Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޔަމަން

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ރިޕޯޓުތައް ބުނާގޮތުން ސައުދީ ކޯލިޝަނުން ދަނީ ޔަމަަނަށް އަންނަ އެހީގެ ތަކެތި ހުއްޓުވަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2017 | ބުދަ 15:36
ސައުދީ ކޯލިޝަނުން ދިން ހަމަލާއެއްގައި ވީރާނާވެފައިވާ ސަރަހައްދެއް

ސައުދީ ކޯލިޝަނުން ދިން ހަމަލާއެއްގައި ވީރާނާވެފައިވާ ސަރަހައްދެއް

މިދިޔަ އަަހަރުފަހުކޮޅު ސިންގަޕޫރުގެ ކަނޑު ބޯޓެއް ކަމަށްވާ "ކޮޓާ ނަޒަރު" ނަމަކަށް ކިޔާ ބޯޓެއް 600 އަށް ވުރެ ގިނަ ކޮންޓެއިނަރުގެ މުދާ ހިފައިގެން ޔަމަނުގެ އެންމެ ބޮޑު ކާގޯ ބަނދަރަށް ދަތުރުފެށިއެވެ. އެހެންނަމަވެސް އެ ބޯޓުގެ މިސްރާބަކަށް ނުދެވުނެވެ. މިއީ ވޭތުވެދިޔަ 30 ކަށް މަސްތެރޭ ޔަމަނަށް ކާބޯތަކެއްޗާއި އަދި އެހެނިހެންެވެސް މުދާ ހިފައިގެން ދާ ކަނޑުބޯޓުތަކަށް ދިމާވާ ހާލަތެވެ. ޔަމަނަށް އެހީގެ ސާމާނު ހިފައިގެންދާ ކަނޑުބޯތުތައް ހިފަހައްޓާ، ރެޑްސީ ގައި ހުންނަ ޔަމަނުގެ ބަނދަރުތަކަށް ވަނަނުދީ ހިފަހައްޓަނީ ސައުދީގެ އަސްކަރީ ކަނޑުބޯޓުތަކެވެ.

ސައުދީ އަރަބިއްޔާ އާއި އަދި އެގައުމާ ގުޅިފައިވާ އެހެންގައުމުތަކުން ދަނީ 2015 ވަނަ އަހަރުންފެށިގެން ޔަމަނުގެ ކަނޑުގެ ސަރަހައްދުގައި ސްޓޭޝަންވެގެން ހަރަކާތްތެރިވަމުންނެވެ. ހަރަކާތްތެރިވަމުން ދަނީ ނޭވީ އުޅަނދުތަކެެވެ. ސައުދީ އާއި ގުޅިފައިވާ ކޯލިޝަނަށް ހުޅަނގުގެ ގައުމުތަކުގެ ސަޕޯޓު ވަނީ ލިބިފައެވެ. ހުޅަނގުގެ ގައުމުތަކުން ސައުދީ ކޯލިޝަނަށް ތާއިދު ކުރަނީ، ހޫތީ ހަނގުރާމަވެރިންނަށް ހަތިޔާރު ލިބިޔަނުދިނުމަށް މަސައްކަތްކުރުމުގެ ގޮތުންނެވެ. ހޫތީ ހަނގުރާމަވެރިން ދަނީ ބައިނަލްއަގްވާމީ ގޮތުން ބަލައިގެންފައިވާ ޔަަމަނުގެ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުންނެވެ.

ކޮންމެއަކަސް ސައުދީން ޔަމަނަށް އަންނަ އެހީގެ ސާމާނުތައް ބްލޮކް ކުރަމުންދާ ދިއުމުގެ ސަބަބުން އިންސާނީ ކާރިސާއެއް ކުރިމަތިވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. އދ ގެ ސިއްރު ރިޕޯޓަކުންނާއި އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެޖެންސީތަކުން ބުނާގޮތުން ހަތިޔާރު ހިފައިގެން ޔަމަނަށް ނައަންނަ ކަނޑުއުޅަނދުތައްވެސް ސައުދީ ކޯލިޝަނުން ދަނީ ހުއްޓުވަމުންނެވެ.

ޔަމަނުގައި ކުރެވެމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން ޔަމަނަކީ ބައިނަލްއަގްވާމީ ދުނިޔޭގައި އެކަހެރިވެފައިވާ ގައުމަކަށް ވަނީ ވެފައެވެ. އދ އިން ބުނާގޮތުން ޔަަމަނުގެ އާބާދީގެ ހަަތަރުބައިކުޅައެއްބައި މީހުން ތަހައްމަލު ކުރަމުން ދަނީ ބަނޑުހައިހޫނު ކަމެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް ވަދެފައިވާ ސައުދީ ކޯލިޝަނުން އެގައުމުގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން މަރުވެ، ކުޑަކުދިން ޒަޚަމްވަމުންދާތީ، އދ. އިން އެކޯލިޝަން ދާދިފަހުން ވަނީ ބްލެކްލިސްޓް ކޮށްފައެވެ.

ޔަަމަނުގެ ދާހިލީ ހަނގުރާމަ 2015 ގައި ފެށިގެން ދިޔައީ، ޔަމަނުގެ ސަރުކާރުގެ ހަގީގީ ބާރުލިބިގެންވާކަމަށް ދައުވާ ކުރާ ދެބައިމީހުންގެ ތެރޭގަޔާއި އެބައިމީހުންނަށް ތާއިދު ކުރާ ފަރާތްތަކުގެ މެދުގައެވެ. ހޫތީ ހަނގުރާމަވެރިން ޔަމަނުގެ ވެރިރަށް ސަނާ ކޮންޓްރޯލް ކުރާއިރު ހޫތީ ހަނގުރާމަވެރިންނާ ވަނީ ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހް އަށް ވަފާތެރި ހަނގުރާމަވެރިންނާ ގުޅިފައެވެ. ހޫތީ ހަނގުރާމަވެރިންނާ ހަނގުރާމަ ކުރަމުން ދަނީ ޔަމަނުގެ އަދަނުގައި ގާއިމްކޮށްފައިވާ އަބްދުއްރައްބު މަންސޫރު ހާދީ އަށް ވަފާތެރި ހަނގުރާމަވެރިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮބި އެކްސްޕްރެސްގެ ސަބަބުން ރަށްތަކުގެ މީހުންނަށް ބޮޑު ލުޔެއް !

އޮބި އެކްސްޕްރެސްގެ ސަބަބުން ރަށްތަކުގެ މީހުންނަށް ބޮޑު ލުޔެއް !

05 މާރިޗު 2018
ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

15 ޖެނުއަރީ 2018
ސުނާމީގައި ހާލުގައި ޖެހުނު ކަނދޮޅުދޫ ރައްޔިތުން: މިއަދު ދުވާފަރުގެ ދަންޑެހެލުން!

ސުނާމީގައި ހާލުގައި ޖެހުނު ކަނދޮޅުދޫ ރައްޔިތުން: މިއަދު ދުވާފަރުގެ ދަންޑެހެލުން!

26 ޑިސެމްބަރު 2017
 ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

04 އޮކްޓޯބަރު 2017
ވެނެޒުއޭލާ ދާހިލީ ހަނގުރާމައެއްގެ ތުންފަތްމަތީގައި!

ވެނެޒުއޭލާ ދާހިލީ ހަނގުރާމައެއްގެ ތުންފަތްމަތީގައި!

08 އޯގަސްޓު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު