Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކޮމިޝަންތަކަށް ޤާނޫނީ ބާރުވެރިކަން ދިނުން: ބިރުން ތިޔަ އުޅުއްވަނީ ކީއްވެތޯ!

ޕީޕީއެމްގެ މެމްބަރުން ވަނީ ބިލް މަޖިލީހަށް ހުށަހެޅުމާއެކު އިހްތިޖާޖްކޮށްފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2018 | ހޮނިހިރު 01:50
ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވިި ދެ ކޮމިޝަނަށް ޤާނޫނީ ބާރުވެރިކަން ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލާއެކު، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ޕީޕީއެމުން ފެނިގެންދިޔައީ ތަފާތު މަންޒަރެކެވެ. ސަރުކާރުގެ ފަރާތުން ބިލް މަޖިލީހަށް ހުށަހެޅުމާއެކު، ޕީޕީއެމަށް ނިސްބަތްވެވަޑޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރިޔާސަތުގައި އިންނެވި ބޭފުޅާއަށް ވާހަކަ ނުދެއްކޭ މިންވަރަށް އަޑުގަދަކޮށް، ދުންމާރި ފުމެ މުޒާހަރާކުރި އެވެ. ބިލް މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އެހުމަށްވެސް އެ މެމްބަރުން ފުރުސަތެއް ނުދެއްވި އެވެ.

ނަމަވެސް ހަމަ މި ދެންނެވި މެމްބަރުންނަކީ، ދުންމާރިޔާއި، ތާޅަފިލި މަޖިލީހުގެ ތަޅުމުގައި ބޭނުންކޮށް، މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް، މުޒާހަރާކުރުމާއި ދެކޮޅަށް ގަވައިދުތައް ހައްދަވައި، ރިޔާސަތުގެ ވަށައި ބޮޑު ފެންސެއް ޖެއްސެވި މެމްބަރުންނެވެ. ފަހަރުގައި އެ ދުވަހު، އެ މެމްބަރުން ކުރެއްވި ކަންތައްތައް ހަނދުމަފުޅުގައި ނެތީކަމަށްވެދާނެ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލާ ދެކޮޅަށް ޕީޕީއެމްގެ މެމްބަރުން މުޒާހަރާކުރަނީ -- ފޮޓޯ: އިވާ އަބްދުﷲ / މަޖިލީސް މެމްބަރު

ސުވާލަކީ ބިލްގައި ނެތް އެތަށް ކަންތައްތަކެއް ބިލްގައި ހިމެނޭކަމަށް ވިދާޅުވެ، ރައްޔިތުންނަށް ދޮގު މައުލޫމާތު ތަކެއްދީ، ބިލާ ދެކޮޅަށް ޕީޕީއެމްގެ އިސް ބޭފުޅުން މަސައްކަތް ކުރައްވަނީ ކީއްވެތޯ އެވެ. ހަޤީީޤަތުގައިވެސް ބިލްގައި އެ ވިދާޅުވާފަދަ ބޮޑެތި މައްސަލަތަކެއް ހުރުމުން އެ ބޭފުޅުން ފާޅުކުރައްވާ ކަންބޮޑުވުމެއްތޯ އެވެ. ނުވަތަ ހިންގި ކަމަށް ތުހްމަތުކުރާ ވައްކަމާއި، ކޮރަޕްޝަނާއި، މަރުތައް ފަޅާއަރާފާނެތީ ގަންނަ ބިރެއްގެ ސަބަބުން ކުރައްވާ ކަމެއްތޯ އެވެ.

ރައީސް ސޯލިހް އުފެއްދި ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލް ދިރާސާކުރުމަށް ކޮމެޓީ މަރުހަލާގައި ވަނިކޮށް، އަދި ކިޔެއްތަ ބިލް މަޖިލީހުން ފާސްވެސް ނުކުރަނީވެސް ޕީޕީއެމްގެ ރައީސްގެ މަޤާމުގައި ހުންނެވި އަބްދުﷲ ޔާމީން ވަނީ ބިލް ފާސްކޮށްފިނަމަ އެ މައްސަލާގައި ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. ބިލް އިސްލާހްކޮށް، ބިލަށް ބަދަލުތައް ގެނެސް، ބިލް ޤާނޫނަކަށްވުމުގެ ކުރިން އެތަށް މަރުހަލާތަކެއް ކުރިއަށް އޮތްއިރު، މިހާކުރީ ބައިގައި ބިލް، ޤާނޫނަކަށް ވެއްޖެނަމަ ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެކަމަށް އަބްދުﷲ ޔާމީން ވިދާޅުވުމުންވެސް، ޕީޕީއެމުން ބިލާ ދެކޮޅަށް ހައްދަވާ އަަސްލު ސަބަބާއިމެދު ސުވާލު އުފެދިގެންދެެ އެވެ.

ރައީސުލްޖުމްހޫރިއްޔާ، "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" ގެ މެންބަރުންނާއި ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

އޭގެ އިތުރުން ބިލްގައި ހުރި މައްސަލަތައް ގޮތުގައި އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީވެސް ބިލްގައި ނުވެސް ނެތް ކަންތައްތަކެއްގެ ވާހަކަ އެވެ. އެހެން ގޮތަށް ބުނާނަމަ، ބިލުން ކޮމިޝަނަށް ނުވެސްދޭ ބާރުތަކެއްގެ ވާހަކަ އެވެ. ކޯޓު އަމުރެއް ނެތި މީހުން ހައްޔަރުކުރުމާއި، މީހުންގެ މުދާ ހިފެއްހެޓުމަށް ކޮމިޝަނަށް ބާރުތައް ލިބޭ ކަމަށް އަބްދުﷲ ޔާމީން ވިދާޅުވި ނަމަވެސް ބިލްގައިވާ ގޮތުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހައްޔަރުކުރަން ބޭނުންނަމަ ކޮމިޝަނުން އެކަން ކުރަންޖެހެނީ ފުލުހުން މެދުވެރިކޮށް ކޯޓު އަމުރެއް ހޯދައިގެންނެވެ. އަދި މުދާ ހިފަހައްޓަން ވިޔަސް، ޕާސްޕޯޓް ހިފަހައްޓަންވިޔަސް ކޯޓުން އަމުރު ބޭނުންވާނެކަމަށް ބިލްގައި ބުނެފައިވެއެވެ.

ތެދެކެވެ. ބިލްގައި ޤާނޫނީގޮތުން ފުށުއަރާ މައްސަލަތަކެއް ހުރެދާނެ އެވެ. ނަމަވެސް ބިލްގައި ކޮމިޝަނަށްދީފައިވެސް ނުވާ ބާރުތަކެއްގެ ވާހަކަދައްކައި، އާންމު ރައްޔިތުންނަށް ނުރަނގަޅު މައުލޫމާތެއްދީ ބިލާ ދެކޮޅަށް އެގޮތަށް މަސައްކަތްކުރެއްވުމުން އަނެއްކަވެސް ޕީޕީއެމްގެ މެމްބަރުންނާއި، އެ ޕާޓީގެ އިސްވެރިންގެ ނިޔަތާއި މެދު ސުވާލު އުފެއްދުމަށް ޖާގަ ލިބިގެންދެ އެވެ.

ކޮމެޓީ މަރުހަލާގައި ޕީޕީއެމްގެ މެމްބަރުން 1000 ސަފުހާގެ ބޮޑެތި އެގްރިމެންޓްތައް 10 މިނެޓްގެ ތެރޭގައި ދިރާސާކުރި ނަމަވެސް މިއަދު އެކަން ވަނީ ބަދަލުވެފަ އެވެ. ބިލްތައް ދިރާސާކޮށް، ކޮމެޓީ މަރުހަލާގައި ބޮޑެތި ބަހުސްތައްކުރާ މަންޒަރު މިއަދު ފެނިގެންދެ އެވެ. ކަމުގެ ތަޖުރިބާކާރުންގެ ލަފަޔާއެކު ބަދަލުތައް ގެނެސް، އިސްލާހުކުރާ މަންޒަރު ފެނިގެންދެ އެވެ. ހަމަ އެގޮތަށް މި ބިލަށްވެސް އިސްލާހް ގެނައުމުގެ ފުރުސަތު ޕީޕީއެމްގެ މެމްބަރުންނަށް އޮތްއިރު، އެއިން އެއްވެސް ކަމެއް ކުރެއްވުމެއް ނެތި ބިލާ ދެކޮޅަށް މަސައްކަތްކުރައްވާ ގޮތުން އެ ބޭފުޅުންގެ ނިޔަތާއި މެދު ސުވާލު އުފެއްދުމަށް އިތުރަށް ޖާގަ ލިބިގެންދެ އެވެ.

ރައީސުލްޖުމްހޫރިއްޔާ، "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" ގެ މެމްބަރުންނަށް މަޤާމުގެ ލިޔުން ދެއްވުން

މި ހުރިހާ ކަމަކަށް ބެލުމުން ޕީޕީއެމުން އުޅެނީ ބިލްގައިި އޮތް އެއްޗަކަށްވުރެ ބޮޑަށް، ހިންގިި ޖަރީމާތަކާއި، ވައްކަންތައް ފަޅާ އަރާފާނެތީއޭ ބުނެވިދާނެ އެވެ. ވެރިކަމުގައި ހިންގި ވައްކަމާއި، އަނިޔާވެރި އަމަލުތައް ހާމަވެ، ރައްޔިތުންގެ ކުރިމަތީގައި ވާނެ ބޭޒާރެއްގެ ބޮޑުކަމާއި، ކުޑަގޮޅިއަށް ވަންނަންޖެހިދާނެ ކަމުގައި ބިރުގައޭވެސް ބުނެވިދާނެ އެވެ. އެހެން ނޫންކަމުގައިވާނަމަ ބިލް މަޖިލީހަށް ހުށަހެޅުމަށްވެސް ފުރުސަތު ނުދީ، ބިލްގައި ނެތް ކަންތައްތަކެއްގެ ވާހަކަދައްކައި، ރައްޔިތުންނަށް ނުރަނގަޅު މައުލޫމާތުތަކެއްދީ، ޤައުމުގައި ހަމަނުޖެހުން އުފައްދާކަން ނޫޅޭނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤާނޫނީ ހުސްކަމަކަށް – ދެނެހުރި އެކަކުވެސް ނެތް

ޤާނޫނީ ހުސްކަމަކަށް – ދެނެހުރި އެކަކުވެސް ނެތް

28 އޯގަސްޓު 2019
މިނިސްޓަރ އިމްރާން ފުރަތަަމަ ވަޒީފާއަކީ ހޮޓެލެއްގައި ތަށި ދޮވެދިނުން

މިނިސްޓަރ އިމްރާން ފުރަތަަމަ ވަޒީފާއަކީ ހޮޓެލެއްގައި ތަށި ދޮވެދިނުން

20 މެއި 2019
އިދިކޮޅަށް މެޖޯރިޓީ ދިނުން، ވެރިކަން ދީފައި އަތްފައި ކަނޑާލުން

އިދިކޮޅަށް މެޖޯރިޓީ ދިނުން، ވެރިކަން ދީފައި އަތްފައި ކަނޑާލުން

17 މާރިޗު 2019
ނާސްތާ ދިނުން: ސްކޫލުތަކުން ތަފާތު މަންޒަރެއް، ދަރިވަރުން ހިނިތުންވެފައި

ނާސްތާ ދިނުން: ސްކޫލުތަކުން ތަފާތު މަންޒަރެއް، ދަރިވަރުން ހިނިތުންވެފައި

13 ޖެނުއަރީ 2019
އިބޫ ދައްކަވަނީ ސިޔާސަތުތަކުގެ ވާހަކަ، ރައީސް ޔާމީން ކުރައްވާ ކަމަކީ ސިޔާސީ ބޭފުޅުންނަށް ހަމަލާތައް ދިނުން

އިބޫ ދައްކަވަނީ ސިޔާސަތުތަކުގެ ވާހަކަ، ރައީސް ޔާމީން ކުރައްވާ ކަމަކީ ސިޔާސީ ބޭފުޅުންނަށް ހަމަލާތައް ދިނުން

16 ސެޕްޓެމްބަރު 2018

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު