާ ބުނެއެވެ.

އީރާނުގައި ކުރިއަރަމުން އަންނަ ޗެސްއަށް އެޤައުމުގެ ޒުވާނުންގެ ޝައުޤުވެރިކަން އިންތިހާއަށް އިތުރުވަމުން އަންނައިރު، އެޤައުމުގެ ޗެސް ޤައުމީ ޓީމުގައި 12 އަހަރާއި 16 އަހަރާ ދެމެދުގެ ކުޅުންތެރިން ހިމެނެއެވެ. އެހެންކަމުން އީރާނުގައި މި ކުޅިވަރަށް ވަރަށް އުޖާލާ މުސްތަޤްބަލެއް އެބައޮތް ކަމަށް ބެލެވެއެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އީރާނުގައި ފުޓުބޯޅަ ފިޔަވާ ދެވަނައަށް އެންމެ ގިނަ މީހުން ކުޅޭ ކުޅިވަރަކީވެސް ޗެސްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖީ20 އަކީ ކޮބާ؟

ޖީ20 އަކީ ކޮބާ؟

09 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

ޓިއުބް ލައިޓްގެ އަސްލު ވާހަކަ އަކީ ކޮބާކަން އެނގޭތަ؟

15 ޖޫން 2017
ޒުވާން ރައީސް މެކްރޮންއަކީ ކޮން ބޭފުޅެއް؟

ޒުވާން ރައީސް މެކްރޮންއަކީ ކޮން ބޭފުޅެއް؟

09 މެއި 2017
ދިރާގު ޓީވީއަކީ ކޮބާ؟

ދިރާގު ޓީވީއަކީ ކޮބާ؟

25 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު