Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއައިޝަތު ރިޝްމީ

އެވޯޑު ހިފައިގެން އައުމުން ރިޝްމީއަށް ހޫނު މަރުހަބާއެއް ކިޔައިފި

ރިޝްމީއަށް މިއެވޯޑް ލިބުނީ އޭނާގެ ފިލްމު"ވިޝްކާ" އިން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 27 ނޮވެމްބަރު 2017 | ހޯމަ 10:39
ރިޝްމީ އޭނާގެ މަންމަ އާއި އެކު

ރިޝްމީ އޭނާގެ މަންމަ އާއި އެކު

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން(ސާކް) ގެ އެންމެ މޮޅު ބަތަލާއަކަށް ހޮވުނު އައިޝަތު ރިޝްމީ އޭނާގެ އެވޯޑް ހިފައިގެން ރާއްޖެ އަތުވެއްޖެއެވެ. ރިޝްމީ ރާއްޖެ އައިއިރު އޭނާއަށް މަރުހަބާ ކިޔުމަށް އޭނާގެ އާއިލާގެ މީހުންނާއި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަންނާނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯރޓަށް ގޮސް ތިއްބެވެ.

ރިޝްމީއަށް އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބުނީ މިއަހަރުގެ ސާކް ފިލްމު ފެސްޓިވަލްގައި އޭނާގެ ފިލްމު "ވިޝްކާ" އިންނެވެ. މި ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ވެސް ރިޝްމީއެވެ. ރިޝްމީގެ "ވިޝްކާ" ގައި އޭނާގެ އިތުރުން ފެނިގެންދަނީ ރަވީއާ އަހުމަދު ސައީދެވެ.

"ވިޝްކާ" އަކީ މި ފަހަރުގެ ސާކް ފެސްޓިވަލްގައި ރާއްޖެއިން ބައިވެރިކުރިވި ހަމަ އެކަނި ފިލްމުވެސް މެއެވެ.

ސާކް ފިލްމު ފެސްޓިވަލް ބާއްވާފައިވަނީ ސްރީލަންކާގެ ކޮލަމްބޯގައެވެ. މިމަހުގެ 21 އިން 25 އަށް ކުރިއަށް ގެންދިޔަ މި ފިލްމު ފެސްޓިވަލްގައި ސާކްގެ އެހެން ގައުމުތަކުން ވަނީ 16 ފީޗާ ފިލްމު ހުށަހަޅާފައެވެ.

މީގެ ކުރިން، ދިވެހި ފިލްމީ ތަރިއަކަށް ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު އެކްޓަރުގެ މަގާމުވެސް ލިބިފައިވެއެވެ. އެއީ 2014 ވަނަ އަހަރު ފިލްމް "އިނގިލި" އިން އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)އަށެވެ.

"ވިޝްކާ" ޕްރިމިއާ ކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހުގައެވެ. މި ފިލްމުގެ ޝޯތަކެއް އޮލިމްޕަހުގައި ދެއްކުމަށް މިހާރުވެސް ދަނީ ޓިކެޓް ވިއްކަމުންނެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2019

މަލައިކާ ރާއްޖެ އައުމުން އަރުޖުންއަށް ކެތް ނުކުރެވިގެން ރާއްޖެ އަތުވެއްޖެ

03 އެޕްރީލު 2019
މަލައިކާ ރާއްޖެ އައުމުން އަރުޖުންއަށް ކެތް ނުކުރެވިގެން ރާއްޖެ އަތުވެއްޖެ
23 މާރިޗު 2019

ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި

23 މާރިޗު 2019
ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
18 ޖުލައި 2018

'ތިއީތަ ލައިކް ހޯދަން ދައްކަން ޖެހޭ އެއްޗަކީ؟' މި ސުވާލާއެކު ކޯޓްނީ ކާޑޭޝިއަންގެ ލޯބިވެރިޔާ ހޫނު ފެނަށް!

18 ޖުލައި 2018
'ތިއީތަ ލައިކް ހޯދަން ދައްކަން ޖެހޭ އެއްޗަކީ؟' މި ސުވާލާއެކު ކޯޓްނީ ކާޑޭޝިއަންގެ ލޯބިވެރިޔާ ހޫނު ފެނަށް!
07 މާރިޗު 2018

ފްރާންސެސްގެ އޮސްކާ އެވޯޑު ފެނިއްޖެ

07 މާރިޗު 2018
ފްރާންސެސްގެ އޮސްކާ އެވޯޑު ފެނިއްޖެ
09 ޖެނުއަރީ 2018

އަނުޝްކާ ޝޫޓިންއާ ގުޅުމުން ހޫނު މަރުހަބާއެއް ކިޔައިފި

09 ޖެނުއަރީ 2018
އަނުޝްކާ ޝޫޓިންއާ ގުޅުމުން ހޫނު މަރުހަބާއެއް ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު