Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭން

5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭނަކީ މުސްތަގުބަލު ބައްޓަންކުރުމުގެ މަގުޗާޓެއް: މިނިސްޓަރު

މާސްޓަރ ޕްލޭންގެ މައިގަނޑު މަސައްކަތަކީ ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހިން ހެދުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 25 މެއި 2023 | ބުރާސްފަތި 08:19
ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ވާހަކަފުޅުދައްކަވަނީ

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ވާހަކަފުޅުދައްކަވަނީ

ރާއްޖޭގެ ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭނަކީ ފަތުރުވެރިކަމުގެ މުސްތަގުބަލު ބައްޓަންކުރުމުގެ މަގުޗާޓެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭން ރަސްމީކޮށް ލޯންޗުކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ފެށުނީއްސުރެވެސް ފަތުރުވެރިކަމުގެ މިސްރާބު ހުރީ ރަނގަޅު ދިމާލަކަށް ކަމަށެވެ. އަދިވެސް ފަތުރުވެރިކަން މިސްރާބު ޖަހާފައިވަނީ ރަނގަޅު ދިމާލަކަށް ކަމަށާއި، މި މާސްޓަރ ޕްލޭންގެ ތެރެއިން މިސްރާބު ބަދަލުކުރުމުގެ މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ.

މި މާސްޓަރ ޕްލޭން ވެގެންދާނީ ކޮވިޑް-19 އިން އަރައިގަންނަން ކުރި މަސައްކަތުގެ އަލީގައި މުސްތަގުބަލު ބައްޓަންކުރުމަށް ބޭނުންކުރާ މަގުޗާޓަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މާސްޓަރ ޕްލޭންގެ މައިގަނޑު މަސައްކަތަކީ ފަތުރުވެރިކަމުގެ ވެރިންނަށް ދިވެހިން ހެދުން ކަމަށެވެ. އަދި ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓް އިތުރުކޮށް، ގިނަ މާކެޓުތަކަކަށް ރާއްޖެ ހުޅުވާލައި، ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި މާސްޓަރ ޕްލޭންގެ ސަބަބުން ޑޮމެސްޓިކް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމަށެވެ. މިއީ ރަށްރަށުގައި އެކި މަސައްކަތްތައް ކުރާ މީހުންނަށާއި، އަންހެނުންނާއި، ޒުވާނުންނަށް ފުރުސަތުތަކެއް ފަހިވެގެންދާނެ ޕްލޭނެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭން ލޯންޗުކޮށްފައިވާއިރު، މި މާސްޓަރ ޕްލޭންގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތަކާއި މައްސަލަތައް ހައްލުކުރުމަށް ކުރެވޭނެ ކަންކަން ފާހަގަކޮށްފައިވެއެވެ.

5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްރާއްޖޭގެ ފަތުރުވެރިކަން

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
30 އޯގަސްޓު 2025

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު
30 އޯގަސްޓު 2025

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު
09 ޑިސެމްބަރު 2024

ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

09 ޑިސެމްބަރު 2024
ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި
08 ޑިސެމްބަރު 2024

ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް

08 ޑިސެމްބަރު 2024
ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު