Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނުކުޅެދުންތެރިކަން

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކުރަން ސަރުކާރުން ހެދީ ދެކޮޅު

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2017 | ހޯމަ 15:33
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދިންކަން އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -ފޮޓޯ/ ރައީސް އޮފީސް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދިންކަން އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -ފޮޓޯ/ ރައީސް އޮފީސް

ގައުމީ ޓީވީ ހުޅުވާލިޔަސް އެ ވާހަކައެވެ. ސަރުކާރުން ބާއްވާ އިވެންޓްތަކުގައި ވެސް އެ މައުސޫމް މޫނުތަކެވެ. ހަފްލާތަކުގައި ވެސް ސަރުކާރުގެ އިސްވެރިން ހަރު އަޑުން ގޮވަމުން ދަނީ އެ ވާހަކައެވެ. ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ސަރުކާރުން ކޮށްދޭ ކަންކަމުގެ ވާހަކައެވެ. ވަޒީފާތައް ތަނަވަސްކޮށްދޭ ވާހަކައެވެ. އެއްފަހަރާ ގިނަ ވަޒީފާތަކެއް ކުންފުނިތަކުން އެ ފަރާތްތަކަށް ފޯރުކޮށްދޭ ވާހަކައެވެ. ހަމަ ކުއްލިއަކަށް ސަރުކާރުގެ އިވެންޓްތަކުގެ ކުރީ ސަފުގައި ވެސް އެފަދަ ފަރާތްތަކާއި އެފަދަ ކުދިންނެވެ. ވެގެން މިއުޅެނީ ކީއްހެއްޔެވެ؟

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައަށް ބާކީ ބައެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރުމަށް ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އަދި ވަކި ނިޒާމެއްގެ ތެރެއިން ކަންކަން ހަމަޖެހިގެން ދިޔަތާ މާގިނަ ދުވަހެއް ނުވެއެވެ. ރާއްޖެއަށް 2008 ވަނަ އަހަރު އައި ބަދަލުތަކާ އެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއް ފުރަތަމަ ފަހަރަށް ހަމަޖެހިގެން ދިޔައެވެ. އޭގެ ކުރިން އެފަދަ ފަރާތްތަކުގެ ބެލެނިވެރިން އެހީ ހޯދަން ޖެހެނީ ވިޔަފާރިވެރިން ކައިރިން ސަލާން ޖަހައިގެންނެވެ. ނުވަތަ ރިޔާސީ ގަނޑުވަރުން ދޫކުރާ ސިޓީ އުރަ ހޯދައިގެންނެވެ. ސަރުކާރުގެ ލޮލުގައި އެކުދިން އަޅައެއް ނުގަނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ވެސް މުޖުތަމައުގައި މުހިންމު ބައެކެވެ. އެ ފަރާތްތަކަށް ވަޒީފާތައް ހަމަޖެހިގެން ދިޔުމަކީ ވެސް ރަނގަޅު ކަމެކެވެ. ހެޔޮ ބަދަލެކެވެ. ސަރުކާރުން ބާއްވާ އިވެންޓްތަކުގެ ކުރީ ސަފުން އެފަދަ ފަރާތްތައް ފެނުމަކީ ވެސް ހަމަ އެންމެ ރަނގަޅު ކަމެކެވެ. ނަމަވެސް ސުވާލަކީ މި ސަރުކާރުން އެކަން ކުރަމުން ގެންދަނީ ހެޔޮ ނިޔަތުގައި ހެއްޔެވެ؟

ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ މައްސަލަތައް ފެންމަތިވެގެން އުޅެނީކީ އިއްޔެއަކު މިއަދަކު ނޫނެވެ. އެ ކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި އެފަދަ ފަރާތްތަކުގެ އެމްބެސެޑަރު އަހްމަދު ހިޝާން ވެސް ވަނީ އެތައް ފަހަރެއްގެ މަތިން އެކުދިންގެ މައްސަލަތައް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފައެވެ. އުމުރުން ދުވަސްވީ މީހުންގެ އިނާޔަތްތައް ބޮޑުކުރުމާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިނާޔަތްތައް ބޮޑުކޮށްދޭތޯ ބިލެއް ވެސް މަޖިލީހަށް ވެއްދިއެވެ. ނަމަވެސް މި ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ އެ ބިލް ބޭރުކޮށްލާފައެވެ. އެހެން ކަމުން އެ ފަރާތްތަކާ މެދު ސަރުކާރުގެ ވިސްނުން ހުރީ ކިހިނެއްކަން ވަރަށް ރަނގަޅަށް ހާމަވެއެވެ.

އިނާޔަތް ބޮޑު ނުކުރީ ސަރުކާރުގެ އެހެން ޕްލޭނެއް އެކަމަށް އޮތުމުން ކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ. އެއީ އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީގެން މައްސަލަ ހައްލުކުރުމުގެ ޕްލޭނެވެ. އެއީ ރަނގަޅު ޕްލޭނެކެވެ. ނަމަވެސް ސުވާލަކީ އެއީ ކިހާވަރެއްގެ ދިރާސާއެއް ކުރެވިގެން ކުރާ ކަމެއްތޯއެވެ؟

ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި ހަމަ ކުއްލިއަކަށް ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ސަރުކާރުން ސަމާލުކަން ދީގެން އުޅެނީ ސިޔާސީ ބޭނުމެއްގައެވެ. މީހުންގެ ސަމާލުކަން ހޯދުމަށެވެ. ސަރުކާރަކީ އޯގާތެރި ސަރުކާރެއްކަން ދެއްކުމުގެ ގޮތުންނެވެ. ކުންފުނިތަކުގައި ހިންގާ ޖަރީމާތައް އެފަދަ ފަރާތްތަކުގެ ބޮލުގައި އެޅުވުމަކީ ވެސް އެފަދަ ފަރާތްތަކަށް ވަޒީފާ ދޭ ސަބަބެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. އެހެން ސަރުކާރެއް އަންނަ ދުވަހަކުން ކުންފުނިތަކުގައި ހިންގާފައިވާ ޖަރީމާތައް ތަހްގީގުކުރާ އިރު ޒިންމާކުރާނެ ފަރާތްތަކަކަށް ކުންފުނިތަކުން ފުރުސަތު ދެނީ ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ކޮންމެޔަކަސް ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ސަރުކާރުން މަސައްކަތްކުރާ ނަމަ އެއީ ރަނގަޅު ކަމެކެވެ. ނަމަވެސް މި ސަރުކާރުން ކުރާ ކޮންމެ ކަމެއްގެ ފަހަތުގައި ފޮރުވިފައިވާ ރޭވުމެއް އޮވެޔޭ އިދިކޮޅު ފަރާތްތަކުން ބުނާތީ މި ކަމުގައި ވެސް ގިނަ ރައްޔިތުންގެ ހިތުގައި ސަރުކާރުގެ ނިޔަތާ މެދު ސުވާލު އުފެދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!

ފުލުހުންނަށް އަހަރަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެނީ ހަމައެކަނި ރައީސް ޔާމީން ޙިމާޔަތްކުރާކަށް ނޫން!

28 ޑިސެމްބަރު 2017
ފުލުހުންނަށް އޮޅިގެން ކުރެވޭ ކަންތަކުން ދައުލަތުގައި \"މޮޔަ\" ސިފަ ޖެހިފައި؟

ފުލުހުންނަށް އޮޅިގެން ކުރެވޭ ކަންތަކުން ދައުލަތުގައި \"މޮޔަ\" ސިފަ ޖެހިފައި؟

21 ޑިސެމްބަރު 2017
އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

އެއީ ކޮން މިލިއަން ޑޮލަރެއްތޯ؟ ހަނު ހުންނަވައިގެން ފަރުޖެއްސޭކަށް ނެތް!

03 ނޮވެމްބަރު 2017
އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާއެވެ.

އަހަރެން އަދާކުރީ އަހަރެންގެ ވަޒީފާއެވެ.

17 އޮކްޓޯބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު