Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫތު ޗެމްޕިއަންޝިޕް

ލަނޑު ގޯންޏަކާއެކު އީގަލްސް ސެމީއަށް

5 ފެބުރުއަރީ 2022 | ހޮނިހިރު 14:13

އީގަލްސް މޮޅުވީ ގްރީން އަތުން 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 ފެބުރުއަރީ 2022 | ހޮނިހިރު 14:13
ގްރީން އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން

ގްރީން އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން | އެފްއޭއެމް

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އީގަލްސް ފުރުސަތު ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން އީގަލްސް މޮޅުވީ ގްރީން އަތުން 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި އީގަލްސްގެ ތިން ކުޅުންތެރިއަކު ވަނީ ހެޓްރިކް ހަދާފައެވެ. އެގޮތުން އެ ޓީމުގެ މުޙައްމަދު ސަމާހު މޫސާ ފަތުހީ ހަތަރު ލަނޑު ޖެހިއިރު، އެ ޓީމުގެ ޒައިން ޒަފަރާއި، މުޙައްމަދު ރަޔާން މުސްއަދު މަންސޫރު ވަނީ ކޮންމެ ކުޅުންތެރިއަކު ހެޓްރިކެއް ހަދާފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އީގަލްސްއިން ހަ ލަނޑު ޖެހިއިރު، މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ހަސަން ސަހާފް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ހުސެއިން ޒައިން ހަނީފް ހުރަސްކޮށްދިން ބޯޅައަކުން ރަޔާން ވަނީ ލަނޑެއް ޖަހައި، އީގަލްސްގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ 18 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން އީގަލްސްގެ ތިންވަނަ ލަނޑު ޖަހައިދިނީ ޒައިން ޒަފަރެވެ. އަދި އޭގެ ހަ މިނެޓު ފަހުން ސަމާހު ދިން ބޯޅައަކުން ރަޔާން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. އަދި މެޗުގެ 38 ވަނަ މިނެޓުގައި ސަހާފް ނަގައިދިން ހުރަހަކުން ސަމާހު އީގަލްސްގެ ފަސްވަނަ ލަނޑު ޖަހައިދިންއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުގެ ހަވަނަ ލަނޑު ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސަމާހެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް އީގަލްސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން 14 ވަނަ މިނެޓުގައި މުޙައްމަދު ފާލިލް ފާއިގް ހުރަސްކޮށްދިން ބޯޅައަކުން ސަމާހް ވަނީ ލަނޑެއް ޖަހައި، މެޗުގައި ހެޓްރިކް ހަދާފައެވެ. އަދި މެޗުގެ 75 ވަނަ މިނެޓުގައި ސަމާހު ހުރަސްކޮށްދިން ބޯޅައަކުން ޒައިން ޒަފަރު އީގަލްސްއަށް ލަނޑެއް ޖަހައިދިންއިރު، އޭގެ ދެ މިނެޓު ފަހުން ރަޔާން ވަނީ ލަނޑެއް ޖަހައި، މެޗުގައި ހެޓްރިކް ހަދާފައެވެ.

މި މެޗުގައި އީގަލްސްގެ ޒައިން ޒަފަރު ހެޓްރިކް ހަދާފައިވަނީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުޙައްމަދު ޒައިން ހުރަސްކޮށްދިން ބޯޅައަކުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އީގަލްސްގެ ސަމާހު ވަނީ އެ ޓީމުގެ 11 ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މޮޅާއެކު ސެމީއަށް އީގަލްސް ދަތުރުކުރީ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެގޮތުން އީގަލްސްއަށް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ލިބުނުއިރު، ދެވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ތިން މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ފުލުގައި އޮތް ގްރީން މި ފަހަރުގެ މުބާރާތް ނިންމާލީ މެޗަކުން މޮޅުނުވެއެވެ.

ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި އީގަލްސް ސެމީއަށް ދަތުރުކުރިއިރު، ސެމީގައި އީގަލްސް ކުޅޭނީ ގްރޫޕް ބީގެ ދެވަނަ ހޯދި ޓީސީ ސްޕޯޓްސް ކުލަބާ އެވެ. އެ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ހަވީރެވެ.

ޔޫތު ޗެމްޕިއަންޝިޕްކުލަބު އީގަލްސްކުލަބް ގްރީން ސްޓްރީޓްސް

އިތުރަށް ކިޔާލަން

21 މެއި 2026

ނިންމުން ބަދަލުކޮށް، ނިސްތާރު ގްރީންގައި މަޑު ކޮށްފި

21 މެއި 2026
ނިންމުން ބަދަލުކޮށް، ނިސްތާރު ގްރީންގައި މަޑު ކޮށްފި
18 މެއި 2026

ގްރީންގެ ކޯޗުކަމުން ނިޝްތާރު ވަކިވެއްޖެ، ކާމިޔާބީއާ މެދު ހުރީ ހިތްހަމަ ޖެހިފައި

18 މެއި 2026
ގްރީންގެ ކޯޗުކަމުން ނިޝްތާރު ވަކިވެއްޖެ، ކާމިޔާބީއާ މެދު ހުރީ ހިތްހަމަ ޖެހިފައި
17 ފެބުރުއަރީ 2026

އީގަލްސް ބަލިކޮށް، އޮޑި ސެމީ ފައިނަލް އަށް

17 ފެބުރުއަރީ 2026
އީގަލްސް ބަލިކޮށް، އޮޑި ސެމީ ފައިނަލް އަށް
14 ފެބުރުއަރީ 2026

ދެ ވަނަ މެޗުގައި އީގަލްސް ބަލިކޮށް، ނިއު ސެމީ ފައިނަލް އަށް

14 ފެބުރުއަރީ 2026
ދެ ވަނަ މެޗުގައި އީގަލްސް ބަލިކޮށް، ނިއު ސެމީ ފައިނަލް އަށް
09 ފެބުރުއަރީ 2026

ޕްލޭ އޮފްގެ މެޗުތައް ކާމިޔާބުކޮށް އީގަލްސް އާއި، ވިކްޓަރީ ޕްރެޒިޑެންޓްސް ކަޕަށް

09 ފެބުރުއަރީ 2026
ޕްލޭ އޮފްގެ މެޗުތައް ކާމިޔާބުކޮށް އީގަލްސް އާއި، ވިކްޓަރީ ޕްރެޒިޑެންޓްސް ކަޕަށް
09 ފެބުރުއަރީ 2026

އެފްއޭއެމް އޮތީ ބާރު ގަދަ ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅައިފި

09 ފެބުރުއަރީ 2026
އެފްއޭއެމް އޮތީ ބާރު ގަދަ ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅައިފި
09 ފެބުރުއަރީ 2026

މެޗަށް ހާޒިރު ނުވި މައްސަލައިގައި ގްރީން ޖޫރިމަނާ ކުރުމާ އެކު، ބޮޑު އަދަބެއް ދީފި

09 ފެބުރުއަރީ 2026
މެޗަށް ހާޒިރު ނުވި މައްސަލައިގައި ގްރީން ޖޫރިމަނާ ކުރުމާ އެކު، ބޮޑު އަދަބެއް ދީފި
07 ފެބުރުއަރީ 2026

ގްރީން އިން ގަސްތުގައި މެޗު ދޫކޮށްލި ކަމަށް ބުނާ މައްސަލަ އެފްއޭއެމް އިން ބަލަނީ

07 ފެބުރުއަރީ 2026
ގްރީން އިން ގަސްތުގައި މެޗު ދޫކޮށްލި ކަމަށް ބުނާ މައްސަލަ އެފްއޭއެމް އިން ބަލަނީ
07 ފެބުރުއަރީ 2026

ކުޅިވަރުގެ ޚިދުމަތްތެރިޔާ ޙަސަން އަލީ ނިޔާވެއްޖެ

07 ފެބުރުއަރީ 2026
ކުޅިވަރުގެ ޚިދުމަތްތެރިޔާ ޙަސަން އަލީ ނިޔާވެއްޖެ
05 ފެބުރުއަރީ 2026

އީގަލްސް އަތުން މޮޅުވެ، ވެލެންސިއާ އަށް އުންމީދެއް

05 ފެބުރުއަރީ 2026
އީގަލްސް އަތުން މޮޅުވެ، ވެލެންސިއާ އަށް އުންމީދެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް