Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބާގީ 2

ބާގީ 2 އެޅުވުން މާޗް މަހަށް އަވަސްކޮށްފި

ބާގީ 2 ސިނަމާތަކަށް އަންނާނީ އަންނަ މާޗްމަހުގެ 30 ވަނަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 4 ޖެނުއަރީ 2018 | ބުރާސްފަތި 09:39
ބާގީ2

ބާގީ2

ޓައިގާ ޝްރޮފް އާއި ދީޝާ ޕަޓާނީ އެކުގައި ފެނިގެންދާ ފިލްމު "ބާގީ 2" އެޅުވުން އަންނަ މާޗްމަހަށް އަވަސް ކޮށްފިއެވެ.

އެހެން ކަމުން "ބާގީ 2" ސިނަމާތަކަށް އަންނާނީ އަންނަ މާޗްމަހުގެ 30 ވަނަ ދުވަހުގައެވެ. ކުރިން "ބާގީ 2" އަޅުވަން ޝެޑިއުލްކޮށްފައި ވަނީ އެޕްރީލް މަހުގެ 27 ވަނަ ދުވަހަށެވެ.

ފޮކްސް ސްޓާ ސްޓޫޑިއޯ އަދި ނަދިއަދްވާލާ ގްރޭންޑްސަން އެންޓަޓައިންމަންޓުން ވަނީ "ބާގީ 2" ސިނަމާތަކަށް އަންނަ ދުވަސް އަވަސްވެފައިވާ ކަމަށް ބުނެ ޓްވީޓްކޮށްފައެވެ.

"ބާގީ 2" ވެގެންދާނީ ޓައިގާ އާއި އޭނާގެ ލޯބިވެރިޔާ ދީޝާ ޕަޓާނީ އެކީގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފިލްމަށެވެ.

"ބާގީ"ގެ ފުރަތަމަ ބައިގައި ޓައިގާ އާއެކު ފެނިގެންގޮސްފައި ވަނީ ޝްރަދާ ކަޕޫރެވެ. "ބާގީ 2" ވެސް ޕްރޮޑިއުސް ކުރަނީ "ބާގީ" ޕްރޮޑިއުސްކުރި ސާޖިދު ނަދިއަދްވާލާ އެވެ.

"ބާގީ2" ގެ ޝޫޓިން ފަށާފައި ވަނީ ޓައިގާގެ އުފަންދުވަހުގައެވެ. ޓައިގާ ވަނީ މި ފިލްމަށް ތައްޔާރުވުމަށް އެއް މަސް ދުވަހުގެ ސްޓަންޓެއް ވެސް ހަދާފައެވެ.

ޓައިގާ އާއި ދީޝާ ޕަޓާނީ ވަނީ މި ފިލްމުގެ ޝޫޓިން ނިންމާލުމަށް ފަހު އާ އަހަރާއި ދިމާކޮށް ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ.

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2017

"ޕަދްމަވަތީ" އެޅުވުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

21 ނޮވެމްބަރު 2017
"ޕަދްމަވަތީ" އެޅުވުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
09 އޮކްޓޯބަރު 2017

"ބާގީ 2" ކުޅުމަށް ޓައިގާ ފަސް ކިލޯ ބަރުކޮށްފި

09 އޮކްޓޯބަރު 2017
"ބާގީ 2" ކުޅުމަށް ޓައިގާ ފަސް ކިލޯ ބަރުކޮށްފި
20 ސެޕްޓެމްބަރު 2017

"ބާގީ 2"ގައި ޓައިގާ ފެންނަނީ ބޯ ތަލަކޮށް؟

20 ސެޕްޓެމްބަރު 2017
"ބާގީ 2"ގައި ޓައިގާ ފެންނަނީ ބޯ ތަލަކޮށް؟
22 އޯގަސްޓު 2017

"ބާގީ 2"ގެ ޝޫޓިން ފަށައިފި

22 އޯގަސްޓު 2017
"ބާގީ 2"ގެ ޝޫޓިން ފަށައިފި
17 މެއި 2017

"ބާގީ 2" އިން އަހަރެން ފެނިގެނެއް ނުދާނެ: ކްރީތީ

17 މެއި 2017
"ބާގީ 2" އިން އަހަރެން ފެނިގެނެއް ނުދާނެ: ކްރީތީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު