Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރު: މިނިސްޓަރ މައުސޫމު ވިދާޅުވަނީ ރާއްޖެއަކީ ސަގާފަތާއި ތާރީޚުން ފުރި ބަންޑުން ވެފައިވާ ގައުމެއްކަމަށް

5 ފެބުރުއަރީ 2022 | ހޮނިހިރު 05:42

ދިވެހިވަންތަ ސްޓައިލަށް، ދިވެހިންގެ ސަގާފީ މަސައްކަތްތައް ދައްކާލި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ފެބުރުއަރީ 2022 | ހޮނިހިރު 05:42
ސަވާދީއްތަ ދަތުރު ރަސްމީކޮށް އިފްތިތާހުކުރުމަށް ހޮނިހިރު ދުވަހު ހޯރަފުށީގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައި

ސަވާދީއްތަ ދަތުރު ރަސްމީކޮށް އިފްތިތާހުކުރުމަށް ހޮނިހިރު ދުވަހު ހޯރަފުށީގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައި

މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "ސަވާދީއްތަ ދަތުރު" ރަސްމީކޮށް ހއ. ހޯރަފުށީގައި އިފްތިތާހުކޮށްފިއެވެ.

ސަވާދީއްތަ ދަތުރު ރަސްމީކޮށް އިފްތިތާހުކުރުމަށް ހޮނިހިރު ދުވަހު ހޯރަފުށީގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ވަނީ, ހޯރަފުށިން ލިބިގެން ދިޔަ ހޫނު މަރުހަބާއަށްޓަކައި ޝުކުރު އަދާ ކުރައްވާފައެވެ. ވަކިން ޚާއްސަކޮށް އެމްއައިޓީޑީސީއާއި، ކަމާގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި، ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުގެ އިތުރުން، ހޯރަފުށީގެ މެމްބަރު އަހުމަދު ސަލީމަށް މިނިސްޓަރ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖެއަކީ ސަޤާފަތާއި ތާރީޚުން ފުރި ބަންޑުން ވެފައިވާ ގައުމެއް ކަމަށެވެ. ކުރީ ޒަމާންތަކުގައި މީހުން ރާއްޖެ އައިސް މަޑުކޮށްގެން ތިބެނީ އެމީހުންގެ އޮޑިދޯނިފަހަރު ހަލާކުވެގެންނެއް ނޫން ކަމަށާއި، ހަގީގަތަކީ އެމީހުން ރާއްޖެއިން ފުރަން ބޭނުން ނުވުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް ސޯލިހުގެ ފަތުރުވެރިކަމުގެ ސިޔާސަތު ބައްޓަންވެފައިވަނީ ރާއްޖޭގެ މާހައުލާއި، އާދަކާތަތަކާއި ސަގާފަތް ފަތުރުވެރިންނަށް ދައްކުވައިދެވޭނެ ގޮތަކަށް ކަމަށެވެ. އެގޮތުން ކައިރި ކައިރީގައި އޮންނަ ދެ ރަށެއްގައިވެސް އާދަކާދައިގެ ގޮތުން ބޮޑެތި ތަފާތުތަކެއް ހުރެދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެބީދައިން ފަތުރުވެރިކަން ފަށައިގަތުމުގެ އެއް ފެށުމަކީ ސަވާދީއްތަ ދަތުރުކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައިވެސް ވަނީ ދިވެހިވަންތަ ސްޓައިލަށް ދިވެހިންގެ ސަގާފީ މަސައްކަތްތަކާއި، އާދަކާދަތައް ދައްކުވައިދޭ އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު"ގެ އެންމެ ބޮޑު ބޭނުމަކީ ފަތުރުވެރިކަމަށް އައު ކަންތައްތަކެއް ތައާރަފުކޮށް ރާއްޖޭގެ މުއްސަނދިކަން އިޝްތިހާރުކުރުން ކަމަށް އެމްއައިޓީޑީސީން މައުލޫމާތު ދެއެވެ. ފަޅުރަށްތައްވެސް ހިމެނޭހެން 15 ރަށެއްގައި މަޑުކުރުމަށް ނިންމާފައިވާއިރު ދަތުރުގެ ފަހު މަންޒިލަކީ، ފަރި މޯލްޑިވްސްއެވެ. މި ހަރަކާތް ނިންމުމުގެ ގޮތުން ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ބާއްވާ ގާލާ ނައިޓް އޮންނާނީ އެތަނުގައިއެވެ.

މި ދަތުރުގެ ތެރެއިން 50 އަށްވުރެ ގިނަ ހަރަކާތް ހިންގުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުގައި ރާއްޖޭގެ މަޝްހޫރު އެތައް ތާރީޚީ ބިނާތަކާއި، ދިވެހިންގެ ރަށްފުށު ދިރިއުޅުމާއި، ރާއްޖޭގެ ރީތި ކަނޑުއަޑީގެ މަންޒަރު ބަލާލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.

ސަވާދީއްތަ ދަތުރަކީ އެމްއައިޓީޑީސީގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ރެލީއެކެވެ. އެމްއައިޓީޑީސީގެ ފަރާތުން މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ގަސްދުކޮށްފައިވަނީ ލޯކަލް ޓޫރިޒަމް، ހެރިޓޭޖް ޓޫރިޒަމް އަދި ރޫރަލް ޓޫރިޒަމް ހިމެނޭ ގޮތުންނެވެ.

މިދަތުރަށް "ސަވާދީއްތަ ދަތުރު"ގެ ނަން ދެވިފައިވަނީ، ދިވެހިރާއްޖޭގެ ގައުމީ ބަތަލު، އައްސުލްތާނު ޣާޒީ މުހައްމަދު ތަކުރުފާނު އަލްއައުޒަމް ސިރީ ސަވާދީއްތަ މަހާރަދުންނާ ގުޅުވައިގެންނެވެ.

ސަވާދީއްތަޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2023

2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

02 ޑިސެމްބަރު 2023
2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް
27 އޮކްޓޯބަރު 2023

ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު

27 އޮކްޓޯބަރު 2023
ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު
26 އޮކްޓޯބަރު 2023

1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމުގެ އުންމީދު ބޮޑު - މިނިސްޓަރ .

26 އޮކްޓޯބަރު 2023
1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމުގެ އުންމީދު ބޮޑު - މިނިސްޓަރ .
26 އޮކްޓޯބަރު 2023

ޑައިވިން ދާއިރާއިން މަންފާ ލިބެންޖެހޭ ވަރަށް ހާސިލް ނުވޭ: ޑރ. މައުސޫމް

26 އޮކްޓޯބަރު 2023
ޑައިވިން ދާއިރާއިން މަންފާ ލިބެންޖެހޭ ވަރަށް ހާސިލް ނުވޭ: ޑރ. މައުސޫމް
25 އޮކްޓޯބަރު 2023

40،000 ފޯމުން ދައްކައިދެނީ ރައީސް ޞާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ރައްޔިތުން އިތުބާރުކުރާކަން - މައުސޫމް

25 އޮކްޓޯބަރު 2023
40،000 ފޯމުން ދައްކައިދެނީ ރައީސް ޞާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ރައްޔިތުން އިތުބާރުކުރާކަން - މައުސޫމް
06 އޮކްޓޯބަރު 2023

މުސްތަގުބަލުގައި ޓޫރިޒަމް އެކި ދާއިރާތަކުގެ މަތީ މަގާމުތަކުގައި ވެރިންނަށް ތިބޭނީ ދިވެހިން: މިނިސްޓަރު މައުސޫމް

06 އޮކްޓޯބަރު 2023
މުސްތަގުބަލުގައި ޓޫރިޒަމް އެކި ދާއިރާތަކުގެ މަތީ މަގާމުތަކުގައި ވެރިންނަށް ތިބޭނީ ދިވެހިން: މިނިސްޓަރު މައުސޫމް
04 އޮކްޓޯބަރު 2023

އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައިވޭ: މިނިސްޓަރު މައުސޫމް

04 އޮކްޓޯބަރު 2023
އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދެވިފައިވޭ: މިނިސްޓަރު މައުސޫމް
28 ޖޫން 2023

ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭންގައި، ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ޓޫރިޒަމްގެ ފައިދާ ހޯދައިދިނުމަށް ބާރު އަޅާފައިވޭ

28 ޖޫން 2023
ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭންގައި، ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ޓޫރިޒަމްގެ ފައިދާ ހޯދައިދިނުމަށް ބާރު އަޅާފައިވޭ
28 ޖޫން 2023

ޓޫރިޒަމް އެވޯޑްސްއަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަން: ޓޫރިޒަމް މިނިސްޓަރު

28 ޖޫން 2023
ޓޫރިޒަމް އެވޯޑްސްއަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަން: ޓޫރިޒަމް މިނިސްޓަރު
25 މެއި 2023

5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭނަކީ މުސްތަގުބަލު ބައްޓަންކުރުމުގެ މަގުޗާޓެއް: މިނިސްޓަރު

25 މެއި 2023
5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭނަކީ މުސްތަގުބަލު ބައްޓަންކުރުމުގެ މަގުޗާޓެއް: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް