Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނުން: ބުއްދިވެރިކަމެއްތަ؟

ކައުންސިލްތައް ބާރުވެރިކުރުވާއިރު، އެލްޖީއޭވެސް ހަރުދަނާވާންޖެހޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2019 | ބުރާސްފަތި 13:32
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކައުންސިލް މެމްބަރުންތަކަކާއެކު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކައުންސިލް މެމްބަރުންތަކަކާއެކު

ރާއްޖޭގެ ރަށްތައް ތަރައްޤީކުރެވެން އޮތް ހަމައެކަނި ފޯމިއުލާއަކީ ރައްޔިތުން ބާރުވެރިކޮށްގެންނެވެ. އަދި މަރުކަޒީ ސަރުކާރުން މުށުތެރެއަށްލާ، އެއްކޮށްފައިހުރި ބާރުތައް ބަހާލައި، ރައްޔިތުންނަށް ރައްޔިތުންގެ ބާރުތައްދީގެންކަމީ ފެންނަން ހުރި ހަޤީޤަތްތަކެވެ. އެތަކެއް ރިސޯޓުތަކެއް ރަށް ވަށައިގެންނާއި، ރަށުގެ ފަޅުތެރޭގައި ތަރައްޤީކޮށް، ރިސޯޓު އޯނަރުން ބޮޑެތި މަހުޖަނުންނަށްވެގެންދިޔައިރުވެސް، ރަށުގައި ސާފު ފެން ފޮދެއްވެސް ލިބެން ނެތްކަމީ މި ދެންނެވި ވާހަކައަށް ބާރުދޭ ހަޤީޤަތްތަކެވެ.

ރަނގަޅު ނަރުދަމާއެއް ނެތްއިރު، ރަށްރަށުގައި އަސާސީ ހިދުމަތްތަކެއްވެސް ލިބޭކަށްނުހުރެ އެވެ. ރަށުގެ މުޅި ގޮނޑުދަށް ކުއްޔަށްދީގެން ލިބޭ މާލީ މަންފާއަކީ، ރަށުގައި ބަނދަރުގައި ހުރި ކުޑަ ބިންކޮށް ކުއްޔަށްދީގެން ލިބޭ ފަސްވަރަކަށް ހާސް ރުފިޔާވެސްދޭންޖެހެނީ މައި ސަރުކާރަށެވެ. ރަށުގައި ހުރި ހުސް ބިމުގައި ޕާކެއް ތަރައްޤީކުރެވެންވެސް އަންނަނީ މައި ސަރުކާރުގެ ހުއްދައެއް ލިބުމުންނެވެ. މައި ސަރުކާރުގައި ހުންނަވާ ވެރިޔަކު ހިތްޕުޅާނުވާނަމަ ރައްޔިތުންނަށް ހަމަ އެއްވެސް ހިދުމަތެއް ލިބޭކަށް ނުހުރެ އެވެ. ކިތަންމެ ހިތްދަތިވިނަމަވެސް ކަން ހިނގާ ގޮތުގެ ހަޤީޤަތަކީ އެއީ އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ތަސައްވަރަކާއެކު އެންމެ ފުރަތަމަވެސް މަސައްކަތް ފެއްޓެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގެ ތެރޭގަ އެވެ. 2011 ވަނަ އަހަރުގެ ތެރޭގައި ފެށި އެ މަސައްކަތުގެ ފޮނި ނަތީޖާތައްވެސް އެ ދުވަސްވަރު ކޮންމެވެސް ވަރަކަށް ފެނިގެންގޮސްފައިވެއެވެ. ނަމަވެސް ނިޒާމަށް ގިނަ ދުވަތަކެއް ނުވެ، ފަހުން ވެރިކަން ކުރެއްވި ބޭފުޅުން މުޅި ނިޒާމް ހަރާބުކޮށްލިއިރު، އެ ވެރިން އުޅުއްވީ ހުރިހާ ބާރެއް މުށުތެރެޔަށް ލައްވައިގެންނެވެ.

އެކަންކަން ބަދަލުކުރުމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން ގެނައި ބަދަލުތަކުން ރަނގަޅު ނަތީޖާތަކެއްވެސް ފެންނަން އެބަހުރި އެވެ. ޔަޤީންވާ އެއްކަމަކީ އެމަނިކުފާނަކީ ބާރުތައް މުށުތެރެޔަށް ލެއްވުމުގެ ވިސްނުމުގައި ވެރިކަން ކުރައްވާ ބޭފުޅެއް ނޫންކަމެވެ. ބާރުތައް ބަހާލައި، ރައްޔިތުން ބާރުވެރިކުރުވުމުގެ ވިސްނުމުގައި ވެރިކަން ކުރައްވާ ބޭފުޅެއް ކަމެވެ.

އެންމެފަހުން ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިސްލާހުތަކުންވެސް އެކަން އެ އޮތީ ވަރަށް ސާފުކޮށް އެނގި ހާމަވާށެވެ. ނަމަވެސް ކައުންސިލްތަކަށް ހައްދެއް ނެތް މިންވަރަށް ބޮޑެތި ބާރުތަކެއްދޭއިރު، ކުރެވުނު ތަޖުރިބާގައި އުފައްދަންޖެހޭ އެހެން ސުވާލުތަކެއްވެސް އެބަހުރި އެވެ. ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނުމަކީ އެންމެ ބުއްދިވެރިގޮތްތޯ؟ ބާރުތަކެއް ދިނުމުން އޭގެ ނަތީޖާ އެންމެ ރަނގަޅަށް ފެންނާނެތޯ؟ ކައުންސިލްތައް ޖަވާބުދާރީކުރެވޭނެ ހަރުދަނާ ނިޒާމެއް އެބައޮތްތޯ؟

ކުރެވުނު ތަޖުރިބާގައި ކައުންސިލްތަކަށް ހައްދެއް ނެތް މިންވަރަށް ބާރުތަކެއް ދިނުމަކީވެސް އެންމެ ބުއްދިވެރިކަމެއް ނޫނޭ ބުނެވިދާނެ އެވެ. ވަކިން ހާއްސަކޮށް، ކައުންސިލްތައް ޖަވާބުދާރީކުރެވޭނެ ރަނގަޅު ނިޒާމެއް ފައްކާނުކޮށް އެކަންކުރުމަކީ ކުރަން ހެޔޮވާވަރުކަމެއް ނޫނޭވެސް ބުނެވިދާނެ އެވެ. އެހެނީ ބައެއް ކައުންސިލްތަކުން ނިންމާފައިވާ ނިންމުންތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮންނަ ހަމަޖެހުން އެއްކޮށް ގެލިފައިވެސް އެބަހުރި އެވެ. އަދި ބައެއް ކައުންސިލްތަކުން ރައްޔިތުންގެ މަސްލަހަތަށްވުރެ، އަމިއްލަ މަސްލަހަތު އިސްކޮށްވެސް ގިނަ ނިންމުންތަކެއް ނިންމާފައިހުރިއިރު، ކައުންސިލްތަކުން "ފީކަޅާ" ބައެއް ނިންމުންތައްވެސް ނިންމާފައި އެބަހުރި އެވެ.

މިފަހަކުން ފެންމަތިވި އެފަދަ ބައެއް މިސާލުތަކުންވެސް އެކަމަށް ބާރުދެ އެވެ. އެއް ކައުންސިލަކުން ނިކުތީ ބުޅާ މަރާ ފަރާތްތަކަށް އެވޯޑް ދިނުމަށެވެ. އަނެއް ކައުންސިލަކުން ރަށުގައި ހުރި ރުށްގަސް އުފުރަށް ހުއްދަދިންއިރު، ދެން އޮތް ކައުންސިލުން އުޅުނީ އާއިލާ ފަރާތްތަކަށް ރަށުގެ ބިންތައް ދިނުމުގައި އަވަދިނެތި އެވެ. މިއިން ގިނަ މައްސަލަތަކުގައި ފިޔަވަޅެއް އެޅިފައިވަނީ ރައްޔިތުން ސޯޝަލް މީޑިއާގައި ރުޅުގަނޑު ބަންޑުންކޮށްލާ ހިސާބުން، ސަރުކާރަށް ކެތް ނުވުމުން، އިތުރުގޮތެއް ނެތިގެންނޭވެސް ބުނެވިދާނެ އެވެ.

ކައުންސިލްތައް ޖަވާބުދާރީކުރުމުގެ ބާރު މަތިކޮށްފައިވާ ލޯކަލް ގަވަރމެންޓް އޮތޯރިޓީ އޮތީ މި ދެންނެވި ކަންކަން ފެމަތިވެގެން ދިޔައިރުވެސް ނިދާފަ އެވެ. އެ އޮތޯރިޓީއަކީ މަސައްކަތްތަކެއްކުރާ ތަނެއްގެ ބަދަލުގައި ރައްޔިތުންނަށް ފެންނަ އޮތީ، އިތުބާރު ގެއްލި، ހަލާކުވެފައިވާ މުއައްސަސާއެއްގެ ގޮތުގަ އެވެ. އެހެންކަމުން "ވާވެފައި" އޮތް ޖަވާބުދާރީކުރުވާ މުއައްސަސާއަކާއެކު ބޮޑެތި ބަރުތަކެއް ކައުންސިލްތަކަށް ދިނުމަކީ ބުއްދިވެރިކަމެކޭ ބުނެވޭނެ ޖާގައެއް ނެތެވެ. ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިނުމާއެކު، އެއްބަސްވާންޖެހޭ ހަޤީޤަތަކީ އެލްޖީއޭއަކީވެސް ހަމަފައިމައްޗަށް ތެދުވެ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް ހަދަންޖެހޭކަމެވެ. އެހެން ނޫންކަމުގައިވާނަމަ ދެވޭ ބާރުތަކާއެކު، ރައްޔިތުންނަށް ލިބިގެންދާ ގެއްލުންތަށް ބޮޑުވެގެން ދިއުމަކީ މާޒީގައި ކުރި ތަޖުރިބާތަކުން ބުނެދޭ ހަޤީޤަތްތެކެވެ. މިއީ ޤާނޫނު އަސާސީއަށާއި، ޤާނޫނުތަކަށް ބަދަލުތަށް ގެންނައިރު ސަރުކާރުން ވިސްނަންޖެހޭ މުހިންމުކަމެވެ.

ދެން އޮތީ ހަމައެފަދަ އެހެންކަމެކެވެ. ކައުންސިލްތަކާއި، ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒިފުން ރަނގަޅަށް ތަމްރީނުވެފައި ތިބުމުގެ މުހިންމުކަމެވެ. ބައެއް ކައުންސިލް މެމްބަރުންނަށް އެ މީހުންގެ މަސްއޫލިއްޔަތު ރަނގަޅަށް ބުނެދެވިފައި ނޯންނަ މައްސަލަތައްވެސް ފެންމަތިވެފައިވެއެވެ. ހަމަ އެގޮތަށް ކައުންސިލްތަކުގެ ވަޒީފާގައި މިއަދުވެސް، ދައުލަތުގެ އިދާރާތަކުން ސިޓީ ފޮނުވުމަށް ބޭނުންކުރާ "ޖެމްސް" ބޭނުންކުރަން ނޭނގޭ މުވައްޒިފުން އެބަތިބި އެވެ. އެ މުވައްޒިފުން އަދިވެސް ތިބީ ކަތީބު ދުވަސްވަރުގައި "ލޮގު ފޮތުގައި" ލިޔެގެން ރިކޯޑްތައް ބެލެހެއްޓުމަށް އަދަވެފައިތިބި ގޮތަށެވެ.

ކައުންސިލްތަކަށް ބޮޑެތި ބާރުތައް ދިނުމާ އެއްވަރަށް، އޭގެ ނަތީޖާތައް ފެންނާނީ ކައުންސިލް މެމްބަރުންނާއި، ކައުންސިލްތަކުގެ މުވައްޒިފުންވެސް އަދުގެ ހަޤީޤަތްތަކަށް ހޭލައްވުވައިގެންނެވެ. އެހެން ނޫންކަމުގައިވާނަމަ ޤާނޫނަށް ކިތަންމެ ފުރިހަމަ ބަދަލެއް ގެނައިނަމަވެސް، އެ ބަދަލެއްވާނީ ފޫނެއް ފަޔަށް ފެންފުރުން ފަދަ ކަމަކަށެވެ. އެކަމުން ރައްޔިތުން ބޭނުންވާ ބަދަލުތަކެއް ނުފެންނާނެ އެވެ. މިއީވެސް ޤާނޫނުތަކަށް ބަދަލު ގެންނައިރު ވިސްނުމުގައި ބަހައްޓަންޖެހޭ ކަމެކެވެ.

ރައްޔިތުން ބޭނުންވަނީކީ ހަމައެކަނި ޤާނޫނަކުން ބާރުތަކެއް ލިބޭކަށެއް ނޫނެވެ. އެޔާ އެއް ހަމައެއްގައި އޭގެ ނަތީޖާތައްވެސް ފެނުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިބޫ ދައްކަވަނީ ސިޔާސަތުތަކުގެ ވާހަކަ، ރައީސް ޔާމީން ކުރައްވާ ކަމަކީ ސިޔާސީ ބޭފުޅުންނަށް ހަމަލާތައް ދިނުން

އިބޫ ދައްކަވަނީ ސިޔާސަތުތަކުގެ ވާހަކަ، ރައީސް ޔާމީން ކުރައްވާ ކަމަކީ ސިޔާސީ ބޭފުޅުންނަށް ހަމަލާތައް ދިނުން

16 ސެޕްޓެމްބަރު 2018
އެމްޕީއެލްގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް!

އެމްޕީއެލްގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް!

23 ޖޫން 2018
ޗައިނާގެ "ފަށުވި މަގު" ގައި ބޮޑެތި ވަޅުގަނޑުތަކާއި ހުރަސްތައް

ޗައިނާގެ "ފަށުވި މަގު" ގައި ބޮޑެތި ވަޅުގަނޑުތަކާއި ހުރަސްތައް

11 ޖެނުއަރީ 2018
ބޮޑެތި ލޯނުތައް ނެގި، އެޅީ ޖީބަށް! ޒަމީރު، ކޮނޑުހުޅުން ނެއްޓޭވަރަށް އަތްޖަހަންވީ ނޫންތޯ؟

ބޮޑެތި ލޯނުތައް ނެގި، އެޅީ ޖީބަށް! ޒަމީރު، ކޮނޑުހުޅުން ނެއްޓޭވަރަށް އަތްޖަހަންވީ ނޫންތޯ؟

05 ޑިސެމްބަރު 2017
ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

21 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު