Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލުއި ޚަބަރު

ޖޯޑަންގައި ރަމަޟާން މަހަށް މަރުހަބާ ކިޔަނީ ވަރަށް ކުލަގަދަކޮށް

4 އެޕްރީލު 2022 | ހޯމަ 12:35

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރަމަޟާން މަހަށް ތައްޔާރުވަމުން އަންނަނީ ވަރަށް ފުރިހަމައަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 4 އެޕްރީލު 2022 | ހޯމަ 12:35
ޖޯޑަންގެ ބާޒާރެއްގައި ބަޔަކު ވިޔަފާރި ކުރަނީ

ޖޯޑަންގެ ބާޒާރެއްގައި ބަޔަކު ވިޔަފާރި ކުރަނީ

ކޮންމެ އަހަރަކުވެސް ރަމަޟާން މަހު އާލިއާ ރަބީ އޭނާގެ ދަރިފުޅާއެކު ބާޒާރުކުރަން ނުކުންނަނީ ހިތްހަމަޖެހިގެންނެވެ. ޖޯޑަންގެ އާދަކާދައާ އެއްގޮތަށް ރަމަޟާން މަހަށް ތައްޔާރުވެ ޒީނަތްތެރި ކުރުމަށް ބޭނުންވާ އެކި ކުލަކުލައިގެ ރީތި ސާމާނު އޭނާ ހޯދައެވެ.

ނިވިދިއްލޭ ބޮކިތަކުން ފެށިގެންގޮސް ނަން ހުސްކޮށް މިކަހަލަ އެކި ސާމާނުން ގެ ޒީނަތްތެރި ކުރަނީ ރަމަޟާން މަހުގެ ހިތްހަމަ ޖެހުމާ އުފާވެރިކަން މުޅި އާއިލާއަށް ގެނެސްދިނުމަށެވެ.

މުޅި މާރުކޭޓްގައި މީހުން ގެންދަނީ މިފަދަ ސާމާނު ގަންނަމުންނެވެ.

ފާއިތުވި އަހަރު ކޮވިޑްގެ ލޮކްޑައުންގެ ސަބަބުން އެންމެ ފުރިހަމައަށް ޒީނަތްތެރިކުރުމުގެ ކަންކަން ކުރިއަށް ނުގެންދެވުނެވެ.

ފިހާރަތައް ހިންގާ ފަރާތްތަކުން ބުނީ، މިދިޔަ އަހަރު ވިޔަފާރިވަރަށް ދަށް ކަމަށެވެ. އެހެންނަމަވެސް މި އަހަރު ރަނގަޅުވާނެ ކަމަށެވެ.

"އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު އޮތް ޑިމާންޑް ވަރަށް ބޮޑު. މިދިޔަ އަހަރު ލޮކްޑައުންގައިވެސް ފުދޭވަރެއްގެ ބޮޑު ޑިމާންޑެއް އޮތް. އެކަމަކު މި އަހަރު މާ ރަނގަޅު މި އަހަރުގެ މާހައުލު ވަރަށް ހިތްގައިމު. މިތަނަށް ބަލާލުމުންވެސް ރަނގަޅު ޑިމާންޑެއް އޮތްކަން އެނގޭނެ" ފިހާރައެއް ހިންގަމުން އަންނަ އަލީ އަލީ ބުންޏެވެ.

"ރަމަޟާން މަހުގެ ހަގީގީ މާނަ ފުރިހަމަވަނީ ޒީނަތްތެރި ކަމާއެކު. ޚާއްސަކޮށް ކުޑަ ކުދިންނަށް. ކުދިން ވަރަށް ގަޔާވާ ކަމެއް މިއީ. ޚާއްސަކޮށް އެމީހުން ރޯދަ ހިފުމަށްވެސް  އިތުރު ހިތްވަރެއް ލިބޭ. އަބަދުވެސް، ކިތަންމެ އަގު ބޮޑު ވިޔަސް ޖޯޑަންގެ މީހުން މިކަން ކުރާނެ" ޚައިދު އަލް އަލް ހަޖާޔާ ބުންޏެވެ.

"ކޮވިޑަށް ފަހު ފިހާރަތައް ހުޅުވުނީތީ އުފާކުރަން. މިއަހަރުގެ ޑިމާންޑް ވަރަށް ބޮޑު. ރަމަޟާން މަހަށް ވަރަށް ފުރިހަމައަށް ތައްޔާރުވީ. މިދިޔަ އަހަރު ގޭގައި ތިބެން ޖެހުމުން މީހުން ތިބީ ހިތްހަމަ ނުޖެހިފައި" ފިހާރައެއް ހިންގަމުން އަންނަ ނިދާލް ކިޔައި ދިނެވެ.

އާލިއާ އޭނާގެ ދަރިފުޅާއެކު މި އަހަރު ވިޔަފާރި ކުރަމުން ގެންދިޔައީ ހިތްހަމަޖެހިގެންނެވެ. ރަމަޟާން މަހަށް ގެ ޒިނަތްތެރިކުރުމަށެވެ.

"އަހަރެންގެ ދަރިފުޅާއެކު މި ގޮތަށް ބާޒާރަށް ނުކުމެ މި މާހަލުގައި އުޅެވޭތީ ވަރަށް ހިތްހަމަ ޖެހޭ" ޖޯޑަންގެ ރައްޔިތެއް ކަމަށްވާ އާލިއާ ރަބީ ބުންޏެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރަމަޟާން މަހަށް ތައްޔާރުވަމުން އަންނަނީ ވަރަށް ފުރިހަމައަށެވެ. އެ ގައުމެއްގައި އޮންނަ އާދަ ކާދައާ އެއްގޮތަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ޖުލައި 2018

ކަސައުޓީ ޒިންދަކީގެ ޕްރޮމޯއަށް ރޮނިތު އާއި ޝްވެތާ މަރުހަބާ ކިޔައިފި

22 ޖުލައި 2018
ކަސައުޓީ ޒިންދަކީގެ ޕްރޮމޯއަށް ރޮނިތު އާއި ޝްވެތާ މަރުހަބާ ކިޔައިފި
12 އެޕްރީލު 2018

ރޯދަމަހަށް ޑްރާމާ ސީރީޒްއެއް އުފެއްދުމަށް އަނެއްކާ ވެސް ރާއްޖެޓީވީއާ އެކު ސޮއިކޮށްފި

12 އެޕްރީލު 2018
ރޯދަމަހަށް ޑްރާމާ ސީރީޒްއެއް އުފެއްދުމަށް އަނެއްކާ ވެސް ރާއްޖެޓީވީއާ އެކު ސޮއިކޮށްފި
11 އެޕްރީލު 2018

ސީޒަނާއި އެކު ރާއްޖެޓީވީއިން ރޯދަމަހަށް ޚާއްސަ ސީރީޒްއެއް

11 އެޕްރީލު 2018
ސީޒަނާއި އެކު ރާއްޖެޓީވީއިން ރޯދަމަހަށް ޚާއްސަ ސީރީޒްއެއް
09 ޖެނުއަރީ 2018

އަނުޝްކާ ޝޫޓިންއާ ގުޅުމުން ހޫނު މަރުހަބާއެއް ކިޔައިފި

09 ޖެނުއަރީ 2018
އަނުޝްކާ ޝޫޓިންއާ ގުޅުމުން ހޫނު މަރުހަބާއެއް ކިޔައިފި
04 ޖެނުއަރީ 2018

ބާގީ 2 އެޅުވުން މާޗް މަހަށް އަވަސްކޮށްފި

04 ޖެނުއަރީ 2018
ބާގީ 2 އެޅުވުން މާޗް މަހަށް އަވަސްކޮށްފި
27 ނޮވެމްބަރު 2017

އެވޯޑު ހިފައިގެން އައުމުން ރިޝްމީއަށް ހޫނު މަރުހަބާއެއް ކިޔައިފި

27 ނޮވެމްބަރު 2017
އެވޯޑު ހިފައިގެން އައުމުން ރިޝްމީއަށް ހޫނު މަރުހަބާއެއް ކިޔައިފި
27 ނޮވެމްބަރު 2017

ރިޝްމީއަށް ރައީސް މައުމޫނު މަރުހަބާ ވިދާޅުވެއްޖެ

27 ނޮވެމްބަރު 2017
ރިޝްމީއަށް ރައީސް މައުމޫނު މަރުހަބާ ވިދާޅުވެއްޖެ
29 އޯގަސްޓު 2017

"ޖޭމްސް ބޮންޑް" ގެ ތީމް ލަވަ ކިޔަނީ ބިޔޯންސޭ

29 އޯގަސްޓު 2017
"ޖޭމްސް ބޮންޑް" ގެ ތީމް ލަވަ ކިޔަނީ ބިޔޯންސޭ
05 މާރިޗު 2017

ކުކުޅެއް ރޭޕްކުރި ކުށުގައި ކެންޔާ މީހަކު 15 މަހަށް ޖަލަށްލާން ހުކުމް ކޮށްފި

05 މާރިޗު 2017
ކުކުޅެއް ރޭޕްކުރި ކުށުގައި ކެންޔާ މީހަކު 15 މަހަށް ޖަލަށްލާން ހުކުމް ކޮށްފި
07 ފެބުރުއަރީ 2017

ބިޔޯންސޭ ގްރެމީ އެވޯޑް ހަފްލާގައި ލަވަކިޔަނީ

07 ފެބުރުއަރީ 2017
ބިޔޯންސޭ ގްރެމީ އެވޯޑް ހަފްލާގައި ލަވަކިޔަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް