Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރަށު ހިޔާނާތުގެ މައްސަލަ

އާރަށު ޚިޔާނަތް: ދިފާއީ ހެކި ހާމަކުރުމަށް ބާއްވާ އަޑުއެހުން މާދަމާ

30 މާރިޗު 2022 | ބުދަ 11:10

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އިސްގާޒީ އަހުމަދު ޝަކީލް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 މާރިޗު 2022 | ބުދަ 11:10
ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ

ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ | ރާއްޖެއެމްވީ

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށް ރިޝްވަތު ނެގި މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.

މި އަޑުއެހުން ތާވަލު ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 އަށެވެ. އެގޮތުން ރައީސް ޔާމީނާއި، މި މައްސަލައިގައި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޔޫސުފް ނައީމްގެ ބައިވެސް ވަނީ އެގަޑިއަށް ތާވަލު ކޮށްފައެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އިސްގާޒީ އަހުމަދު ޝަކީލެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 14 މާރޗު 2022 ގައެވެ. އެ އަޑުއެހުމުގައި އޮތީ ދެފަރާތުން ހެކި ހާމަކުރުމެވެ.

އެހެންނަމަވެސް، ރައީސް ޔާމީނުގެ ފަރާތުންނާއި، ޔޫސުފް ނައީމްގެ ފަރާތުން ވަނީ ބައެއް ލިޔެކިޔުންތައް ހޯދުމާއި ދިރާސާ ކުރުމަށް އިތުރު ވަގުތު ބޭނުންވާކަން ފާހަގަކޮށް، ލިއުމުން ހެކި ހުށައެޅުމަށް މުއްދަތެއް ދެއްވުމަށް އެދިލައްވާފައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ހެކި ހާމަކުރިއެވެ.

ވުމާއެކު މައްސަލަ ބައްލަވާ ގާޒީ ވަނީ ދައުވާ ލިބޭ ދެ ފަރާތަށްވެސް ލިޔުމުން ހެކި ހުށައެޅުމަށް 5 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އެހެންކަމުން، ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި އޮންނާނީ ދިފާއީ ހެކި ހާމަ ކުރުމެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި ދިފާއީ ހެކި ޚުލާސާ ގޮތެއްގައި ހާމަކުރުމާއި، މަދަނީ މިންގަނޑުން ކުރިއަށް ގެންދިޔުމާމެދު ދެފަރާތުން ވާހަކަ ދެއްކުންވެސް އޮންނާނެކަމަށް މައްސަލަ ބައްލަވާ ގާޒީ އެ ދުވަހު ވިދާޅުވެފައިވެއެވެ.

ޝަރީއަތުގެ މަރުޙަލާ ފެށެންވާއިރަށް ވ.އާރަށު ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ލައިވް ކުރެވޭނެކަމުގެ އިޝާރާތެއްވެސް އެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ދެއްވާފައެވެ. އެގޮތުން ޝަރީއަތްތައް ލައިވް ކުރުމަށް މަގުފަހި ކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވައި ގާޒީ ޝަކީލު އެ ދުވަހު ވިދާޅުވީ، މިހާރު ކުރިއަށްދަނީ އިބްތިދާއީ މަރުޙަލާ ނަމަވެސް، ޝަރީއަތުގެ މަރުޙަލާތައް ފެށެންވާއިރަށްވެސް، ޝަރީއަތް ލައިވް ކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

ރައީސް ޔާމީންކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

24 ޖުލައި 2026

ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ހުކުމް އަނެއްކާ ވެސް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން މިފަހަރު ވެސް ބަލައިނުގަތް

24 ޖުލައި 2026
ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ހުކުމް އަނެއްކާ ވެސް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން މިފަހަރު ވެސް ބަލައިނުގަތް
24 ޖުލައި 2026

ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

24 ޖުލައި 2026
ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
21 ޖުލައި 2026

އާރަށު މައްސަލައިގެ އަޑުއެހުންތައް އަންނަ މަހު ކްރިމިނަލް ކޯޓުން ފަށަނީ

21 ޖުލައި 2026
އާރަށު މައްސަލައިގެ އަޑުއެހުންތައް އަންނަ މަހު ކްރިމިނަލް ކޯޓުން ފަށަނީ
15 ޖުލައި 2026

ޕާކިސްތާނުގެ ކައްކާ އާބިދުގެ މައްޗަށް ގަސްދުމަރުގެ ދައުވާ ސާބިތުވެއްޖެ

15 ޖުލައި 2026
ޕާކިސްތާނުގެ ކައްކާ އާބިދުގެ މައްޗަށް ގަސްދުމަރުގެ ދައުވާ ސާބިތުވެއްޖެ
10 ޖުލައި 2026

މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހާ: ދިފާއުން ބުނީ، އެއީ އޯޓިސްޓިކް މީހެއް ކަމަށާއި، ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް!

10 ޖުލައި 2026
މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހާ: ދިފާއުން ބުނީ، އެއީ އޯޓިސްޓިކް މީހެއް ކަމަށާއި، ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް!
06 ޖުލައި 2026

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!

06 ޖުލައި 2026
ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!
05 ޖުލައި 2026

"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން

05 ޖުލައި 2026
"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން
01 ޖުލައި 2026

މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!

01 ޖުލައި 2026
މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!
01 ޖުލައި 2026

މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

01 ޖުލައި 2026
މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި
01 ޖުލައި 2026

އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު

01 ޖުލައި 2026
އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް