Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ72 ކިލޯގެ ޑްރަގް ކޭސް

ގިނަ އަދަދެއްގެ ޑްރަގާއި، މަނާ ބޭހާއި ބަނގުރަލާއެކު ހައްޔަރުކުރި މީހުންގެ ޝަރީއަތުގެ މަރުޙަލާ ފަށަނީ

20 ފެބުރުއަރީ 2022 | އާދީއްތަ 09:00

މިމައްސަލައިގައި ދައުވާ ލިބުނު އިތުރު ފަރާތެއްކަމަށްވާ އަމްޖަދު އަބްދުއްސައްތާރު ދައުވާއަށް އިއުތިރާފުވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 ފެބުރުއަރީ 2022 | އާދީއްތަ 09:00
މި މައްސަލައިގައި ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށް

މި މައްސަލައިގައި ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށް | ރާއްޖެއެމްވީ

މާލޭގައި ފުލުހުން ކުރިއަށްގެންދިޔަ ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކޮށް، ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ޝަރީއަތުގެ ކުރީގެ މަރުޙަލާތައް ނިންމައި، ޝަރީއަތް ފަށަން ތާވަލުކޮށްފިއެވެ.

މި މައްސަލައިގައި ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށެވެ. އެއީ ގއ.ވިލިނގިލި ޒޫމް، މުޙައްމަދު ތަޤިއްޔު، ކ.މާފުށީ ވާރޭވިލާ އަހުމަދު އަހުނަފް އަސްފާޤް، ގދ.ވާދޫ ޗިޗަންޑާގޭ ވިޝާމް މުޙައްމަދުގެ އިތުރުން ގއ.ވިލިނގިލީ ނައިންފްލާވަރ އީމާން މުޙައްމަދެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ދައުވާ ލިބުނު އިތުރު ފަރާތެއްކަމަށްވާ އަމްޖަދު އަބްދުއްސައްތާރު ދައުވާއަށް އިއުތިރާފުވެ، އެތަކެއްޗަކީ އޭނާގެ ތަކެތިކަމަށް ވަނީ ބުނެފައެވެ. އެއާއެކު އޭނާގެ މައްޗަށް އަވަސް ނިޔާގެ ޝަރީއަތް ހިންގައި، އޭނާ އުމުރަށް ޖަލަށް ލުމާއެކު، އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން 2020 ވަނަ އަހަރު ވަނީ ޙުކުމް ކޮށްފައެވެ. އެއަށް ފަހު، 19 ސެޕްޓެމްބަރު 2021 ގައި އަޙްމަދު އަހުނަފް އަސްފާޤު އާއި އީމާން މުޙައްމަދު އާއި ވިޝާމް މުޙައްމަދު އާއި މުޙައްމަދު ތަޤިއްޔު ބަންދުން ދޫކޮށްލުމަށް އެކޯޓުން އަމުރުކުރުމުން ދައުލަތުން އެބައި އިސްތިއުނާފުކޮށް، އެމައްސަލަ ނިމުނީ ދައުލަތާއި އެއްކޮޅަށެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި އޮތީ ދިފާއުން ޝަރީއަތުގެ ކުރިން ހުށައަޅާފައިވާ ހުށައެޅުންތަކާއި ގުޅިގެން ގޮތެއް ނިންމުމެވެ. އެގޮތުން ދިފާއުގެ ހުށައެޅުންތަކާއި ގުޅިގެން ގާޒީ ނިންމަވާ ގޮތްތައް ވަނީ އިއުލާނު ކުރައްވާފައެވެ. ދިފާއުން ގިނަ ހުށައެޅުންތަކެއް ހުށައަޅާފައިވާއިރު، ދައުވާ ބާތިލުކަމާއި، ތަހުގީގު ފުރިހަމަ ނޫން ކަމާއި، ބައެއް ހެކިތައް ޝަރީއަތަށް ބަލައިނުގަތުމާއި ގުޅޭ ހުށައެޅުންތައް ދައުވާލިބޭ ފަރާތްތަކުން ވަނީ ހުށައަޅާފައެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުން ހުށައަޅާފައިވާ ހުށައެޅުންތައް ބަލައިނުގަތުމަށް ގާޒީ ވަނީ ނިންމަވާފައެވެ. އެއާއެކު މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ މަރުޙަލާ މިވަނީ ނިމިގެން ގޮސްފައެވެ. ދެން މި މައްސަލައިގެ އޮންނާނީ ޝަރީއަތް ފަށައި ހެކިބަސް ނެގުމެވެ. މި މައްސަލައިގެ ޝަރީއަތް ފެށުމަށް ތާވަލު ކޮށްފައިވަނީ މާރޗު 7 ގައެވެ. މި މައްސަލައިގެ ދައުވާލިބޭ ފަރާތްތަކުން ވަނީ ޝަރީއަތުގެ އަޑުއެހުންތައް ވީހާވެސް އަވަހަށް ތާވަލު ކުރުމަށް އެދިލައްވާފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މި މައްސަލައިގައި ހިމެނޭ މުހައްމަދު ތަޤިއްޔުގެ ބޭސްފަރުވާ އާއި ގުޅިގެން ހުށައަޅާފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރައްވައި، އޭނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ގާޒީ ވަނީއަމުރުކުރައްވާފައެވެ. ދެން ތިބި 3 މީހުން ބަންދުން ދޫކޮށްލާނެ ސަބަބެއް ނެތްކަމަށް ގާޒީ ވަނީ ނިންމަވާފައެވެ.

މި މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ކޯޓް އަމުރެއްގެ ދަށުން ހ. ވައިފިނި ހަވަނަ ފްލޯ ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި މަނާ ބޭހާއި ބަނގުރާ ކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެއްސާއި ގިނަ އަދަދެއްގެ ފައިސާވެސް ވަނީ ފެނިފައެވެ.

72 ކިލޯ ޑްރަގް މައްސަލަކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 ޖުލައި 2026

ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ހުކުމް އަނެއްކާ ވެސް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން މިފަހަރު ވެސް ބަލައިނުގަތް

24 ޖުލައި 2026
ޝިއާއުގެ މަރު: ޝާހިލްއަށް އިއްވި 3 އަހަރުގެ ހުކުމް އަނެއްކާ ވެސް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން މިފަހަރު ވެސް ބަލައިނުގަތް
24 ޖުލައި 2026

ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

24 ޖުލައި 2026
ވައިގެމަގުން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
21 ޖުލައި 2026

އާރަށު މައްސަލައިގެ އަޑުއެހުންތައް އަންނަ މަހު ކްރިމިނަލް ކޯޓުން ފަށަނީ

21 ޖުލައި 2026
އާރަށު މައްސަލައިގެ އަޑުއެހުންތައް އަންނަ މަހު ކްރިމިނަލް ކޯޓުން ފަށަނީ
15 ޖުލައި 2026

ޕާކިސްތާނުގެ ކައްކާ އާބިދުގެ މައްޗަށް ގަސްދުމަރުގެ ދައުވާ ސާބިތުވެއްޖެ

15 ޖުލައި 2026
ޕާކިސްތާނުގެ ކައްކާ އާބިދުގެ މައްޗަށް ގަސްދުމަރުގެ ދައުވާ ސާބިތުވެއްޖެ
10 ޖުލައި 2026

މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހާ: ދިފާއުން ބުނީ، އެއީ އޯޓިސްޓިކް މީހެއް ކަމަށާއި، ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް!

10 ޖުލައި 2026
މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުވާ މީހާ: ދިފާއުން ބުނީ، އެއީ އޯޓިސްޓިކް މީހެއް ކަމަށާއި، ހާލަތު ދެނެގަންނަން ބޭނުންވާ ކަމަށް!
06 ޖުލައި 2026

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!

06 ޖުލައި 2026
ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މަހަކު 60،000 އަށްވުރެ ގިނަ ރުފިޔާ ލިބޭ!
05 ޖުލައި 2026

"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން

05 ޖުލައި 2026
"މާފުދޭކަށް ބޭނުމެއް ނޫން، އަޅުގަނޑުމެންގެ ދަރިފުޅުވެސް ނިމިދިޔައީ، ވީމާ ބޭނުމީ މަރަށް މަރު": މޫސަގެ ވާރިސުން
01 ޖުލައި 2026

މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!

01 ޖުލައި 2026
މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!
01 ޖުލައި 2026

މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

01 ޖުލައި 2026
މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި
01 ޖުލައި 2026

އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު

01 ޖުލައި 2026
އާރަށު މައްސަލައިގައި ދައުލަތުގެ އައު ހެކިތައް އެއްފަރާތްކުރަން ހައިކޯޓުން އެންގީ ރަނގަޅަށް: ސުޕްރީމް ކޯޓު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް