Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހެނދުނުގެ ނާސްތާ

ނާސްތާ ދިނުން: ސްކޫލުތަކުން ތަފާތު މަންޒަރެއް، ދަރިވަރުން ހިނިތުންވެފައި

ހެދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް 25 ސްކޫލެއްގެ   14720 ކުދިންނަށް ފޯރުކޮށްދީފައިވޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2019 | އާދީއްތަ 09:08
އަމީނިއްޔާ ސްކޫލްގައި ކުރިއަށް ދިޔަ ނާސްތާ ޕައިލެޓް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

އަމީނިއްޔާ ސްކޫލްގައި ކުރިއަށް ދިޔަ ނާސްތާ ޕައިލެޓް ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިރާސީ އާ އަހަރު ރާއްޖޭގެ ސްކޫލްތަކުގެ ކުދިން ފަށާފައިވަނީ މުޅިން އާ ކަމަކާ އެކުގައެވެ. ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދޭން ފެށުމެވެ. ފުރަތަމަ ޓާމްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ރާވާފައި ވަނީ 25 ސްކޫލެއްގެ 14،720 ކުދިންނަށެވެ. މި ސްކޫލްތަކުން އާދީއްތަ ދުވަހުގެ ހެނދުނު ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. ކުރިން ގެއިން ނާސްތާ ނަގައިގެން އަންނައިރު، އާދީއްތަ ދުވަހު ފެނިގެން ދިޔައީ ސްކޫލްގެ އެއްތަނެއްގައި ތިބެ ހެނދުނު ސައި ބުއިތަނެވެ. ދަރިވަރުން މިކަން ފާހަގަކޮށްފައިވަނީ ވަރަށް ރަނގަޅު ކަމެއް ގޮތުގައެވެ.

ނާސްތާ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސިއްހަތަށް ފާއިދާހުރި ނާސްތާއެއް ނެގުމަކީ ކުދިންގެ ހެދި ބޮޑުވުމަށް މުހިންމު ކަމެކެވެ. ނާސްތާ ދިނުމަށް ސަރުކާރުން މި ފެށި 50 މިލިއަން ރުފިޔާގެ ޕްރޮގްރާމަކީ ދަރިވަރުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް ކަން އެނގެނީ އެ ކުދިންގެ އިހްސާސްތައް ހާމަކުރުމުންނެވެ.

"މިއީ ވަރަށް ރަނގަޅު ކަމެއް ކަމަށް. ކުރިއަށް މިކަން ގެންގޮސްފިއްޔާ ވަރަށް އުފާވާނެ،" އަމީނިއްޔާ ސްކޫލްގެ ދަރިވަރަކު ބުންޏެވެ.

ހެނދުނު ބައެއް ކުދިން ސްކޫލަށް ދަނީ ފުރިހަމަ ނާސްތާއެއް ނުނަގަ އެވެ. މިއީ އެ ކުދިންގެ ހެދިބޮޑުވުމަށާއި އުނގެނުމަށް ވެސް ގެއްލުން ހުރި ކަމެކެވެ. އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އަމާޒުކަމަށްވާއިރު، މުސްތަގުބަލުގެ ލީޑަރުންނަށް މިހާރު ސަރުކާރުން މިކުރާ އިންވެސްޓްމެންޓަކީ އަގުހުރި ކަމަކަށް ވާނެ އެވެ. ހެނދުނުގެ ނާސްތާ ދިނުމަކީ އެފަދަ އިންވެސްޓްމެންޓެކެވެ. އެކަން ދަރިވަރުން ވެސް ބަލައިގަތީ އުފަލުންނެވެ.

"ވަރަށް އެންޖޯއި ކޮށްފިން. މިއީ އަސްލު ވަރަށް ރަނގަޅު ކަމެއް. ގިނަ ކުދިން ހެނދުނުގެ ނާސްތާ ނުކޮށް ސްކޫލަށް އަންނައިރު، އެ ކުދިންނަށް ނާސްތާ ލިބިގެން ދިއުމަކީ ވަރަށް ރަނގަޅު ކަމެއް" ދަރިވަރު ބުންޏެވެ.

މާލޭގެ ކުލި ބޮޑުވުމާއި ތަކެތީގެ އަގު ބޮޑުވުމަކީ ރަނގަޅު ނާސްތާއެއް ފޯރުކޮށް ނުދެވޭ އެއް ސަބަބެވެ. ނަމަވެސް ސަރުކާރުން މި ފެށި ޕްރޮގްރާމުގެ ސަބަބުން މައިންބަފައިން ކުރާ ހަރަދު ކުޑަވެ، ޖީބަށް ލުއިވެ އެވެ.

"އިންޓަރވަލް ގަންނަން ނުޖެހޭ. ވަގުތު ސަލާމަތްވޭ. ވަރަށް ރަނގަޅު ކަމެއް. އެންމެނަށްވެސް ވަރަށް ރަނގަޅު ކަމެއް."

ރަނގަޅު މާރކްސް ހޯދުމަށާއި، ކްލާހުގައި ނަގައިދޭ ފިލާވަޅު ހަނދާނުގައި ހަރުލެއްވުމަށް ދަރިވަރުންނަށް ރަނގަޅު ނާސްތާއެއް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ޖަޕާން އަދި އެމެރިކާގައި ހެދި ދިރާސާތަކުންވަނީ ދައްކާފައެވެ. އަދި މި ކަމަކީ ދުނިޔޭގެ ގައުމުތަކުގައި މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ. ރާއްޖޭގައި އަލަށް މިކަން ފެށިއިރު،ފުރަތަމަ ދުވަހާއި ބަލާފައި ރަނގަޅު ކަމަށް ދަރިވަރުންވަނީ ބުނެފައެވެ. ކުރިމަގުގައި މި އަށްވުރެ ރަނގަޅު ވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ދަރިވަރަކުވަނީ ބުނެފައެވެ.

ހެނދުނުގެ ނާސްތާ ސްކޫލުން ލިބިގެން ދިއުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ކުދިންވަނީ ފާހަގަކޮށްފައި

ދަރިވަރުން ވަނީ ސަރުކާރުގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވަރަށް ބޮޑަށް ބަލައިގެންފައެވެ. ދަރިވަރުންގެ އުއްމީދަކީ ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ސަރުކާރުން މިކަން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމެވެ. ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ހިޔާލާއި މަޝްވަރާ އާއި އެކުގައި ސަރުކާރުން މިކަން ކުރިއަށް ގެންގޮސްފިނަމަ މިއީ ދަރިވަރުންނާއި ބެލެނިވެރިން ބަލައިގަންނަ ކާމިޔާބު މަސައްކަތަކަށް ވެގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ތަރައްގީކުރަން ފެށިތާ ފަސް މަސް، ތަރައްގީވާ މަންޒަރެއް އަދިވެސް ނުފެނޭ!

21 ޑިސެމްބަރު 2017
ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

19 ނޮވެމްބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017
ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

07 ސެޕްޓެމްބަރު 2017
އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

30 އޯގަސްޓު 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު