Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

އިބޫ ދައްކަވަނީ ސިޔާސަތުތަކުގެ ވާހަކަ، ރައީސް ޔާމީން ކުރައްވާ ކަމަކީ ސިޔާސީ ބޭފުޅުންނަށް ހަމަލާތައް ދިނުން

ރައްޔިތުންނާއި ބައްދަލުކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހް ހާމަކުރައްވަނީ އެމަނިކުފާނު ސިޔާސަތުތައް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2018 | އާދީއްތަ 14:35
ރައީސް އަބްދުﷲ ޔާމީނާއި، އިބްރާހިމް މުހަައްމަދު ސޯލިހް

ރައީސް އަބްދުﷲ ޔާމީނާއި، އިބްރާހިމް މުހަައްމަދު ސޯލިހް

މިއީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެވެ. އިންތިހާބުގެ އެންމެ ފޯރިގަދަ ދުވަސްވަރު އެވެ. ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަމުގެ ވައުދުތައް ވެވަޑައިގަންނަަވަމުން ގެންދަވާ ދުވަސްވަރު އެވެ. އެ ބޭފުޅުންގެ ތަސައްވަރު ރައްޔިތުންނަށް ބުނެދެއްވާ ދުވަސްވަރު އެވެ.

ފޯރިޔާއެކު ކެމްޕޭން ކުރިއަށް ދާއިރު، އިންތިހާބުގެ ދެ ކެންޑިޑޭޓުންގެ ފަރާތުން ފެނިގެންދަނީ ވަރަށްވެސް ތަފާތު މަންޒަރެކެވެ. އެއް ކެނޑިޑޭޓަކު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށް، ރައްޔިތުންގެ ހާލު އޮޅުން ފިލުވުމަށް ހުއްޓުމެއް ނެތި ދަނީ މަސައްކަތްކުރައްވަމުންނެވެ. ހަމަ ނިދި ލިބިވަޑައިނުގަތް ނަމަވެސް ރައްޔިތުންނާއި ބައްދަލުވެ، ރައްޔިތުންގެ އަޑުއެއްސެވުމަށް ކުރައްވާ ދަތުރުފުޅުތަކަށް ވަރަށް ބޮޑު އިސްކަމެއް ދެއްވަ އެވެ.

ދެ ވަނަ ކެންޑިޑޭޓްގެ ފަރާތުންނާއި، ކެމްޕޭން ޓީމްގެ ފަރާތުން ފެނިގެންދަނީ މުޅިން އިދިކޮޅު މަންޒަރު އެވެ. ކެމްޕޭންގައި މިއަދާ ހަމައަށް އައިރު އެކަން އެއޮތީ ރައްޔިތުންނަށް ސާފުވާ މިންވަރަށް ފެނި ހާމަވާށެވެ. ކޮންމެއަކަސް ދައްކަން މި އުޅެނީ އެ ވާހަކައެއް ނޫނެވެ. ދެ ބޭފުޅުންގެ ކެމްޕޭނާއި، ވާހަކަފުޅުތަކުން ފެންނަ އެހެންކަމެއްގެ ވާހަކަ އެވެ.

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރަށްރަށަށް ވަޑައިގެން ކުރައްވާ މަސައްކަތަކީ ރައްޔިތުންނަށް ސިޔާސަތުތައް ވިއްކުމާއި މެނިފެސްޓޯ ހާމަކުރުމުގެ މަސައްކަތެވެ. ރައްޔިތުންނަށް ދިމާވެފައިވާ ހުރި އުދަނގޫތަކާއި، ރައްޔިތުންގެ ބޭނުންތައް އޮޅުން ފިލުމުގެ މަސައްކަތެވެ. ކިތަންމެ ކުޑަ އާބަދީއެއް ދިރިއުޅޭ ރަށެއް ކަމަކު އަދި އާބާދީ ބޮޑު ރަށެއް ކަމަކު، އެކަމުގައި ތަފާތެއް ނުގެންގުޅުއްވަ އެވެ. ރައްޔިތުންގެ ހުރި ވާހަކަތައް ކަނުލާ އަޑު އައްސަވަ އެވެ.

ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދެއްކެވުމަށް ލިބިވަޑައިގަންނަވާ ޕޯޑިއަމްގެ ބޭނުން ހިތްޕަވަނީ ސިޔާސީ ބޭފުޅުންނަށް ބަހުގެ ހަމަލާތައް ދެއްކެވުމަކަށް ނޫނެވެ. ސިޔާސީ ބޭފުޅުންނަށް އެއްޗެތި ގޮވުމަކަށް ނޫނެވެ. ތިމާގެ ބޮޑާއި ކަމާއި ކިބުުރވެރިކަމާއި ބާރުވެރިކަން ދެއްކުމަކަށް ނޭނެވެ.

އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޕޯޑިއަމްގައި ކުރައްވާ ކަމަކީ ރައްޔިތުންނަށް ސިޔާސަތު ވިއްކުމުގެ މަސައްކަތެވެ. މެނިފެސްޓޯ ބުނެދިނުމުގެ މަސައްކަތެވެ. ކުރިއަށް އޮތް ފަސް އަހަރު އެމަނިކުފާނުގެ ތަސައްވަރު ހާމަކުރެއްވުމުގެ މަސައްކަތެވެ. ރަށްރަށަށް ބޭނުންވެފައިވާ ކަންތައްތަކަށް އެމަނިކުފާނަށް ހޯދައިދެވޭނެ ހައްލުތައް ރައްޔިތުންނާއި ހިއްސާކުރެއްވުމުގެ މަސައްކަތެވެ.

ބޮޑާއިކަމާއި ކިބުރުވެރިކަމެއް ނެތި، ރައްޔިތުންނާއެކު ހުންނެވިި ބޭފުޅެއްކަން ހާމަކުރެއްވުމުގެ މަސައްކަތެވެ. އިބޫގެ މުޅިި ކެމްޕޭން ފެނިގެންދަނީ މި ދެންނެވިި މަންޒަރު އެވެ. ދެން އޮތީ އިބޫ އާއި ވާދަކުރައްވާ ކެންޑިޑޭޓްގެ ވާހަކަ އެވެ. ވެރިކަމުގައި ހުންނެވި ބޭފުޅާގެ ވާހަކަ އެވެ. ރައީސް ޔާމީން ކެމްޕޭންގައި ކުރައްވާ ކަންތައްތަކުގެ ވާހަކަ އެވެ.

އިންތިހާބަށް 6 ދުވަހަށްވީއިރު، މިހަތަނަށް ރައީސް ޔާމީނާއި އެމަނިކުފާނުގެ ކެމްޕޭން ޓީމަށް މެނިފެސްޓޯއެއް ހާމަކުރެވިފައެއް ނުވެ އެވެ. ރައްޔިތުންނަށް ކޮށްދެއްވާނެ ކަަންކަން ހާމަކޮށްދެއްވިފައެއް ނުވެ އެވެ. ކުރިއަށް އޮތް ފަސް އަހަރުގެ ތަސައްވަރު ހާމަކޮށްދެވިފައެއް ނުވެ އެވެ.

ކެމްޕޭންގައި މި ހިސާބަށް އައިރު ރައީސް ޔާމީންވެސް ރާއްޖޭގެ ބޮޑެތ އާބާދީތަކަށް ވަޑައިގެން ކެމްޕޭން ހަރަކާތްތަކެއް ކަމަށް ވިދާޅުވެ، ހަރަކާތްތަކެއް ކުރިއަށްގެންދަވާފައިވާ ކަމަށް ޕީޕީއެމުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެއީ ރައީސުލްޖުމްހޫރިއްޔާގެ ހައިިސިއްޔަތު ކުރެއްވި ދަތުރުފުޅުތަކެއް ކަމެއް ނުވަތަ ނޫން ކަމެއް އޮތީ ސާފު ނުވެ އެވެ.

ދެން އޮތީ ޕޯޑިއަމްގައި އެމަނިކުފާނު ދައްކަވަމުންގެންދަވާ ވާހަކަފުޅުތަކެވެ. ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދެއްކުވުމަށް ލިބިވަޑައިގަންނަވާ ޕޯޑިއަމްގެ ބޭނުންވެސް ހިތްޕަވަނީ މުޅިން އެހެން ގޮތަކަށެވެ. ރައްޔިތުންނާއި ދިމާލަށް ހަރު ބަސްތަކުން މުޚާތަބު ކުރެއްވުމަށެވެ. 23 ސެޕްޓެމްބަރަށް ފަހުގައި އަސްލު ސޫރަ ފެންނާނެ ކަމަށް ވިދާޅުވެ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެޔަށް ވެއްޓޭނެ ފަދަ ވާހަކަތަށް ދެއްކެވުމަށެވެ. އިދިކޮޅު ފަރާތްތަކަށް ބަހުގެ ހަމަލާތައް ދެއްވުމަށެވެ. ރައީސް ނަޝީދަށް ބަހުގެ ހަމަލާ ދެއްވުމަށެވެ. ގަޑިއެއްހާއިރު ވާހަކަފުޅުދައްވާއިރު، ވިއްސަކަށްފަހު ރައީސް ނަޝީދުގެ ނަންފުޅު ވިދާޅުވެއެވެ. ނުވަތަ ކޮންމެވެސް ސިޔާސީ ބޭފުޅަކަށް ބަހުގެ ހަމަލާތައް ދެއްވަ އެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުތައް އަޑުއައްސަވާ ރައްޔިތުންނަށް މި ދެންނެވި ކަންތައްތައް ވަރަށްވެސް ރަނގަޅަށް ސާފުވާނެ އެވެ.

މިއީ ދެ ކެނޑިޑޭޓުންގެ މެދުގައި ހުރި ކުޑަކުޑަ ތަފާތެއްގެ ވާހަކަ އެވެ. ގޮތް ނިންމާނީ ރއްޔިތުންނެވެ. އިންތިހާބު ބޯމަތިވެފައި އޮތްއިރު، އިހްތިޔާރުކުރާނީ ރައްޔިތުންގެ އަޑު އައްސަވާ ބޭފުޅެއްތޯ ނުވަތަ ނޫންތޯ ނިންމާނީ ރައްޔިތުންނެވެ. ޤައުމު އެކަތިގަނޑަކަށް ހައްދަވާނެ ހިތްތިރި ބޭފުޅެއްތޯ ނުވަތަ ސިޔާސީ ބޭފުޅުންނާއި ރައްޔިތުންނަށް ކުރުދޮށިން ދެއްވޭ ވެރިޔެއްތޯ ނިންމާނީވެސް ރައްޔިތުންނެވެ.

މިއީ ރައްޔިތުންނަށް ރައްޔިތުންގެ ނިންމުން ނިންމުމަށް ލެބޭނެ ފުރުސަތު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު