Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުލަބު ގްރީން ސްޓްރީޓްސް

ނިންމުން ބަދަލުކޮށް، ނިސްތާރު ގްރީންގައި މަޑު ކޮށްފި

ގްރީންގެ އިސްވެރިންނާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާ ތަކަށް ފަހު ނިސްތާރު ވަނީ ކުލަބުގައި މަޑު ކުރަން ނިންމާފައި. އެއީ ގްރީންގެ އިސްވެރިން އެކަމަށް އެދުމުގެ ސަބަބުން. އަދި ނިސްތާރުގެ އިރުޝާދުގެ ދަށުން މިހާރު ގްރީން އިން ފަރިތަކުރުންތައް ވެސް ވަނީ ފަށާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 މެއި 2026 | ބުރާސްފަތި 04:32
ގްރީންގެ ކޯޗު ނިސްތާރު.

ގްރީންގެ ކޯޗު ނިސްތާރު. | ސޯޝަލް މީޑިއާ

ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗުކަން ދޫކޮށްލަން ނިންމި ނަމަވެސް، އެ ނިންމުން ބަދަލުކޮށް ކުލަބުގައި މަޑު ކުރަން އަލީ ނިސްތާރު މުޙައްމަދު ނިންމައިފި އެވެ.

ހަ އަހަރު ދުވަސް ވަންދެން ގްރީން އަށް އިރުޝާދު ދިނުމަށް ފަހު، މިދިޔަ ހަފުތާގައި ނިސްތާރު ވަނީ އެ ކުލަބު ދޫކޮށްލަން ނިންމާފައިވާކަން ހާމަ ކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަން ހިއްސާ ކޮށްފަ އެވެ. ގްރީން ދޫކޮށްލަން ނިސްތާރު ނިންމުމާ އެކު، އެތައް ބަޔަކު ވަނީ އޭނާގެ މަސައްކަތަށް ތައުރީފު ވެސް ކޮށްފަ އެވެ.

ގްރީންގެ ކޯޗުކަމުން ނިޝްތާރު ވަކިވެއްޖެ، ކާމިޔާބީއާ މެދު ހުރީ ހިތްހަމަ ޖެހިފައި
Raajje.mv

ގްރީންގެ ކޯޗުކަމުން ނިޝްތާރު ވަކިވެއްޖެ، ކާމިޔާބީއާ މެދު ހުރީ ހިތްހަމަ ޖެހިފައި

ނަމަވެސް، ގްރީންގެ އިސްވެރިންނާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާ ތަކަށް ފަހު ނިސްތާރު ވަނީ ކުލަބުގައި މަޑު ކުރަން ނިންމައިފަ އެވެ. އެއީ ގްރީންގެ އިސްވެރިން އެކަމަށް އެދުމުގެ ސަބަބުންނެވެ. އަދި ނިސްތާރުގެ އިރުޝާދުގެ ދަށުން މިހާރު ގްރީން އިން ފަރިތަކުރުންތައް ވެސް ވަނީ ފަށައިފަ އެވެ.

މިވަގުތު ގްރީން އިން ތައްޔާރު ވަމުން އަންނަނީ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ވާާދަ ކުރުމަށެވެ. ކޮލިފިކޭޝަންގައި ޖުމުލަ ހަ ޓީމެއް ވާދަ ކުރާއިރު، މިހާތަނަށް ހަތަރު ޓީމަކަށް ވަނީ ޖާގަ ޔަގީންވެފަ އެވެ. އެއީ ގްރީން އާއި ޓީސީ ސްޕޯޓްސް ކުލަބުގެ އިތުރުން، ބިސް ބުރު ސްޕޯޓްސް ކުލަބު އަދި ހއ. ދިއްދޫ އެވެ. ކޮލިފިކޭޝަންގެ ބާކީ ދެ ޖާާގަ ދެން ލިބޭނީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ޓީމު އަދި  ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން ޓީމަށެެވެ.

ހަ ޓީމު ވާދަ ކުރާ ކޮލިފިކޭޝަން އިން ހަތަރު ޓީމަކަށް އަންނަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ. ނިސްތާރުގެ އިރުޝާދުގެ ދަށުން މީގެ ކުރިން ގްރީން އިން ވަނީ ޕްރިމިއާ ލީގުގެ ތިން ވަނަ އަދި ހަތަރު ވަނަ ހޯދައިފަ އެވެ. އަދި އެފްއޭ ކަޕް އާއި ޕްރެޒިޑެންޓްސް ކަޕްގެ ތިން ވަނަ ވެސް ހޯދާފައިވެ އެވެ. 

ކުލަބް ގްރީން ސްޓްރީޓްސްއަލީ ނިސްތާރު މުހައްމަދު

ކޮމެންޓް

އިތުރަށް ކިޔާލަން

ގްރީންގެ ކޯޗުކަމުން ނިޝްތާރު ވަކިވެއްޖެ، ކާމިޔާބީއާ މެދު ހުރީ ހިތްހަމަ ޖެހިފައި

ގްރީންގެ ކޯޗުކަމުން ނިޝްތާރު ވަކިވެއްޖެ، ކާމިޔާބީއާ މެދު ހުރީ ހިތްހަމަ ޖެހިފައި

18 މެއި 2026
އެފްއޭއެމް އޮތީ ބާރު ގަދަ ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅައިފި

އެފްއޭއެމް އޮތީ ބާރު ގަދަ ބައެއްގެ އަތް ދަށުގައި ކަމަށް ބުނެ، ވެލެންސިއާ އިން ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅައިފި

09 ފެބުރުއަރީ 2026
މެޗަށް ހާޒިރު ނުވި މައްސަލައިގައި ގްރީން ޖޫރިމަނާ ކުރުމާ އެކު، ބޮޑު އަދަބެއް ދީފި

މެޗަށް ހާޒިރު ނުވި މައްސަލައިގައި ގްރީން ޖޫރިމަނާ ކުރުމާ އެކު، ބޮޑު އަދަބެއް ދީފި

09 ފެބުރުއަރީ 2026
ގްރީން އިން ގަސްތުގައި މެޗު ދޫކޮށްލި ކަމަށް ބުނާ މައްސަލަ އެފްއޭއެމް އިން ބަލަނީ

ގްރީން އިން ގަސްތުގައި މެޗު ދޫކޮށްލި ކަމަށް ބުނާ މައްސަލަ އެފްއޭއެމް އިން ބަލަނީ

07 ފެބުރުއަރީ 2026
ޔޫވީ އަތުން މޮޅުވެ، ގްރީން އިން އުންމީދެއް ހޯދައިފި

ޔޫވީ އަތުން މޮޅުވެ، ގްރީން އިން އުންމީދެއް ހޯދައިފި

24 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު