Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުލަބު ގްރީން ސްޓްރީޓްސް

ގްރީންގެ ކޯޗުކަމުން ނިޝްތާރު ވަކިވެއްޖެ، ކާމިޔާބީއާ މެދު ހުރީ ހިތްހަމަ ޖެހިފައި

ގްރީންގެ ކޯޗުކަމާ ނިސްތާރު ހަވާލުވެފައި ވަނީ 2020 ވަނަ އަހަރު. އެހެންކަމުން އޭނާ ވަނީ ފާއިތުވި ހަ އަހަރު ދުވަހު ވެސް، ގްރީން އަށް އިރުޝާދު ދީފައި. ނިސްތާރުގެ ޕޯސްޓުގައި އޭނާ ބުނެފައި ވަނީ، ރާއްޖޭގައި މިހާ ދިގު މުއްދަތެއް ވަންދެން އެއް ކުލަބެއްގައި ހުރުމަކީ އެެހާ ފަސޭހަ ވެސް ކަމެއް ނޫން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މެއި 2026 | ހޯމަ 03:31
ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗަކަށް ހުރި ނިސްތާރު.

ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗަކަށް ހުރި ނިސްތާރު. | އަދަދު ސްޕޯޓްސް

ކުލަބު ގްރީން ސްޓްރީޓްސް އަށް އިރުޝާދު ދެމުން އައި އަލީ ނިސްތާރު މުޙައްމަދު، އެ ކުލަބު ދޫކޮށްލަން ނިންމައިފި އެވެ.

ގިނަ ދުވަސް ތަކެއް ވަންދެން ގްރީން އަށް އިރުޝާދު ދިން ނިސްތާރު އެކަން އިއުލާން ކޮށްފައި ވަނީ، އޭނާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ނިސްތާރު ބުނެފައި ވަނީ، ގްރީންގައި ހޭދަ ކުރެވުނު މުއްދަތާއި، އެ ކުލަބާ އެކު ކުރެވުނު މަސައްކަތާ މެދު އޭނާ އުފާވާ ކަމަށެވެ.

މީގެ އިތުރުން ނިސްތާރު ވަނީ، އޭނާގެ އިރުޝާދުގެ ދަށުން ގްރީން އިން ކާމިޔާބީ ތަކެއް ހޯދާފައިވާ ކަމަށް ފާހަގަ ކޮށްފަ އެވެ. އެގޮތުން ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ހޯދުމުގެ އިތުރުން، ހަތަރު ވަނަ ހޯދިފައިވާކަން ނިސްތާރު ފާހަގަ ކުރި އެވެ. ހަމަ އެހެންމެ އެފްއޭ ކަޕާއި ޕެރްޒިޑެންޓްސް ކަޕްގެ ތިން ވަނަ ގްރީން އިން ހޯދާފައިވާ ކަމަށް ނިސްތާރު ބުންޏެވެ. 

އެއާ އެކު ނިސްތާރު ބުނީ، ބޮޑެތި ޓީމުތަކާ ވާދަކޮށް، އެ ޓީމުތައް ކައިރީގައި ވެސް ގްރީން އިން ގޮތް ދޫނުކޮށް ރަނގަޅަށް މަސައްކަތް ކުރި ކަމަށެވެ. ނިސްތާރު ބުނީ ގްރީން އިން ކުރިއަށް ދިޔައީ އެއް އާއިލާއެއްގެ ގޮތުގައި ކަމަށެވެ. އަދި ގްރީންގެ ކޯޗުކަން ދޫކޮށްލަން ނިންމުމަކީ އޭނާ ނިންމަން ޖެހުނު އުނދަގޫ ނިންމުމެއް ކަމަށް ވެސް ބުނެފައިވެ އެވެ. 

ގްރީންގެ ކޯޗުކަމާ ނިސްތާރު ހަވާލުވެފައި ވަނީ 2020 ވަނަ އަހަރު އެވެ. އެހެންކަމުން އޭނާ ވަނީ ފާއިތުވި ހަ އަހަރު ދުވަހު ވެސް، ގްރީން އަށް އިރުޝާދު ދީފަ އެވެ. ނިސްތާރުގެ ޕޯސްޓުގައި އޭނާ ބުނެފައި ވަނީ، ރާއްޖޭގައި މިހާ ދިގު މުއްދަތެއް ވަންދެން އެއް ކުލަބެއްގައި ހުރުމަކީ އެެހާ ފަސޭހަ ވެސް ކަމެއް ނޫން ކަމަށެވެ. އެންމެ ފަހުން ނިސްތާރުގެ އިރުޝާދުގެ ދަށުން ގްރީން އިން ނިމުނު ދިރާގު ދިވެހި ޕްރިމިއާ ލީގު ނިންމާލީ 10 ވަނައިގަ އެވެ.

ކުލަބް ގްރީން ސްޓްރީޓްސްއަލީ ނިސްތާރު މުހައްމަދު

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2026

އެފްއޭއެމް އޮތީ ބާރު ގަދަ ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅައިފި

09 ފެބުރުއަރީ 2026
އެފްއޭއެމް އޮތީ ބާރު ގަދަ ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅައިފި
09 ފެބުރުއަރީ 2026

މެޗަށް ހާޒިރު ނުވި މައްސަލައިގައި ގްރީން ޖޫރިމަނާ ކުރުމާ އެކު، ބޮޑު އަދަބެއް ދީފި

09 ފެބުރުއަރީ 2026
މެޗަށް ހާޒިރު ނުވި މައްސަލައިގައި ގްރީން ޖޫރިމަނާ ކުރުމާ އެކު، ބޮޑު އަދަބެއް ދީފި
07 ފެބުރުއަރީ 2026

ގްރީން އިން ގަސްތުގައި މެޗު ދޫކޮށްލި ކަމަށް ބުނާ މައްސަލަ އެފްއޭއެމް އިން ބަލަނީ

07 ފެބުރުއަރީ 2026
ގްރީން އިން ގަސްތުގައި މެޗު ދޫކޮށްލި ކަމަށް ބުނާ މައްސަލަ އެފްއޭއެމް އިން ބަލަނީ
24 ޖެނުއަރީ 2026

ޔޫވީ އަތުން މޮޅުވެ، ގްރީން އިން އުންމީދެއް ހޯދައިފި

24 ޖެނުއަރީ 2026
ޔޫވީ އަތުން މޮޅުވެ، ގްރީން އިން އުންމީދެއް ހޯދައިފި
19 ޖެނުއަރީ 2026

ޓީސީ އިން ގްރީން ބަލިކޮށްފި

19 ޖެނުއަރީ 2026
ޓީސީ އިން ގްރީން ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު